ފުޅާ ދާއިރާއެއްގައި ފުވައްމުލަކުގައި ވިޔަފާރިކުރަމުން ގެންދާ ސިތާނާ ސްޓޯރުން ފުވައްމުލަކުގައި ހިންގާ ހަތަރު ސްކޫލަކަށް އެހީތެރިވެދިނުމުގެ އެމްއޯޔޫތަކެއްގައި ސޮއެކޮށްފިއެވެ. ސިތާނާ ސްޓޯރާއި އަސްރަފީ ސިތާނާ ސްޓޯރާއިއެކު ސޮއެކޮށްފައިވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒާއި މުހައްމަދު ޖަމާލުއްދީން ސްކޫލާއި ފުވައްމުލަކު ސްކޫލާއި ހާފިޒު އަހުމަދު ސްކޫލުންނެވެ. މިއެއްބަސްވުމުގެ ދަށުން އެސްކޫލުތަކަށް ސިތާނާ ސްޓޯރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ފުވައްމުލަކު ގެ އިތުރުން ހުވަދު އަތޮޅުގެ ބައެއް ރަށްތަކުގައިވެސް ވިޔަފާރިކުރަމުންދާ ސިތާނާ ސްޓޯރުން މީގެކުރިންވެސް މިފަދަ އެހީތެރިކަން ފުވައްމުލަކު ސްކޫލުތަކަށް ފޯރުކޮށްދީފައިވެއެވެ.
+1
+1
ޚިޔާލުތައް