މާލެއިން މުދަލާއިއެކު ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ އުޖާލާ ބޯޓު މުޑިއަރައި އެބޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އާންމު ގޮތެއްގައި ވިޔަފާރި މުދާ މާލެއާއި ފުވައްމުލަކާއި ދޭތެރޭ އުފުލުމަށް ޚާއްސަވެފައިވާ އުޖާލާ ބޯޓަށް މިހާދިސާ ދިމާވެފައިވަނީ މާލެއިން މުދަލާއިއެކު ފުވައްމުލަކަށް ދަތުރުކުރަމުން ދަނިކޮށެވެ. މީގެ ދެތިން ދުވަސްކުރިން ހިގި މިހާދިސާއަށްފަހު އެބޯޓު ކައިރިކޮށްފައިވަނީ ވ. އަތޮޅު ކެޔޮދޫއަށެވެ.
އެތަނުން އެހެން ބޯޓަކަށް އެމުދާ ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަަމަށް މިކަލް ނޫހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ހާމަކުރެއެވެ. އިތުރު މައުލޫމާތު ހޯދުމަށް އެބޯޓަށް ގުޅުމަށް މިނޫހުގެ ރިޕޯޓަރުކުރި މަސައްކަތް ނާކާމިޔާބުވުމުގެ ސަބަބުން އެފަރާތުގެ ބަހެއް މިހާތަނަށް ލިބިފައެއްނުވެއެވެ.
+1
+1
ޚިޔާލުތައް