މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް (އެމްޑީޕީ) ޕާޓީގެ އިސްފަރާތްތަކެއް ފުވައްމުލަކު ސިޓީއަށް ޒިޔާރަތްކޮށްފިއެވެ. އެމްޑީއޭގެ ދެ ނާއިބު ރައީސުން ކަމަށްވާ އަލީ މައުރޫފާއި އައިޝަތު ރަފިއްޔާ އާއި ކައުންސިލް މެންބަރު ހުސެއިން ސާލިމުގެ އިތުރުން އެޕާޓީ އާއި ގުޅިވަޑައިގެންފައިވާ ކުރީގެ އެމްޑީއޭގެ އިސްބޭފުޅެއްކަމަށްވާ ފުރަހަނި ޝުއައިބު ބައިވެރިވެވަޑައިގަތެވެ. މި
ރޭ މެންދަމުން އަލިވެ 1 ޖެހިފަހުން ފުވައްމުލަކަށް ޒިޔާރަތްކުރި މިޓީމަށް މަރުހަބާ ދެންނެވުމަށް އެމްޑީއޭއާއި އަލަށް ގުޅިވަޑައިގަތް ގިނަ ބޭފުޅުންތަކެއް ފުވައްމުލަކުގެ ވައިގެބަދަރަށް ޖަމާވިއެވެ.
ޓީމުން މިއަދުވަނީ ނިއުސް ކޮންފަރެންސެއްވެސް ބާއްވާފައެވެ. ކޯލިޝަނެއް ހަދަން ދިވެހި ރައްޔިތުން ބޭނުންނުވާކަމަށާއި ޕީޕީއެމާއިއެކު ކުރިން ހެދި ކޯލިޝަނުގެ ނަތީޖާ ހިތިކަމަށާއި އެޕާޓީން ކޯލިޝަނެއް ނަހަދާކަަމަށް ސަން ސިޔާމާއި ހަވާލާދީ ފުރަހަނި ޝުއައިބު މިއަދުގެ ނޫސް ކޮންފަރެންސްގައި ވިދާޅުވިއެވެ.
އެމްޑީއޭގެ މިދަތުރުގެ އަމާޒަކީ އަންނަ ރިއާސީ އިންތިޚާބުގައި އެމްޑީއޭގެ ރައީސް ސަން ސިޔާމަށް ތާއީދުހޯދުމެވެ.
ޚިޔާލުތައް
ލައްގަޅޭ މައިންނަށް ލައްގަޅޭ
Husmakaruverin thithibee hama ragalhu ekakuvea neiy