އަލަ އޮޅުތަކަށް ޖެހޭ ބައްޔެއްކަމަށްވާ ޓާރޯ ލިފް ބަލައިޓްއިންް ސަލާމަތްވުމަށް އައު މުޑުވަކެއްގެ އަޖުމަބެލުމަށް ފުވައްމުލަކުގައި އިއްޔެ ފަށައިފިއެވެ.

ފުވައްމުލަކު އަލައޮޅުތަކަށް ޖެހިފައިވާ ބަލި – ލީފްބަލައިޓް
މިބަލި ޖެހެނީ ފަންގަސް އެއްގެ ސަބަބުންނެވެ. މިފަންގަސް ވަޔާއި ފެނާއެކު އެއްތަނުން އަނެއްތަނަށް ދަތުރުކުރެއެވެ.
މިބަލި ފުރަތަމަ ފެނިފައިވަނީ އިންޑޮނޭޝިއާގެ ޖާވާއިން ކަމަށް ވެއެވެ. މިހާރު އޭޝިއާ ޕެސިޕިކްގެ އަލަ ހައްދާ ގިނަ ގައުމުތަކުން މިބަލި ފެނެއެވެ. މިބަލި ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި އިންޑޮނެޝިއާ، ޕަޕުއާ ނިއުގިނީ، ސޮލޮމަން އައިލެންޑްސް، ހަވާއީ، ސަމޯއާ، ޕިލިޕީންސް ތައިލޭންޑް ހިމެނެއެވެ.
މިބަލި ކޮންޓްރޯލް ކުރުމަށް މިގައުމުތަކުގައި ތަފާތު ގޮތްތަކަށް އަޖުމަ ބެލަމުން އާދެއެވެ. ދަނޑުވެރިކަމުގެ ކޮންޓްރޯލް އުސޫލުތައް އެހާ ކާމިޔާބު ނޫނަސް، ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިއްބައި ދެއެވެ.
ސަމޯއާގައި މިބަލި ކޮންޓްރޯލް ކޮށްފައިވަނީ ބޭސް ސްޕްރޭ ކޮށްގެންނެވެ. އެގައުމުގައި 2 ވައްތަރެއްގެ ބެހެއް ސްޕްރޭ ކުރިއެވެ. އެއީ ރިޑޮމިލް (Ridomil) ނުވަތަ މެންޒޭޓް (Manzate) އެވެ. ދެން ބޭނުންކޮށްފައި ވަނީ ފޮސްޕަރަސް އެސިޑް ނުވަތަ ފޮސްޗެކް (Foschek) އެވެ.
ފުވައްމުލަކަކީ ރާއްޖެގައި އެންމެ ގިނައިން އޮޅު އަލަ ހައްދާ ރަށަށް ވެފައި، 2018 ވަނަ އަހަރުން ފެށިގެން ދަނޑުވެރިކަމަށް ދިމާވެފައިވާ މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާއި ގުޅޭ މިނިސްޓްރީގައި ފުވައްމުލަކުގެ މީހުން އެދިފައި ވެއެވެ.
ޚިޔާލުތައް