A wide advertisement which will be shown on all devices. (700 x 100)

‘އަފުންގެ ބަހަ’ މިނަމުގައި ބަހުސު މުބާރާތެއް ބާއްވަނީ

ފުވައްމުލައް ސިޓީ ކައުންސިލްގެ ބަހުސް މުބާރާތް 2022

‘އަފުންގެ ބަހަ’ މިނަމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ބަހުސު މުބާރާތެއް ބާއްވަން ހުޅުވާލައިފިއެވެ.

ފުވައމްުލައް ސިޓީ ކައުންސިލް ބަހުސް މުބާރާތް 2022 ގެ ގޮތުގައި ހުޅުވާލާފައިވާ އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ (2022) ނޮވެމްބަރު މަހުގެ 10 ވަނަ ދުހުގައެވެ.

މިމުބާރާތް ހުޅުވާލާފައިވަނީ ރަޖިސްޓްރީވެގެން ފުވައްމުލައް ސިޓިަގއި ހަރަކާތްތެރިވާ ކްލަބް ޖަމްއިއްޔާތަކަށާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށެވެ. މުބާރާތުގައި ވާދަކުރަން ޖެހޭ އުމުރުފުރާތަކަކީ 15-18 އަހަރު އަދި 18 އަހަރުން މަތީގެ ބައެވެ.

މިމުބާރާތުގައި ބައިވެރިވާ އެދޭ ފަރާތްތަކުން 20 އޮކްޓޯބަރު 2022 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކޮށް ސިޓީ ކައުންސިލް އިދާރާއަށް ހުށަހަޅަން ޖެހެއެވެ.

މިމުބާރާތުގެ މަގުސަދަކީ ފުވައްމުލަކު ބަހާއި ބަހުރުވަ ކުރިއަރުވަން ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ފުވައްމުލަކު ބަހުރުވަޔާއި މެދު ލޯބި އިތުރުކޮށް، ވާހަކަ ދެއްކުމުގެ ފަންނު ކުރިއަރުވައި ފުވައްމުލަކުގައި ކުޅަދާނަ ވާހަކަ ދެއްކުންތެރިން އުފެއްދުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !