A wide advertisement which will be shown on all devices. (700 x 100)

އެތެރޭގައި ހަދާ މަގުތަކަށް 12 ކިލޯމިޓަރުގެ މަގު އިތުރުކުރެވިފައި – މޭޔަރު

މޭޔަރު- އިސްމާއީލް ރަފީގު އިއްޔެ ރޭ އަފުން ނިއުސްގެ އަފުންވެށި ޕްރޮގްރާމުގައި

މިހާރު ކުރިޔަށް ދާ ފުވައްމުލައ ސިޓީގެ އިެތރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ 2 ވަނަ ފިޔަވައްސަށް އިރު 2 ކިލޯމީޓަރުގެ މަގު އިތުރު ކުރެވި ޖުމުލަ 12 ކިލޯމީޓަރުގެ މަގު ރަނގަޅުފެންވަކަށް ތާރުއަޅައިގެން ހެދުމަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ އަފުން ޓީވީގެ އަފުން ވެށި ޕްރޮގްރާމުގައި އިއްޔެ ރޭ ވާހަކަ ދައްކަވަމުންނެވެ. ފުވައްމުލަކުގައި މިސަރުކާރުން ކުރިޔަށް ގެންދާ ބައެއް މަޝްރޫއުތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ އެންމެފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއި ސިޓީ ކައުންސިލުން އެދިގެން އެތެރޭގެ މަގުހެދުމުގެ މަސައްކަތަށް 10 ކިލޯމީޓަރު އިތުކޮށްދެއްވި ކަމަށެވެ. އެއިގެ އިތުރަށް ވެސް ސިޓީ ކައުންސިލުން އެދިގެން އަލުން 2 ކިލޯމީޓަރު މިހާރު ވަނީ އިތުރުކުރެވި ޖުމަލް 12 ކިލޯ މިޓަރުގެ މަގު ހެދުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުްނ އިތުރު ކުރެވުނު މަގުތަކުގެ ނަންތައް ހާމަނުކުރައްވައި ވިދާޅުވީ އެމަގުތަކުގެ ލިސްޓް މިހާރު ވަނީ ޕްލޭނިން މިނިސްޓްރީ އާއި ހިއްސާ ކުރެވިފައި ކަމަށާއި އަދި މިނިސްޓރީއިން އެ ލިސްޓް ދިރާސާކުރައްވަައި ކޮންޓްރެކްޓަރު ކަމަށްވާ އެމްޓީސީއާއި ވާހަކަ ދެކެވެމުން  އަންނަ ކަމަށެވެ.

ފުވައްމުލަކުގެ ރިންގް ރޯޑްގެ މަސައްކަތް ނިމި އެތެރޭގެ މަގުތައކުގައި ތާރުއެލުމުގެ މަސައްކަތް ކުރިޔަށްދޭ

ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ މިހާރު ހަދަމުން އަންނަ މަގުތަކުގެ މަސައްކަތް ނިމެންވާ އިރަށް އެމަގުތަކުގެ މަސައްކަތް ފޭށޭތޯއެވެ. އެގޮތުން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވުމަށެވެ. މަސައްކަތުގެ އެއްބަސްވުމުގެ ކުރިން އެމްޓީސީ އާއި ވެސް މަޝްވަ ރާކުރެވި، މަގުތައް ސާވޭ ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިހާރުން ފެށިގެން ވެސް ސިޓީ ކައުންސިލުން އަންނަނީ ފުޅާ ކުރެވެން ހުރި މަގުތައް ބަލައި ފުޅާކުރުމަށާއި ސީދާ ކުރަން ހުރިމަގުތަކާއި މަގުގެ ކައިރިން ހުސްޖާގަ ނެގެން ހުރި މަގުތައް ބަލައި ލިސްޓް ކުރުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ކަމަށެވެ.

މިހާރު ކުރިޔަށްދާ މަގުގެ މަސައްކަތުގައި ތާރުއަޅައިގެން ހަދަނީ އެތެރޭގެ 31 މަގެކެވެ. އެއިގެ ތެރެއިން މިހާތަނަށް ތާރު އަޅާ ނިމިފަިއވަނީ ފިނިވާމަގާއި އޯކިޑުމަގުގެ އިތުރުން އަރުއްފަންނު މަގެވެ. މިމަގުތަައް ވެސް ކުރެހުމާއި މަގުބައްތީގެ މަސައްކަތާއި އެކި ހިސާބުތަކުން ލެވެލް ނުކުރެވިފައިވާ ޖަންކަޝްންތައް ލެވެލް ކުރުމުގެ މަސައްކަތް އަދި ކުރިޔަށްދާނެއެވެ. ނަމަވެސް މިމަގުތައް މިހާރު ވަނީ އާއްމު ދަތުރފަތުރަށް ހުޅުވާލާފައެވެ. މިމަގުތަކުގެ މަސއްކަތް ނިމޭނެ ކަމަށް ބެލެވެނީ އަންނަ އހަރުގެ ކުރީ ކޮޅުގައެވެ.

އެމްޓޭސީސީ އާއި މި 31 މަގުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 4 ޖުލައި 2019 ވަނަ އަހަރު އެވެ. މަގުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހު 21 ވަނަ ދުވަހުއެވެ. ދެއހަރު ދުވަހުގެ ތެރޭގައި ނިންމަން އޮތް މަސައްކަތް ކޮވިޑްގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !