A wide advertisement which will be shown on all devices. (700 x 100)

ދޫނޑިގަން އަވަށުގެ އިޖްތިމާއީ ބިން ތަރައްޤީކުރަނީ

ދޫނޑިގަން އިޖުތިމާއީ ބިން ތަރައްގީކު

ފުވައްމުލައް ސިޓީ ދޫނޑިގަމު އަވަށުގެ އިޖުތިމާއީ ބިން ތަރައްގީކުރަން ބަޔަކު ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެގޮތުން ހުޅުވާލާފައިވާ ބިޑުގެ ހުށަހެޅުމަށް ކަނޑައަޅާފައިވަނީ މި ޑިސެމްބަރު މަހު 28 ވާ ބުދަ ދުވަހު އެވެ.

މި ބީލަމުގެ ދަށުން ދޫނޑިގަމު އަވަށުގެ އިޖުތިމާއީ ބިން ތަރައްގީކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއި އެތަކެތި ހަރުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ހިމެނިފައި ވެއެވެ. ބީލަމާއި ގުޅޭ އިތުރު މައުލޫމާތާއި ލިޔެކިޔުންތައް ދޫކުރަނީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ.

މިމަސަކްތަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތި ލުމަށް ސިޓީ ކައުންސިލުން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. އެގޮތުން ބީލުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022، ޑިސެމްބަރު 26 ގެ 10:00 ގެ ކުރިން ސިޓީކައުންސިލުގައި ރަޖިސްޓްރީކުރަން ޖެހެއެވެ.

ބީލަމުގައި ބައިވެރިވުމަށް ސިޓީ ކައުންސިލްގެ އީމެއިލް އެޑްރެހަށް، procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) ފޮނުވުމުން ރަޖިސްޓްރީ ކޮށްދެއެވެ.

ބީލަމާއި ގުޅޭގޮތުން ބީލަމާއި ގުޅޭ ގޮތުން ިއތުރަށް ސާފުކުރަން ބޭނުންވާ މައުލޫމާތު ހޯދުމަށް 26 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، އީމެއިލް ކުރުމުން 26 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ޖަވާބު ފޮނުވޭނެ ކަމަށް ހާމަކޮށްފައި ވެއެވެ.

މި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 28 ޑިސެންބަރު 2022 ވާ ބުދަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !