ފުވައްމުލައް ސިޓީގައި ވިޔަފާރި ހިންގާ ފާރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ތައްޔާރުވެޖެއެވެ.
ސިޓީ ކަައުންސިލުން ހާމަކުރާ ގޮތުގައި ފުވައްމުލައް ސިޓީގައި ހިންގާ ވިޔަފާރި ފާރާތްތަކުގެ މައުލޫމާތު އެއްކުރުން މުހިންމުވަނީ އެ ކައުންސިލުން ފުވައްމުލަކުގެ އިގުތިސާދު ކުރިއެރުވުމައްޓަކައި ކުރާ މަސައްކަތަށެވެ.
ވުމާއެކު ފުވައްމުލަކުގައި ވިޔަފާރީގެ އެއްވެސް ބާވަތެއް ހިންގާނަމަ ފުވައްމުލައ ސިޓީ ކައުންސިލުން ހުޅުވާލާފައިވާ އޮންލައިން ފޯމް މެދުވެރިކޮށް އެވިޔަފާރިއެއްގެ މައުލޫމާތު ފޮނުވައި ދިނުމަށް އެދިފައި ވެއެވެ.
އެގޮތުން އާއްމުކޮށް ވިއްކުމަށް ގޭގޭގައި ތަކެތި އުފައްދާ ފަރާތްތަކާއި ފިހާރަ ހިންތގާ ފަރާތްތައް ވެސް ހިމެނެއެވެ.
ފުވައްމުލައް ސިޓީ ކައުންސިލަށް ވިޔަފާރީގެ މައުލުމާތު ފޯރުކޮށްދޭ ފޯމްގެ ލިންކް
މީގެ ދުވަސްކޮޅެއް ކުރިން ފުވައްމުލައް ސިޓީގައި ކުށްޔަށްދޭ ގޭގެއާއި ކޮޓަރިތަކުގެ މައުލޫމާތު އެއްކުރުމަށް ވެސް ސިޓީ ކައުންސިލުން ހުޅުވާލާފައި ވެއެވެ.
ފުވައްމުލައް ސިޓީގައި ހިންގާ ވިޔަފާރިތަކުގެ ލިސްޓެއް އާއްމުކޯށް ބަލާލެވޭގޮތަށް ސިޓީ ކައުންސިލުގެ ވެބްސައިޓްގައި ނަމަވެސް ހުރުމަކީ އެފަދަ މަސައްކަތް ކުރާފަރާތްތަކުގެ މައުލޫމާތު އާއްމުންނަށް ފަސޭހައިން އެނގިގެން ދާނެ ކަމެކެވެ. އަދި އެ ވިޔަފާރިއަކާއި މެދު އާއްމުނެގ އިތުބާރު ވެސް ބޮޑުވެގެން ދާނެ ކަމަެކެވެ. އާއްމުކޮށް އެނގެން ހުންނަނަމަށް އެފަދަ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފަސޭހަވެގެން ދާނެއެވެ.
ފުވައްމުލައް ސިޓިގެ ގިނަ އަދަދެއްގެ ގެތަކުގައި އާއްމުކޮސް ވިއްކުމަށް ކާނާގެ ތަފާތު ބާވަތްތައް ތައްޔާރުކުރަމުން އާދެއެވެ. އަދި ގިނަ އދަދަކަށް އެކި ފަންތީގެ ފިހަރަތަކާއި ކެފޭ ރެސްޓޯރެންތް ފަދަ ތަންތަން ހުރެއެވެ. ނަމަވެސް މިތަންތަނުގެ އަދަދުތަކާއި ނަންތައް އާއްމުކޮސް އެނގެނެ އެއެވެސް ގޮތެއް މިހާރަކު ނޯވެއެވެ.
ޚިޔާލުތައް