A wide advertisement which will be shown on all devices. (700 x 100)

ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ސޯލހު ފުވައްމުލަކަށް

އެމްޑީޕީ ރިޔާސީ ޕްރަމަރީގެ ކެމްޕޭން ދަތުރު

ކުރިޔަށް އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ (21 ޖެނުއަރީ 2023) ވާ ހޮނިހިރު ދުވަހު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަން ތައްޔާރުވެއްޖެއެވެ.

ވަރަށް ވާދަވެރިކޮށް ކުރިޔަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭން ޝިއާރަކީ “އެމްޑީޕީ ކުރިޔަށް” އެވެ.

މި ކެމްޕޭން ދަތުރާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.

އެމްޑީޕީ ރިޔާސި ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހު 28 ވަނަ ދުވަހުއެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ދަފުތަރުން 39000 މެމްބަރުން ވަކިކުރުމުން އެކަމުގެ ފާޑުކިޔުން އަމާޒުވެފެނައވީ ރައީސް ސޯލިހުއަށް ތާއިދު ކުރާ އެމްޑީޕީގެ އޮފީސް ހިންގާ އިސްވެރިންނަށެވެ.

ފުވައްމުލައް ސިޓީގައި ރައިސް ސޯލިހުއަށް ކެމްޕޭން ކުރާ މީހުން ޕޯސްޓަރު ހަރުކުރުން

ރައީސް ސޯލިހުއާއި މި ޕްރަމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުއެވެ. ކުރިން ސިޔާސީ މައިދާނުގައިވެސް އެންމެ އެކުވެރި ދެ ބެސްޓް ފްރެންޑްގެ ގޮތުގައި ފެނިގެން ދިޔަ އިބޫ ސޯލިހު އާއި ނަޝީދު އަންނަނީ އިންތިޚާބުގެ ފޯރީގައި އެއްބޭފުޅާކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެއްބޭފުޅަކު ކުރައްވާ ކަން އަނެއް ބޭފުޅަކަށް ކަމުނުދާކަމުގެ ވާހަތަކައް ހާމަކުރައްވަމުންނެވެ.

މިކަލް ނޫހާއި ކުރިން ވާހަކަ ދެއްކި ރައީސް ސޯލިހުގެ ކެމްޕޭންގެ އިސް އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި މިއިންތިޚާބުގެ ފުވައްމުލައް ސިޓީގެ ނަތީޖާ %55 އިން ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެއެވެ.

ނަމަވެސް ރައީސް ނަޝީދު ފަޅިން ވާހަކަ ދެއްކި މީހަކު ހާމަކުރި ގޮތުގައި ކުރީގެ އިންތިޚާބު (ޗޭއާ ޕާސަންގެ އިންތިޚާބު)ގެ ނަތީޖާއަށް ވުރެ ބޯޑު ނަތީޖާއަކުން ފުވައްމުލަކުން ކުރި ހޯއްދަވާނީ ރައީސް ނަޝީދު ކަމަށެވެ.

ފިކުރެއްގެ ދިރުން ކެމްޕެއިން – ޖަލްސާއަށް ތައްޔާރުވަނީ – ފުވައްމުލައް ސިޓީ

އެމްޑީޕީގެ ދެ ފެކްޝަނގެ ފުރަތަމަ އަޖުމަ ބެލުމަކީ ޗެއާ ޕާސަންގެ އިންތިޚާބެއެވެ. އެ އިންތިޚާބުގައި ފުވައްމުލަކުގެ 3 ދާއިރާގެ ތެރެއިން އުތުރާއި ދެކުނު ދާއިރާއިން ކުރި ހޯއްދެވީ ރައީސް ނަޝީދު (އައްނި) ތާއިދު ކުރެއްވި އިމްތިޔާޒު ފަހުމީއެވެ. ނަމަވެސް މުޅި ރާއްޖެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިޙުގެ ތާއިދު އޮތް ފައްޔާޒު އިސްމާއީލެވެ.

މި ޕްރައިމަރީ އާއި ހަމަޔަށް އައި އިރު އެމްޑީޕީގެ ދަފުތަރުން ކަނޑާލި ގިނަ މީހުންނަކީ ރައީސް ނަޝީދަށް ތާއިދު ކުރާ މީހުން ކަމަށް އެ ފެކްޝަނުން އަންނަނީ ބުނަމުންނެވެ. ފުވައްމުލައް ސިޓީގެ ދާއިރާތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީގެ ދަފްތަރުން ވަނީ ވަކިކޮސްފައެވެ. އެގޮތުން ބައް ދާއިރާ ތަކުްނ %50 އާއި %60 އާއި ދެމެދުގެ އަދަަަދަކަށް މީހުން ވަކިކޮށްފައި ވާކަމަށް މައުލުމާތު ލިބެއެވެ. ވުމާއެކު ފުވައްމުލައ ސިޓީގެ ނަތީޖާ މިފަހަރު އެހެން ގޮތަކަށް ނުކުތުމަކީ ދުރު ކަމެއް ނޫނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !