މިއަދު މުޅި ރާއްޖޭގައި ކުރިޔަށްދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިން ރައީށް އިބްރާހިމް މިހައްމަދު ސޯޅިހު ކާމިޔާބު ކުރައްވައިފިއެވެ. މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކުރިޔަށް ދިޔަ ވޯޓު ގުނުމުގެ މަސައްކަތް ނިމިފައިވާއިރު މުޅި ނަތީޖާ އަދި އިއުލާންނެއް ނުކުރެއެވެ. ނަމަވެސް މިހާތަނަށް އެއްކުރެވުނު ނަތީޖާއިން ބޮޑުތަނުން ކުރީގައި އުޅުއްވަނީ ރައީސް ސޯލިހު އެވެ.
މި އިންތިޚާބުގެ ފުވައްމުލަކުގެ ނަތީޖާތައް ނިމިފައި ވާއިރު ރައީސް ސޯލިހު ކުރި ހޯއްދަވާފައި ވަނީ %52.7 އިންނެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ވަނީ %46.3 އެވެ.
މި އިންތިޚާބުގައި ފުވައްމުލައް ސިޓީއިން ވޯޓު ލުމުގެ ހައްގު ލިބިފައިވާ 2074 މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ 1497 މީހުންނެވެ. މިއީ ޖުމުލަ އަދަދުގެ %72.18 އެވެ.
މި އިންތިޚާބުގެ ފުވައްމުލަައް ސިޓީގައި ބަހައްޓާފައި ވަނީ 3 ފޮށްޓެވެ. އަދި މާލޭގައި ފުވައްމުލަކު މީހުން ވޯޓުލުމަށް 2 ފޮށި ބަހައްޓާފައި ވެއެވެ. މި ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން ވެސް ކުރީގައި އުޅުއްވަނީ ރައީސް ސޯލިހު އެވެ. ދެ ކެންޑިޑޭޓުންނަށް މުޅި ފުވައްމުލައް ސިޓީއިން ވޯޓު ލިބިފަިއވަނީ:
ކުރީގެ ރައީސް މުހައްމަދު ނަޝީދު 699 ވޯޓު %46.3
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 779 ވޯޓް %52.7
ފުވައްމުލަކުގެ ދާއިރާތަކުގެ ނަތީޖާ ދައްކާ ގޮތުން މި އިންތިޚާބުގައި ހުރިހާ ދާއިރާ އަކުން ވެސް ކުރި ހޯއްދަވާފައި ވަނީ ރައީސް ސޯލިހު އެވެ. ނަމަވެސް މީގެ ކުރިން ބޭއްވުނު އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ދެކުނު ދާއިރާއާއި އުތުރު ދާއިރާއިން ކުރި ހޯދާފައިވަނީ ރައީސް ނަޝީދު ތާއިދުކުރެއްވި އިމްތިޔާޒު ފަހުމީ އެވެ. ކުރީގެ އިންތިޚާބުގައި މިފަހަރަށް ވުރެ ގިނަ މީހުން ވޯޓު ލާފައި ވެއެވެ.
ވޯޓް ލީ މީހުން
މާލެ/ފުވައްމުލަކު އުތުރު+ދެކުނު ދާއިރާ – 239
މާލެ/ފުވައްމުލަކު މެދު ދާއިރާ – 165
ފުވައްމުލަކު އުތުރު ދާއިރާ – 543/*282 އެމްޖޭއެސް ހޯލުގައި
ފުވައްމުލަކު މެދު ދާއިރާ – 916/499 ޏ.އޭއީސީ ހޯލުގައި
ފުވައްމުލަކު ދެކުނު ދާއިރާ – 615/*312 ފުވައްމުލަކު ސްކޫލްގައި
މިހާތަނަށް ނަތީޖާ ލިބިފައި ވަނީ
ޚިޔާލުތައް