ފުވައްމުލަކު ބޭރުގައި ވަދު މަސްވެރިކަމަށް އޮއިވާލި ކަނދުފަތި އެޅީ އިރުން 6 މޭލު ބޭރުގައެވެ. ރީނދޫ ކުލައިގެ މި ކަނދުފަތީގެ ނަމްބަރަކީ Q09V01 އެވެ.
މިކަނދުފަތީގެ ޖިއޮގްރަފިކަލް ޕޮޒިޝަނަކީ؛

ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ފުވައްމުލަކު ބޭރުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި އެޅުމުގެ މަސައްކަތުގައި – ރީނދޫ ކުލަ. 2023
ވަދު މަސްވެރިކަމުގެ މިކަނދުފަތި ތަކުގައި ދުރަށް އަލި ފެންނާނެ ބައްތި ހަރުކުރެވިފައި ވުމާއި ރާޑާރު ރިފްލެކްޓާ ހަރުކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ހާމަކުރައްވާފައި ވެއެވެ. ވުމާއެކު ކަނދުފަތި ފާހަގަ ކުރަން ފަސޭހަ ވުމާއި ކަނދުފަތި ކަނޑައިގެންދާ ހާލަތްތަކުގައި ވެސް އަލުން އެ ކަނދުފަތި ހޯދުމަށް ފަސޭހަވެގެން ދާނެއެވެ.
މިއީ ގެސްޓް ހައުސް ފަތުރުވެރިކަމާއެކު މަޝްހޫރުވަމުން އަންނަ މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމާއި ސްޕޯޓްސް ފިޝިން އަށް ވެސް ބޭނުން ކުރެވޭނެ އޮއިވާލި ކަނދުފައްޗެކެވެ.
މި ކަނދުފަތީގެ ސަބަބުން ފުވައްމުލަކުގެ މަސްވެރިންނަށް ރަށާއި ކައިރިން މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ފުވައްމުލަކު ބޭރުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި އެޅުމުއެޅުން – ރީނދޫ ކުލަ. 2023
މިއީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަ އިން ހިންގަމުންއަންނަ “ވަދު ކަނދުފަތި” ޤާއިމްކުރުމުގެ ޕްރޮގްރާމް ދަށުން ފުވައްމުލަކު ދެކުނު 6 މޭލު ބޭރުގައި ގައިމުކުރި ފުރަތަމަ ކަނދުފައްޗެވެ. ނަމަވެސް މިމަޝްރޫއުގެ ދަށުން އައްޑޫ އާއި ގއ. ގައި ވެސް އިތުރު ވަދު މަސްވެރިކަމުގެ 3 ކަނދުފަތި އެޅުމަށް ހަމަޖެހިފައި ވެއެވެ.
ސ. މީދޫ: އިރު ދެކުނުން 6 މޭލު ބޭރުގައި – ވަދު މަސްވެރިކަމަށް
ސ. ގަން: ދެކުނުން 5 މޭލު ބޭރުގައި – ވަދު މަސްވެރިކަމަށް
ގއ. މާމެންދޫ: އިރުން 4.5 މޭލު ބޭރުގައި – ވަދު މަސްވެރިކަމަށް
ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މިއީ ދިވެހިންނަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯދައިދީ ފުޑް ސެކިއުރިޓީ ޔަގީންކަން އިތުރު ކުރުމަށް އިތުރަށް އެހީއަކަށް ވެގެން ދާނެ ކަމެކެވެ.
5
4
3
2
1
- ފުވައްމުލަކު ސަރަހައްދުގައި އަޅާ އޮއިވާލި ކަނދުފަތި އެޅުމުގެ މަސައްކަތް ނިމިއްޖެ
- ފުވައްމުލަކު ސަރަހައްދުގައި އަޅާ 2 ވަނަ އޮއިވާލި ކަނދުފަތީގެ މަސައްކަތް ނިމިއްޖެ
- ފުވައްމުލަކު ހުޅަނގު ބޮއެ ކަނޑައިގެން އޮޔާދަނިކޮށް ރަށަށް ގެނެސްފި
- އޮއިވާލި ކަނދުފަތި- މަސްވެރިކަމަށް ބޮޑު އެހީއެއް! ފުވައްމުލަކުގެ ދެކޮޅުގައި އޮތް ދެ ކަނދުފަތި ކަނޑައިގެން ދިއުމުން އަލުން އަޅަނީ
- އޮއިވާލި ކަނދުފަތި އެޅުމުގެ މަސައްކަތް ލަސްވެ ރަށަށް މަސްލިބުން ދަތިވެއްޖެ – ފުވައްމުލަކު މަސްވެރިން