A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހުޅަނގު ބޮއެ ކަނޑައިގެން އޮޔާދަނިކޮށް ރަށަށް ގެނެސްފި

ކަނޑައިގެން ދިޔަ ހުޅަނގު ކަނދުފަތި ފުވައްމުލަކު ބަނދަރަށް ގެނެސްފައި 25 އޮކްޓޯބަރު 2020

ފުވައްމުލަކު ސަރަހައްދުގައި މަސްވެރިކަމަށް ހާއްސަކޮށްގެން އަޅާފައިވާ 3 އޮއިވާލި ކަނދުފަތީ (ބޮއެ) ގެތެރެއިން ހުޅަނގު ބޮއި ކަނޑައިގެން  އޮޔާދަނިކޮށް ފުވައްމުލައް ސިޓީ ކައުންސިލުން ރޭގައި ރަށަށް ގެނެސްފިއެވެ.

މި ކަނދުފަތި ކަނޑައިގެން އޮޔާ ދާކުމުގެ މައުލޫމާތު ފުވައްމުލައ ސިޓީ ކައުންސިލަށް ފޯރުކޮށް ދީފައިވަނީ ފުވައްމުލަކުގެ މަސްވެރިން ކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރައްވައެވެ. ފުވައްމުލައް ސިޓީ ކައުންސިލަށް އިއްޔެ އެމައުލޫތު ލިބުމުން “ކޮވެލި” ކިޔާ ދޯންޗެއް ފޮނުވައި ބޮއެ ވަނީ ފުވައްމުލަކަށް ގެނެސްފައެވެ. މިހާރު އެބޮއި އޮތީ ބަނދަރުގެ އެތެރޭގައި އައްސާފައެވެ.

ކަނޑައިގެން ދިޔަ ހުޅަނގު ކަނދުފަތި ފުވައްމުލަކު ބަނދަރަށް ގެނެސްފައި 25 އޮކްޓޯބަރު 2020

2017 ވަނ އަހަރާއި މަހާއި ހަމަޔަށް ފުވައްމުލައް ސިޓީ ބޭރުގައި އޮތީ ހުޅަނގު ބޮޔާއި އިރުމަތީ ބޮއެވެ. ނަމަވެސް އެއަަހަރު އިތުރު ބޮއެއް ފުވައްމުލަކު ހުޅަނގުފަރާތުގައި އަޅާފައި ވެއެވެ.

ދެކުނު ބޮޔާއި އިރުމަތީ ބޮއި ފާއިތުވި، 2019 ވަނަ އަހަރު ނޮވެމްބަރު ހިސާބުގައި ކަނޑައިގެން ދިއުމުން އަލުން އެޅުމަށް ގިނަ ދުވަސްތަކެއް ވެގެންދިޔައެވެ. އެކަމާއިގުޅިގެން ފުވައްމުލަކު ދެނު ދާއިރާގެ މަޖުލިސް މެމްބަރު މުހައްމަދު މުމްތާޒު ވަނީ ރައްޔިތުންގެ މަޖުލީހަށް ފިޝަރީޒު މިނިސްޓަރު ހާޒިރުކޮށް އެކަމުގެ ސުވާލުކޮށްފައި ވެއެވެ. އަދި ފިޝަރީޒު މިނިސްޓަރު ވިދާޅުވެފައި ވަނީ ލަސްވެގެން ދިޔައީ ކޮވިޑް-19ގެ ސަބަބުން ކަމަށާއި ވަރަށް އަވަހަސް އެމަސަކަތް ނިމޭނެ ކަމަށެވެ. އަދި މިނިސްޓާރާއި ސުވާލު ކުރެވުނުތާ 3-4 ދުވަސްތެރޭގައި ވަނީ އަލުން އެދެބޮއި އަޅާފައެވެ.

ފުވައްމަލަކު ދެކުނު ދާއިރާގެ އެމްޕީ މުހައްމަދު މުމްތާޒު، މަޖުލީހުގައި ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދު ޖަވާބު ދާރީ ކުރިިވި

މީގެ ކުރިން، 2017 ގައި ފުވައްމުލައްކު އިރުމަތީ ކަނދުފަތި (ބޮއެ) ކަނޑައިގެން ދިއުމުން ވެސް އަލުން ވަނީ އަޅާފައެވެ. އޮއިވާލި ކަނދުފަތިތައް އާއްމުކޮށް ހަރުކުރަނީ ރަށާއި 12 މޭލު ހިސާބުގައިއެވެ.

ކުރިން ފުވައްމުލަކު ބޭރުގައި އަޅާފައިވަނީ ދެ ބޮއެވެ. އެއީ ހުޅަނގު ބޮޔާއި އުތުރުު ބޮއެވެ. ފުވައްމުލަކު ދެކުނު ފަރާތުގައި ބޮއެ އަޅާފައި ވަނީ ނިމުނު ސެޕްޓެމްބަރު މަހު ކުރީ ކޮޅުއެވެ. ފުވައްމުލކު ބޭރުގައި އަޅާފައިވާ 3 އޮއިވާލި ކަނދުފައްޗަށް ފުވައްމުލަކުގެ މަސްވެރިން ވަރަށް ބޮޑަށް ބަރޯސާވެއެވެ.

ފުވައްމުލަކު އިރުމަތީ ފަރާތު އޮއިވާލި ކަނދުފަތި 530. އޮއިވާލި ކަނދުފަތީގެ ތަފުސީލް

ފުވައްމުލަކު ބޭރުގައި އަޅާފައި 3 ބޮއި 

529 ފުވައްމުލަކުގެ އިރު-ދެކުނުން 11.5 މޭލު ބޭރު، ޖިއޮގްރަފިކަލް ޕޮޒިޝަނަކީ އިރުން 55 27 73 އާއި ދެކުނުން 43 30 00 އެވެ. މި ބޮއެ އެންމެ ފަހުން ހަރުކުރެވިފައި ވަނީ 1 ސެޕްޓެމްބަރު 2020 ގައިއެވެ.

530 ފުވައްމުލަކުގެ އިރުން 10 މޭލު ބޭރު، ޖިއޮގްރަފިކަލް ޕޮޒިޝަނަކީ އިރުން، 30 36 73 އާއި ދެކުނުން 50 16 00 އެވެ. މި ބޮއެ އެންމެ ފަހުން ހަރުކުރެވިފައި ވަނީ 2 ސެޕްޓެމްބަރު 2020 ގައިއެވެ.

477 ފުވައްމުލަކުގެ ހުޅަނގުން 15 މޭލު ބޭރު، ޖިއޮގްރަފިކަލް ޕޮޒިޝަނަކީ އިރުން، 27 11 73 ދެކުނުން 57 20 00 އެވެ. މި ބޮއެ އެންމެ ފަހުން ހަރުކުރެވިފައި ވަނީ 6 އޭޕްރީލް 2017 ގައިއެވެ.

މިއީ ހުރިހާ މަސްވެރިންގެ ލާބަ އާއި މަންފާއަށްޓަކައި އަޅާފައިވާ ކަނދުފަތިތަކެކެވެ. އެގޮތުން އޮއިވާލި ކަނދުފަތީގައި ދޯނިތައް ނަގިލިލުމާއި ވާ އައްސައިގެން ތިބުމާއި އަދި އޮއިވާލި ކަނދުފައްޗަށް ގެއްލުންވާ ގޮތަށް އެއްވެސް އަމަލެއް ނުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިފައިވެއެވެ. ކަނދުފައްޗަށް ދިމާވާ ގެއްލުންތަކާއި މައްސަލަތައް ލަސްނުކޮށް ކައުންސިލާއި ހިއްސާކުރުމަށް ވެސް އެދިފައި ވެއެވެ.

ފުވައްމުލަކު ބޭރުގައި އެންމެ ފުރަތަމަ އެޅި އޮއިވާލި ކަނދުފަތި (ބޮއެގަނޑު) ފުވައްމުލަކު ގޮޑުދޮށަށް ލެއްގުމުން އެއްގަމަށް އަރުވާފައި. ފޮޓޯ ނަސްރު އަލީ -2011

އޮއިވާލި ކަނދުފައްޗަކީ ރާއްޖޭގެ އަމިއްލަ ކާމިޔާބު އުފެއްދުމެކެވެ. ފުރަތަމަ ކޮޅުގެ އޮއިވާލި ކަނދުފަތީގައި ދާގަނޑެއް ހަރުހަކުރެވިފައި ވިޔަސް މިހާރުގެ ކަނދުފަތިތަކުގައި އޭގެ ބަދަލުގައި ހުންނަނީ ކުދި ބޮއެތަކެއް ހަރުކޮށްފައެވެ. އޮއިވާލި ކަނދުފަތިތައް އާއްމުކޮށް ހަރުކުރަނީ ރަށާއި 12 މޭލު ހިސާބުގައިއެވެ. އެއީ ކަނދުފައްޗާއި ހަމަޔަށް ފަސޭހައިން މަސްވެރިންނަށް ދެވޭގޮތަށް ބަލާފައެވެ.

މިއީ މަސް ތިލަވެ ތިބޭ ހިސާބު ފާހަގަކޮށް ފަަަސޭހައިން މަސްވެރިންނަށް އެހިސާބަށް ދިއުމުގެ މަގު ފަހިކުުރުމުގެ ގޮތުން 1981 ގައި އީޖާދުކުރި އާލާތެކެވެ. އޮއިވާލި ކަނދުފަތީގެ މަގުބޫލުކަން މިހާރު ވަނީ މަސްވެރިންގެ މެދުގައި އިތުރުވެފައެވެ. މުޅި ރާއްޖޭގައި މިހާރު 54 އޮއިވާލި ކަނދުފަތި އެބައޮތެވެ. ކަނދުފަތީގައި ހުންނަނީ ދުރަށް ފެންނަގޮތަށް އަލި އޮރެންޖު ކުލައެކެވެ. ކުރީގެ ކަނދުފަތިތަކުގައި ދިދަ އަކާއެކު ރޭގަނޑަށް ދިއްލޭ ބޮއްކެއް ހުއްޓަސް މިހާރުގެ ކަނދުފަތި ތަކުގައި އެބައެއް ނުހުރެއެވެ.

ފުވައްމުލަކު ބޭރުގައި އެޅި ކަނދުފަތި 530.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޖޮބޭ

    ހާދަހާ އޯގާތެރިވީމައޭ މިހާރު ބޮއެ އަޅަނީ ބަނދަރުގަ. ޢެވަރުންވެސް މި މަސްވެރިންގެ ހެޔޮބަހެއް ނުލިބޭނެ.

  • ހިކަރި

    2011ގަ ލައްގާފަ؟؟
    90ގެ އަހަރު ތަކުގައިވެސް ތިބޮއެ އޮވޭ ތިތާގަ