A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސަރަހައްދުގައި އަޅާ 2 ވަނަ އޮއިވާލި ކަނދުފަތީގެ މަސައްކަތް ނިމިއްޖެ

ފުވައްމުލަކު ބޭރުގައި އެޅި ކަނދުފަތި 530.

ފުވައްމުލަކު ސަރަހައްދުގައި މަސްވެރިކަމަށް ހާއްސަކޮށްގެން އަޅާ 2 ވަނަ އޮއިވާލި ކަނދުފަތި އެޅުމުގެ މަސައްކަތް ވެސް ނިންމާލައިފިއެވެ. މީގެ 3 ދުވަސް ކުރިން ވެސް ވަނީ ކަނދުފައްޗެއް އަޅާފައެވެ. މި ދެ އޮއިވާލި ކަނދުފައްޗަކީވެސް ކުރިން އޮތް ކނަދުފަތި ކަޑައިގެން ދިޔުމުގެ ސަބަބުން އަޅާފައިވާ އާ ދެ ކަނދުފައްޗެވެ.

މިހާރު އަލުން އަޅާނިމިފައިވާ އޮއިވާލި ކަނދުފަތީގެ ނަންބަރަކީ 530، (FAD No:530 E FAD 10 miles.) އެވެ.

މީގެ ކުރިން އަޅާފައިވާ ކަނދުފަތީގެ ނަމްބަރަކީ 529 (FAD No:529 SE FAD 11.5 miles.) އެވެ.

އޮއިވާލި ކަނދުފަތީގެ ނަގިއްޔަ ބޭނުންކުރާ ކޮންކްރީޓް ބޮލޮކްތައް

އިއްޔެ އެޅި ކަނދުފަތީގެ ތަފުސީލު މައުލުމާތު ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

• ކަނދުފަތި ހަރުކުރެވިފައިވާ ސަރަޙައްދު: 2
ކަނދުފަތި ނަންބަރު: 530/ ކަނދުފަތި ޤާއިމުކުރެވުނު ތާރީޚު: 2 ސެޕްޓެމްބަރ 2020
ހަރުކުރެވިފައިވާ ސަރަޙައްދު: ޏ، ފުވައްމުލަކު އިރު 10 މޭލު ބޭރުން
ޕޮޒިޝަން: 00 ދަރަޖަ 16 މިނިޓް 50 ސިކުންތު، ދެކުނު އަރުޟު (S”50’00016)
073 ދަރަޖަ 36 މިނިޓް 30 ސިކުންތު، އިރު އަރުޟު (E”30’073036)

ފުވައްމުލަކު އިރުމަތީ ފަރާތު އޮއިވާލި ކަނދުފަތިކުރިން 521 މިހާރު 530. އޮއިވާލި ކަނދުފަތީގެ ތަފުސީލް

މި ކަނދުފަތިތަކަކީ ހުރިހާ މަސްވެރިންގެ ލާބަ އާއި މަންފާއަށްޓަކައި އަޅާފައިވާ ކަނދުފަތިތަކެކެވެ. އެގޮތުން އޮއިވާލި ކަނދުފަތީގައި ދޯނިތައް ނަގިލިލުމާއި ވާ އައްސައިގެން ތިބުމާއި އަދި އޮއިވާލި ކަނދުފައްޗަށް ގެއްލުންވާ ގޮތަށް އެއްވެސް އަމަލެއް ނުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިފައިވެއެވެ. ކަނދުފައްޗަށް ދިމާވާ ގެއްލުންތަކާއި މައްސަލަތައް ލަސްނުކޮށް ކައުންސިލާއި ހިއްސާކުރުމަށް ވެސް އެދިފައި ވެއެވެ.

ފުވައްމުލަކު ބޭރުގައި މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ ދެ އޮއެވާލި ކަނދުފަތި (ދެކުނެ ބޮއި، އިރިމައްތެ ބޮއި) ކަނޑައިގެން ދިޔުމުގެ ސަބަބުން މަސްވެރިންނަސް ނުހަނު ދަތިތަކާއި ކުރިމަތިވެ ކަންބޮޑުވުން ފާޅުކުރާތާ 6 މަސް ދުވަސް ވަރު ވެއްޖެއވެ. އަަލުން  މި އޮއިވާލި ކަނދުފަތިތައް އެޅުން ލަސްވީ ކޮވިޑް 19 އާއި ގުޅިގެން ދަތުރުފަތުރު ކުރުން ބަންދުވެފައި ވުމުގެ ސަބަބުންނެވެ.

އޮއިވާލި ކަނދުފައްޗަކީ ރާއްޖޭގެ އަމިއްލަ ކާމިޔާބު އުފެއްދުމެކެވެ. ފުރަތަމަ ކޮޅުގެ އޮއިވާލި ކަނދުފަތީގައި ދާގަނޑެއް ހަރުހަކުރެވިފައި ވިޔަސް މިހާރުގެ ކަނދުފަތިތަކުގައި އޭގެ ބަދަލުގައި ހުންނަނީ ކުދި ބޮއެތަކެއް ހަރުކޮށްފައެވެ. އޮއިވާލި ކަނދުފަތިތައް އާއްމުކޮށް ހަރުކުރަނީ ރަށާއި 12 މޭލު ހިސާބުގައިއެވެ. އެއީ ކަނދުފައްޗާއި ހަމަޔަށް ފަސޭހައިން މަސްވެރިންނަށް ދެވޭގޮތަށް ބަލާފައެވެ.

މިއީ މަސް ތިލަވެ ތިބޭ ހިސާބު ފާހަގަކޮށް ފަަަސޭހައިން މަސްވެރިންނަށް އެހިސާބަށް ދިއުމުގެ މަގު ފަހިކުުރުމުގެ ގޮތުން 1981 ގައި އީޖާދުކުރި އާލާތެކެވެ. އޮއިވާލި ކަނދުފަތީގެ މަގުބޫލުކަން މިހާރު ވަނީ މަސްވެރިންގެ މެދުގައި އިތުރުވެފައެވެ. މުޅި ރާއްޖޭގައި މިހާރު 56 އޮއިވާލި ކަނދުފަތި އެބައޮތެވެ. ކަނދުފަތީގައި ހުންނަނީ ދުރަށް ފެންނަގޮތަށް އަލި އޮރެންޖު ކުލައެކެވެ. ކުރީގެ ކަނދުފަތިތަކުގައި ދިދަ އަކާއެކު ރޭގަނޑަށް ދިއްލޭ ބޮއްކެއް ހުއްޓަސް މިހާރުގެ ކަނދުފަތި ތަކުގައި އެބައެއް ނުހުރެއެވެ.

އޮއިވާލި ކަނދުފަތި އެޅުމުގެ މަސައްކަތް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !