A wide advertisement which will be shown on all devices. (700 x 100)

ދިރާސީ ކަލަންޑަރަށް އައި ބަދަލުން ޗުއްޓީ އެއްދުވަސް މަދުވެއްޖެ

ދިރާސީ ކަލަންޑަރަށް ބަދަލެއް 2023

މިއަހަރުގެ ދިރާސީ ކެލަންޑަރަށް އައި ބަދަލުން ޗުއްޓީ އެއްދުވަސް މަދުވެއްޖެއެވެ. މިހަފުތާގައި އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ކުރިން ނެރެފައިވާ ދިރާސީ ނުވަތަ އެކަޑެމިކް ކަލަންޑަރަށް ބަދަލެއް ގެނެސް އަލުން ޝާއިއުކޮށްފައެވެ.

މި ބަދަލާއެކު އަންނަ ހަފުތާގައި ފެށޭ މިޑް ޓާމް ބްރޭކާއި ފިތުރު އީދު ބަންދަށް ފަހު ސްކޫލްތައް ހުޅުވޭނީ، 24 އޭޕްރީ ވާ ހޯމަ ދުވަހުއެވެ.

މިބަދަލު ގެންނަން ޖެހުނީ ކުރިން ބެލެވިފައިވާ ގޮތުން މި އަހަރުގެ (1444) ފިތުރު އީދު ދުވަސް ދިމާވަނީ ހަފުތާގެ ހޮނިހިރު ދުވަހަށެވެ. އެއާއެކު ފިތުރު އީދުގެ ބަންދު 3 ދުވަސް ހަމަވާނީ ޖެހިގެން އަންނަ، އާދިއްތ އަދި ހޯމަ ދެ ދުވަހާއެކު ގައެވެ. ނަމަވެސް މިއަހަރުގެ ރަމަޝާން މަހުގެ ހަނދު 29 ވަނަ ދުވަހުގެ ރޭ (21 އޭޕްރީލް 2023) ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ސާބިތުވާތީ މިއަހަރުގެ ފިތުރު އީދު ފެށޭ ދުވަސް މިވަނީ ކުރިން ކަލަންޑަރުގައި ވާގޮތާއި ޚިލާފަށް އެއް ދުވަހަށް ކުރިޔަށް ޖެހިފައެވެ. (22 ޢެޕްރީލް އިން 21 އޭޕްރީލް އަށް) އެގޮތުން އީދު ފެށޭ ދުވަހަކަށް ވާނީ އެހަފުތާ ހުކުރު (21 ވަނަ ދުވަސް) ކަމަށް ވެފައެވެ.

ފިތުރު އީދު ދުވަސް އެއް ދުވަހަށް ކުރިޔަށް ޖެހުމުން އީދުގެ ބަންދުގެ ގޮތުގައި ވެގެންދާނީ ހުކުރު، ހޮނިހިރު އަދި އާދީއްތަ، މި 3 ދުވަހެވެ. އެއީ އޭޕްރީލް މަހު 21، 23، އަދި 23 ވަނަ ދުވަހެވެ. އެއާއެކު ސްކޫލް ތަކާއި އޮފީސްތައް ބަންދުވާނީ އީދު ނިމޭ ހަފުތާގެ އާދިއްތަ ދުވަސް އެކަންޏެވެ. ހޯމަ (24 އޭޕްރީލް 2023) ގައި އަލުން ސްކޫލް ތަކާއި އޮފީސްތައް ހުޅުވޭނެއެވެ.

ނަމަވެސް ކުރިން ކަލަންޑަރުގައި އޮތްގޮތުން ފިތުރު އީދު ބަންދުގެ ގޮތުގައި، 22، 23 އަދި 24 އޭޕްރީލް ވެގެން ދާނެއެވެ. އެއާއެކު އެ ހަފުތާގެ ހޮނިހިރު ދުވަހުގެ އިތުރުން އާދީއްތަ އަދި ހޯމަ ދުވަސް ވެސް ބަންދު ކަމަށް ކަލަންޑަރުގައި ފާހަގަ ކޮށްފައި ވެއެވެ.

މި މައްސަލާގައި ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި، އީދު ބަންދު އެއްދުވަސް މަދުކޮށްފައިވާ ކަމަށް ލިޔެ ޝުއޫރު ފާޅުކުރަމުން ދެއެވެ. ނަމަވެސް އީދު ބަންދުގެ 3 ދުވަސް ފުރިހަމައަށް ލިބެއެވެ. މަދުވީ އީދާއި ގުޅިގެން ސްކޫލާއި އޮފީސްތައް ބަންދުވާ ދުވަސްތަކުގެ އަދަދެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !