ފުވައްމުލައް ސިޓީ ހިމެނޭ ދެކުނުގެ 4 އަތޮޅަށް މިއަދު މެންދުރުން ފެށިގެން މިރެއަށް މޫސުމީ ރީނދޫ ސަމާލު ނެރެފިއެވެ. މިއަދު، (29 އޭޕްރީލް 2023 ވަނަ ދުވަހުގެ) މެންދުރުފަހު 2:15 އިން ރޭގަނޑު 6:00 އަށް އަދި ދެވަނަ ރީނދޫ ސަމާލު ރޭގަނޑު 6:10 އިން ރޭގަނޑު 11:00 އަށް ނެރެފައެވެ.
އެނެމް ފަހުން މުސުމާ ބެހޭ އިދާރާއިން ނެރެފައިވަނީ މެދުރާއްޖެތެރެއަށް، ނުވަތަ މާލެއިން ލ.އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމުގެ ހުދު ސަމާލެކެވެ.
މޫސުމާ ބެހޭ އިދާރާއި ހާމަކުރާ ގޮތުގައި ފުވައްމުލައް ހިމެނޭ ސަރަހައްދާއި މެދުރާއްޖެތެރެއަށް ވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާ ކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކުރެއެވެ.
ނަމަވެސް ރާއްޖޭގެ ކަނޑުތައް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ އޮފީހުގެ ރީނދޫ ސަމާލު އާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލިން ވަނީ ރައްޔިތުންނަށް އާއްމު އިލްތިމާސެއް ނެރެފައެވެ.
ސިޓީ ކައުންސިލުގެ އިލްތިމާސްގަައިވާނީ ފުވައްމުލައް ސިޓީ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ އެންމެހައި ރައްޔިތުން އެކަމަށް ސަމާލުވެ ތިއްބެވުމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ފެންބޮޑުވުން ފަދަ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ފުވައްމުލައް ފަޔާ ސްޓޭޝަން ނަންބަރު 6869118 ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން 6865013 އަށް ރިޕޯޓް ކުރުމަށެވެ.
މީގެ އިތުުރުން ކުއްލި ހާލަތުގައި ސިޓީ ކައުންސިލާއި ގުޅުމަށް އެމަޖެންސީ ހޮޓްލައިން ނަންބަރު 7315001 ބޭނުކޮށް މައުލޫމާތު ހިއްސާކުރުމަށެވެ.
ޚިޔާލުތައް