A wide advertisement which will be shown on all devices. (700 x 100)

މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި

12 މެއި 2021 ގެ ވިއްސާރައިގައި ފެންބޮޑުވެފައި. ފޮޓޯ: ތޯރިގު
މުޅި ރާއްޖެއަށް ވައިޓް އެލާޓް ނުވަތަ ހުދު ސަމާލު މިއަދު ނެރެފިއެވެ. ދިވެހިރާއްޖޭގެ ގައުމީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެދުނު 6:00 އިން 12:00 އާއި ހަމައަށެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުރުނާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރާކަމަށް އެއިދާރާއިން ހާމަކުރެއެވެ.
ވިއްސާރައިގެ ސަބަބުން ގެއަށް ފެންވަނުން ފަދަ ޙާދިޘާތައް ދިމާވާ ފަރާތްތަކުން ތިރީގައި މިވާ  ފަރާތްތަކަށް ވީހާއަވަހަކަށް ރިޕޯޓް ކުރެއްވުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިލައްވައެވެ.
އެމް.އެން.ޑީ.އެފްފަޔަރ ސްޓޭޝަން: 6869118
މޯލްޑިވްސް ޕޮލިސް ސަރވިސް: 6865013
ފުވައްމުލަކު ސިޓީ ކައުންސިލް ހޮޓްލައިން: 7315001
+1
1
+1
0
+1
0
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !