A wide advertisement which will be shown on all devices. (700 x 100)

41 ދަރިވަރަކަށް ސިތާނާ ސްޓޯރ ޓޮޕް އެޗީވަރސް އެވޯޑް ހަވާލުކޮށްފި

2017 ވަނަ އަހަރު ފުވައްމުލަކު ސިޓީގެ ސްކޫލްތަކުން ހޮވުނު އެންމެ ރަނގަޅު 41 ދަރިވަރަކަށް ސިތާނާ ސްޓޯރ ޓޮޕް އެޗީވަރސް އެވޯޑް ހަވާލުކޮށްފިއެވެ.
ޏ.އަތޮޅު ތަޢުލީ މަރުކަޒު ހޯލުގައި ރޭ(2018/10/20) ބޭއްވި މި ހަފްލާގައި ފުވައްމުލަކު ޕްރައިމަރީ އަދި ސެކަންޑަރި ސްކޫލްތަކުން ހޮވުނު އެންމެ ރަނގަޅު 41 ދަރިވަރަކަށް ސިތާނާ ސްޓޯރ ޓޮޕްއެޗީވާރސް އެވޯޑާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމުގެ އިތުރުން ސިތާނާ ސްޓޯރ ފްރެންޑްސް ކާރޑް ވަނީ ހަވާލުކޮށްފައެވެ.
ސިތާނާ ސްޓޯރުން މަޢުލޫމާތު ދޭގޮތުގައި ދަރިންވަރުންނަށް ހަވާލުކުރެވުނު ސިތާނާ ސްޓޯރ ފްރެންޑްސް ކާރޑް ބޭނުން ކޮށްގެން ސިތާނާ ސްޓޯރ އަދި އަސްރަފީ ސިތާނާ ބުކުށޮޕްއިން %20 އާއި ހަމައަށް ޑިސްކައުންޓް ލީބޭނޭ. މިކާރޑް އެކުދިން ގްރޭޑް 12 ކިޔެވުން ނިމެންދެން ބޭނުން ކުރެވޭނެކަމަށްވެސް ސިތާނާ ސްޓޯރއިން މަޢުލޫމާތު ދެއެވެ.
ރޭ ބޭއްވި މިހަފްލާގައި ފުވަމުލަކު ޕްރައިމަރީ އަދި ސެކަންޑަރީ ހުރިހާ ސްކޫލަތަކާއި ސިތާނާ ސްޓޯރއާއި ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. އެމްއޯޔޫއެއްގައި ސޮއި ކުރެވުނު ތަކެތި ރަމްޒީކޮށް ސްކޫލްތަކާއި ހަވާލުކޮށްދެއްވީ ސިތާނާ ސްޓޯރު އަދި އަސްރަފީ ސިތާނާގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް ހަސަން އަބްދުﷲ ދީދީ އެވެ. މި އެމްއޯޔޫއަކީ 2019 ވަނަ އަހަރު ފުވައްމުލަކު ސްކޫލްތަކަށް އަދި ސްކޫލްތަކުގެ ޕީޓީއޭ އަށް ސިތާނާ ސްޓޯރއިން ދިނުމަށް ހަމަޖެހިފައިވާ އެކިއެކި އެހީތަކާއި ގުޅޭގޮތުން ސޮއިކުރެވުނު އެމްއޯޔޫއެކެވެ.
ސިތާނާ ސްޓޯރ ޓޮޕް އެޗީވަރސް އެވޯޑަކީ 2012 ވަނަ އަހަރުން ފެށިގެން ސިތާނާ ސްޓޯރއިން ފުވައްމުލައް ސިޓީގެ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުން ހޮވޭ އެންމެ ރަނގަޅު ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !