ކުރީގެ ނާއިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު މުހައްމަދު ޖަމީލު އަހުމަދު ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާއަށް ނިކުންނަވަން ނިންމަވައިފިއެވެ. ޖަމީލް ވިލިމާލެ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް މަޖިލީހުގެ ތެރެއިން ފުއްދައި ދިނުމަށް އެހީތެރިވެ ދިނުމަށްކަމަށް މިހާރު ނޫހަށް ޖަމީލު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ކަމަށް މިހާރު ނޫހުން ރިޕޯޓް ކުރެއެވެ.
“ވިލިމާލެ ރައްޔިތުންނަށް ޒަމާނީ ތަރައްގީ ހައްގުވާ މިންވަރު ހޯދައިދޭން ޖެހޭ، އަދި އެ މަސައްކަތް ފެށުން މާ ބޮޑަށް ވެސް ލަސްވެއްޖެ” ކަމަށް ވިލިމާލޭ ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމެވި ޖަމީލް ރޭ ކުރެއްވި ޓްވީޓްގައިވެއެވެ.
ޖަމީލް ކުރިން ވަނީ މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަމާއި ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ. އޭގެ ފަހުން މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރުކަމާއި، މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖަމީލް އަދާކުރެއްވީ ހޯމް މިނިސްޓަރުކަން ކުރެއްވިއެވެ. އަދިއެއަށްފަހު ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ޖަމީލް ނެންގެވުމަށްފަހުގައެވެ.
ޚިޔާލުތައް