A wide advertisement which will be shown on all devices. (700 x 100)

ބިޒިނެސް އިންނޮވޭޝަން ފޯރަމެއް ފުވައްމުލައް ސިޓީގައި ބާއްވަނީ

ބިޒިނަސް އިނޮވޭޝަން ވީކް- ފުވައްމުަލައް ސިޓީގެ، ބައެއް ހުށަހެޅުންތެރިން

‘ބިޒިނެސް އިންނޮވޭޝަން ވީކް’ ގެ ނަމުގައި ވިޔަފާރިއާއި ގުޅުން ހުރި ކަންތައްތަކުގެ ފޯރަމެއް އަންނަ ސެޕްޓެމްބަރު މަހު 1-5ށް ފުވައްމުލައް ސިޓީގައި ބާއްވަނީ ތައްޔާރުވަމުން އެބަދެއެވެ.

މި އިވެންޓް އިންތިޒާމު ކުރަނީ އައިބޭ އާއި ފެޓް އައިޑިއާ އާއި ކްރޯވޭ ގުޅިގެންނެނެވެ. މި އިވެންޓްގައ،ި ވިޔަފާރީގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފުވައްމުލައް ސިޓީގެ ޒުވާންނުގެ ގުރޫޕަކުން އިސްކޮށް ހަރަކާތްތެރިވެއެވެ. މިފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

މި ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރި ގްރޫޕްތަކާއި އަދި ވިޔަފާރިއެއް ފެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މިއީ ވިޔަފާރީގައި ކާމިޔާބީތަކެއް ހާސިލުކޮށް އެތައް ދުވަހެއްގެ ތަޖުރިބާ ގާސިލުކޮށްފައިވާ ފަރާތްތަކުން އެފަރާތްތަކުގެ ތަޖުރިބާ ހިއްސާ ކުރުމަށާއި ވިޔަފާރީގައި ކުރިޔަށް ދާނޭ މަގު ދެއްކުމުގެ ގޮތުން ބައްވާ ފޯރަމެއް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އެއްވެސް ފީއަކާއި ނުލައި މުޅިން ހިލޭ ބައިވެރިވެވޭ ފޯރަމެކެވެ.

މި އިވެންޓްގައި ބައިވެރިވާން އެދޭ ފަރާތްކުން މިލިންކުން ރަޖިސްޓްރީ ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން 7773712 އާއި ގުޅައިގެން ވެސް ރެޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިފޯރަމުގައި ވިޔަފާރި ފެށާނެ ގޮތް ދަސްކޮށްދިނުމާއި، ވިޔަފާރިތަކަށް އިންވެސްޓަރުން ހޯދދާނެ ގޮތްތަކާއި ވިޔަފާރީގައި ކާމިޔާބު ހޯދާފައިވާ ގޮތްތަކުގެ މިސާލުތައް ހިއްސާކުރެވިގެން ދާނެއެވެ.

މިއީ މިފަދަ ފޯރަމެއް ފުވައްމުލައް ސިޓީަގއި ބާއްވާ ފުރަތަމަ ފަހަރެވެ.

ބިޒިނަސް އިނޮވޭޝަން ވީކް- ފުވައްމުަލައް ސިޓީގެ، ބައެއް ހުށަހެޅުންތެރިން

މިފޯރަމްގައި އެކ ިހުށަހެޅުންތައް ހުށަހަޅާދޭނެ 11 ފަރާތެއް ވަނީ ހާމަކޮށްފައެވެ. އެގޮތުން:

ހަސަން ސައީދު – ރިޒޯޓް މެނޭޖަރ، ދިގަލި މޯލްޑިވްސް

ހަސަން މުހައްމަދު – މެނޭޖިން ޕާރޓްނަރ ، ކްރޯވޭ

އަޙުމަދު އާސިފު – މެނޭޖިން ޑައިރެކްތަރ، ފޮލޯމީ މޯލްޑިވްސް

މުރާދު ހަސަނ – މާކެޓިން މެނޭޖާރ، އަގޯޑާ

ނަސްރުﷲ އަދުނާނު – ސީޓީއޯ، ލޮޓީފައިލްސް

އިސްމާޢީލް ރަފީގު – އައިބޭ ފައުންޑަރ

އިޔާޒު ވަހީދު – ޕްރެޒިޑެންޓް، ޔުނިވަރސަލް ފައުންޑޭޝަން

އަޙުމަދު މުޙައްމަދު -މެނޭޖިން ޑައިރެކްޓަރ، ބޯލްޑް ޕޮއިންޓް

އާއިޝަތު އަދުނާނު – ކޯފައުންޑަރ، ވުމެންއިން ޓެކް މޯލްޑިވްސް

ޝަމްމޫނު އަމީން – މެނޭޖަރ، ޓައިގަރ ޝާރކް ރެޒިިޑެންސް

އާމިނަތު އަލީ – މެނޭޖަރ، ބިޒިނަސް ސެންޓަރ، ހިތަދޫ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !