މިޔަރު ގިނަވުމުގެ ސަބަބުން، ކައްޓެޅި ބޭނުމުގައި ދަތިތަކެއް

ހަމައެކަނި ފުވައްމުލަކުގައި ބާނާ މަހެއްކަމަށް މަޝްހޫރުވެފައިވާ ކައްޓެޅި
Share on facebook
Share on twitter
Share on google

ކައްޓެޅިއަކީ ޒަމާނުއްސުރެ ފުވައްމުލަކު ރައްޔިތުން ކެއުމަށް ބޭނުންކުރަމުން އަންނަ މަހެކެވެ.

ކައްޓެޅީގެ ޑިމާންޑް އެއްދުވަހުން އަނެއް ދުވަހަށް މި ރަށު ރައްޔިތުންނާއި، ރަށައް ޒިޔާރަތް ކުރާ މެހުމާނުންގެ މެދުގައި އިތުރު ވަމުންދާއިރު، ކަންބޮޑު ވާން ޖެހޭކަމެއް އެބައޮތެވެ.

މިހާރު ކުރިން ބޭނޭގޮތައް ކައްޓެޅި ނުބޭނޭ ކަމަށް ކައްޓެޅީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ބުނެއެވެ.

ސަބަބެއް ކަމަށް އެމީހުން ބުނަމުން ގެންދަނީ މިޔަރުގެ ސަބަބުން ކަމަށެވެ.

“ކައްޓެޅި ބާނާ ސަރަހައްދުތަކުގައި، މިޔަރު ގިނަވުމުގެ ސަބަބުން، މިހާރު ކައްޓެޅިއެއް ނުބޭނޭ، ހުސް އަތާވެސް އަންނަން ޖެހެނީ މަދެއްކޮށެއް ނޫން” ކައްޓެޅީގެ މަސްވެރިކަން ކުރާ ފަރާތަކުން މައުލޫމާތު ދެއްވިއެވެ.

ކައްޓެޅި އާންމު ގޮތެއްގައި ބަނާއުޅެނީ 100 މީޓަރު ފުނުންކަމަށް މައުލޫމާތު ލިބެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments