A wide advertisement which will be shown on all devices. (700 x 100)

ބަޖެޓަށް ގެންނަން ބޭނުންވި ބަދަލުތައް ގެނެވިއްޖެ- އެމްޕީ ހުސޭން

ފުވައްމުލައް ސިޓީ ބަޖެޓަށް އިތުުރުކުރެވުނު ޕީއެސްއައިޕީ ޕްރޮޖެކްތްތައް

ކުރިޔަށް އޮތް 2020 ވަނަ އަހަރަށް ސަރުކާރުން ހުށައެޅި ފުވައްމުލައް ސިޓިގެ ބަޖެޓަށް ގެންނަން ބޭނުންވި ބަދަލުތަކަށް ސަރުކާރުން ރުހުންދީ، ބަދަލު ގެނެސްފައިވާ ކަމަށް ފުވައްމުލަކު މެދުދާއިރާގެ މަޖުލިސް މެމްބަރު ހުސޭން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. އެމްޕީ ހުސޭން އެވިދާޅުވީ ޕީއެސްއައިޕީގެ ދަށުން ފުވައްމުލައް ސިޓީގެ ބަޖެޓަށް ގެންނަން ހުށަހެޅި ބަދަލުތައް ސަރުކާރުން ބަލައިގަނެ ފައިވާ ވާހަކައެވެ.

އެގޮތުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ފުވައްމުލަކު ހޮސްޕިޓަލް އެކްސްޓެންޝަން ޕްރޮޖެޓަށް ކަނޑައަޅާފައިވާ 3.85 މިލިޔަން ރުފިޔާ މަޖުލީސް ބަޖެޓް ކޮމެޓީގައި ކުރެވުނު މަޝްވަރާއާއެކުއެކު މިހާރު ވަނީ 8 މިލިޔަން ރުފިޔާއަށް އިތުރުކުރެވިފައި ކަމަށް އެމްޕީ ހުސޭން  ފާހަގަކުރައްވާފައި ވެއެވެ.

ފުވައްމުލައް ސިޓީގައި ސްޕޯރޓްސް ކޮމްޕްލެކްސް އެއް އެޅުމަށް ކުރިން ބަޖެޓްގައި ކަނޑައޅާފައިވާ 3.88 މިލިޔަން ރުފިޔާ ވެސް ވަނީ 8 މިލިޔަން ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށް ހުސޭން ހާމަކުރައްވައެވެ.

މީގެ އިތުރުން ކުރިން ހިމެނިފައި ނުވާ އިތުރު ދެ ޕްރޮޖެކްޓެއް ބަޖެޓުގައި މިހާރު ވަނީ ހިމަނާފައެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ފުވައްމުލައް ސިޓީގައި އައިސީޓީ ފެކަލްޓީއެއް ގާއިމުކުރުމުގެ ޕްރޮޖެކްޓް އާއި ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައި ސިންތެޓިކް ޓްރެކެއް އެޅުމުގެ ޕްރޮޖެކްޓެވެ. އައިސީޓީ ފެކަލްޓީ އެޅުމަށް ބަޖެޓަށް 5 މިލިޔަން ރުފިޔާ އިތުރުކުރުވުނު އިރު ސިންތެޓިކް ޓެރެކް އެޅުމަށް ވެސް ވަނީ 5 މިލިޔަން ރުފިޔާ އިތުރު ކުރެވިފައެވެ.

ފުވައްމުލައް ސިޓީ އަށް 2020ގެ ބަޖެޓްގައި ހިމެނިފައިވާ ޕީއެސްއައިޕީ ޕްރޮޖެކްތްތައް

މިއާއެކު އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސއައިޕީގެ ދަށުން 24 ޕްރޮޖެކްޓެއް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދިއުމަށް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މުޅިން އަލަށް ފަށާ 9 ޕޮރޮޖެކްޓެކެވެ.

މިއަދަދުތަކަށް ބަލާއިރު 2020ގެ ބަޖެޓްގައި ކުރިން ފުވައްމުލައް ސިޓީގެ ޕްރޮޖެކްޓްތަކަށް ހިމެނުނު އަދަދުތައް މިހާރު މިވަނީ 18.27 މިލިޔަން ރުފިޔާ އިތުރު ކުރެވިަފއެވެ.

“ސަރުކާރުގެ އެކްޝަން ޕްލޭނާއި އެއްގޮތަށް ކުރިޔަށް އޮތް 4 އަހަރު ތެރޭ ރައީސްގެ ވައުދުތައް ރަނުން ރަނަށް ފުއްދިގެން ދާނެކަމާއި މެދު ޝައްކެއް ނުކުރަން” އެމްޕީ ހުސޭން މިމައުލޫމާތުތައް އޭނާގެ ފޭސްބްުކް ޕޭޖްގައި ހިއްސާކުރައްވަމުން ވިދާޅުވެފައި ވެއެވެ.

ފުވައްމުލައް ސިޓީ އަށް 2020ގެ ބަޖެޓްގައި ކުރިން ކަނޑައެޅި ޕީއެސްއައިޕީ ޕްރޮޖެކްތްތައް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !