މި ޖެނުއަރީ މަހު 31 ގައި ބާއްވާ އެމްޑީޕީ ޕްރަމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެމްޑީޕީން ހުޅުވާލައިފި އެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހުޅުވާލާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ އިރުއޮއްސި 6:00ގެ ނިޔަލަށެވެ.
މިހިނގާ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގަ އެމްޑީޕީގެ ފަރާތުން ވާދަކުރާ ފަރާތްތަކައް ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގަ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާއި، މެންބަރޝިޕް ޗެކް ކުރާނެ ލިންކެއް އެޕާޓީގެ ވެބްސައިޓްގައި ވަނީ އާއްމުކޮށްފައެވެ. ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އެކަމަށް ކަނޑައެޅިފައިވާ ފޯމާއެކު އީމެއިލް (mdp.lce2020.vl@gmail.com) މެދުވެރިކޮށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް އެމްޑީޕީން ޢާންމުކޮށްފައިވާ ޓައިމްލައިން:
ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު – 30 ޑިސެމްބަރު 2019 އިން 10 ޖެނުއަރީ 2020 އަށް
ކެންޑިޑޭޓުންގެ ލިސްޓު އާއްމުކުރުން – 13 ޖެނުއަރީ ވާ ހޯމަ ދުވަހު
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު އާއްމު ކުރުން – 15 ޖެނުއަރީ ވާ ބުދަ ދުވަހު
ވޯޓު ލުން – 31 ޖެނުއަރީ
މި ޖެނުއަރީ 31 ގައި ބާއްވާ ޕްރައިމަރީއަށް ފުވައްމުލައްސިޓީގެ ގިނަ ކެންޑިޑޭޓުންތަކެއް ވަނީ ކެމްޕޭން ކުރަން ފަށާފައެވެ. މި ޕްރަމަރީން ހޮވޭ ކެންޑިޑޭޓުން ވާދަކުރަނީ އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު ކަމަށެވެ.
ޚިޔާލުތައް