A wide advertisement which will be shown on all devices. (700 x 100)

އަންހެނުން ކޮމެޓީއަށް ޝައުގުވެރިކަން ކުޑަ

އަންހެންުންގެ ކޮމެޓީއަށް އެމްޑީޕީގެ ކެންޑިޑޭތުން 2020

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ކުރިޔަށްގެންދާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކަމިޝަނުން ވަނީ ހުޅުވާލަފައެވެ. މި ފެބްރުއަރީ މަހު 5 ވަނަ ދުވަހުން ފެށިގެން 24 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފާއި ވާ ފުރުސަތުގައި ފުވައްމުލައް ސިޓީން 6 މެމްބަރުން އިންތިޚާބު ކުރާނެއެވެ.

ސިޔާސީ ޕާޓީތަކުން ލޯކަލް ކައުންސިލް އިންތިޚާބާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ވެރިކަން ކުރާ އެމްޑީޕީން ވަނީ އެޕާޓީގެ އަންހެނުންގެ ކޮމެޓީގެ ގޮނޑިއަށް ވާދަކުރާ ކެންޑިޑެޓުންގެ ޕްރައިމަރީ އަންނަ ހޯމަ، 17 ފެބްރުއަރީގައި ބޭއްވުމަށް ނިންމާފައެވެ.

ފުވައްމުލައް ސިޓީގެ 6 ދާއިރާއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލާފައި ވަނީ 5 ކެންޑިޑޭޓުން ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ލިސްޓުން އެނގެއެވެ. އެމްޑީޕީގެ ކެންޑިޭޓަކު ވާދަނުކުރަނީ ފުވައްމުލައް ސިޓީ ހުޅަނގު އުތުރު ދާއިރާ، 1 އަށެވެ. އެއީ ވާދަވެރި ޕީޕީއެމްގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ ދާއިރާއެކެވެ.

އެމްޑީޕީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ޕްރައިމަރީ ބާއްވާނީ ކޮންމެ ދާއިރާއަކަށް ވެސް 1 ކެންޑިޑޭޓަށް ވުރެ ގިނައިން ކުރިމަތިލާނަމައެވެ. ވުމާއެކު ބެލެވޭ ގޮތުން ފުވައްމުލައް ސިޓީގައި މިފަހަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ޕްރައިމަރީ އެއް ނުބާއްވާނެއެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓުން ވެސް ދާއިރާކުން 1 އަށް ވުރެ ގިނަވާނެ ކަމަށް ނުބެލެވޭތީއެވެ.

ނިސްބަތުން ބަލާއިރު ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޑިޑެޓުންގެ ޝައުގުވެރިކަން ހުރިވާރާ ގާތަކަށް ވެސް އަންހެނުންގެ ކޮމެޓީއަށް ޝައުގުވެރިކަން ނެތްކަން ފާހަގަ ވެއެވެ.

އިދިކޮޅު ޕީޕީއެމްއިން ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލާނެކަން ހާމަކުރާ ކެންޑިޑޭޓުުން ވަރަށް މަދެވެ.

ޕީޕީއެމްއިން އަންހެނުންގެ ކޮމެޓީއަށް ވާދަކުރާ ދެ ކެންޑިޑޭޓުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !