A wide advertisement which will be shown on all devices. (700 x 100)

ސައިކަލެއް ގާޑިޔާއަކާއި މުޑިއަރައި ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ.

ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމް - ގާޑިޔާ ސަރަހައްދު

މިރޭ ދިގުވާނޑު ކްރިކެޓް ދަނޑު ސަރަހައްދު ސައިކަލެއް ގާޑިޔާއަކާއި މުޑިއަރައި ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މި މުޑިއެރުން ހިނގާފައި ވަނީ ކްރިކެޓް ދަނޑު ކައިރިން ނައިބު ތުއްތު މަގުން (ރިންގް ރޯޑު) އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައްކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް އެހިސާބުން މަގު ހުރަސްކުރި ގާޑިޔާލެއްގައި ޖެހިގެންނެވެ.

މި ހާދަސާގައި އަނިޔާވި ދޮށީ އުމުރުގެ ފިރހެނަކީ ސައްިކަލު ދުއްވި މީހާކަމަށާއި އަދި ސައިކަލުގެ ފަހަތުގައި 16 އަހަރުގެ އަންހެންކުއްޖަކު ހުރި ކަމަށް މައުލޫމާތު ލިބެއެވެ. މިހާދަސާގައި ދެން ބޮޑު އަނިޔާއެއް ވި ގާޑިޔަލުގައި ހުރި ފިރިހެން މީހާއަށެވެ.

ފުލުހުން މީޑިއާއަށް މާއުލޫމާތު ދެއްވި ގޮތުގައި ސައިކަލު ދުއްވި މީހާ ކޮނޑުކަށިގަނޑުގައި ރެނދުލާފައި ވުމުގެ އިތުރު ބައެއް އެހެން އަނިޔާތައް ވެސް ވެފައި ހުއްޓެވެ. އަދި ގާޑިޔަލުގައި އިން މީހާގެ ފަޔާއި އަތާއި ބޮލަށް އެކިވަރުގެ އަނިޔާވެފައި ވެއެވެ. މިދެ މީހުންނަށް ވެސް ފުވައްމުލަކުގެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ވެއެވެ.
އަނިޔާ ލިބުނު މީހުން އިތުރ ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރިޔަށްދާކަށް މައުލޫމާތު ލިބެއެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !