A wide advertisement which will be shown on all devices. (700 x 100)

އުފާވެރިކަމާއި ތަހުޒީބާއި ތަމައްދުން ގެނެސްދޭނަން – ތޯރިގު

ލޯކަލް ކައުނސިލް އިންތިޚާބު ކެމްޕޭން ލޮންޗު ކުރުމަށް މާލޭގައި ޕީޕީއެމް އިން ބޭއްވި ޖަލްސާ 2020، ތޯރިގު ވާހަކަ ދައްކަނީ

ރައްޔިތުން ބޭނުންވާ އުފާވެރިކަމާއި ތަހުޒީބާއި ތަމައްދުން ގެނެސްދެއްވާނެ ކަމަށް ފުވައްމުލައް ސިޓީ މޭޔަރުކަމަށް ޕީޕީއެމްނުން ކުރިމަތިލައްވާ ކެންޑިޑޭޓު މުހައްމަދު ތޯރިގު އަހުމަދު (ޗެޓޫ) ހަމަކުރައްވައިފިއެވެ. ތާރިގު މިކަން ހާމަކުރެއްވީ ފާއިތުވި ހަފުތާ ބަންދުގައި މާލޭގައި ބޭއްވި ޕީޕީއެމްގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފޯރިއާއި ޖޯޝުގައި ވާހަކަ ދައްކަވުން ތޯރިގު ވިދާޅުވީ ޕީޕީއެމްގެ ޓީމު ކައުންސިލް އިންތިޚާބަށް ކުރިމަތިލައިގެން ތިބީ ވަރަށް އަޒުމުގައި ކަމަށެވެ. ފުވައްމުލަކުގެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ތަސައްވަރު، ‘ފުވައްމުލަކަކީ ދުނިޔޭގައިވާ އެންމެ އުފާވެރި ތަނަށް ކަމުގައި ހެދުން’، ހަގީގަތަކަށް ހެދުމަށް ޕީޕީއެމް އިންް ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުން ތިބީ ތައްޔާރަށް ކަމަށެވެ.

ފުވައަމުލަކަކީ ވަރަށް ނާޒުކު އެހެން ނމަަވެސް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ފުރުސަތު ބޮޑު ސިޓީއެއް ކަމުގައި ގަބޫލުކުރައްވާ ކަމަށް ތޯރިގު ހާމަކުރެއްވިއެވެ. އެއީ ފުވައްމުލަކަކީ ތައުލީމީ އެތައް ޒުވާނުންނެއް، އެތައް ހަރުމީހުނެއް އަދި ތައުލީމީ އެތައް މަސައްކަތްތެރިންގެ އުފަން ބިންކަމަށްވާތީ ކަމަށް ހާމަކުރެއްވިއެވެެ. ޕީޕީއެމް ކެންޑިޑޭޓުންގެ އަޒުމަކީ ފުވައްމުލަކުގެ އިގުތިސޯދު މިހާރަށްވުރެ ފުޅާކޮށް ފުވައްމުލަކުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުސަތު ހޯދުމަށް އައު އިންޑަސްޓްރީތަކެއް ރަށަށް ތައާރަފުކުރާނެކަމަށް ވިދާޅުވިއެވެ.

އެގޮތުން ތޯރިގު ފާހަގަ ކުރެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން ‘ފުވައްމުމުލަކަކީ ތައުލީމީ ހަބަކަށް ހެދުން’ އާއި ‘ފުވައްމުލަކަކީ އައިޓީ ހަބަކަށް ހެދުނ’ އާއި ފުވައްމުލަކަކީ ދިވެހިރާއްޖޭގެ ‘ސިލިކަން ވެލީ’ އަށް ހެދުމުގެ އަޒުމު އެބަ އޮތް ކަމަށެވެ. މިހުރިހާ ކަމަކީ ވެސް އެމްޑީޕީ ސަރުކާރުގައި މީގެ ކުރިން އިއުލާން ކުރެވި ޕްރޮޖެޓްތައް އެކުލަވާލެވިފައިވާ ކަންކަމެވެ.

ފުވައްމުލަކަކީ ތައުލީމީ ހަބަކަށް ހެދުމުގެ ނަމުގައި މިހާރުގެ ސިޓީ ކައުންސިލުން މަސައްކަތްތަކެއް ކުރިން ވެސް ވަނީ ކޮށްފައެވެ. އަދި އެކަން ރައްޔިތުނާއި ހިއްސާ ކުރެވި، އެކަމާއި ގުޅޭ ދިރާސާ ކަރުދާސްތަކެއް ވެސް ހަދައި، އެޑިއުކޭޝަނަލް ކޮންފަރެންސެއް ވެސް ބާއްވާފައި ވެއެވެ.

ވުމާއެކު ތޯރިގުގެ ވާހަކާގައި އައު އިންޑަސްޓްރީއެއްގެ ވާހަކަ ދެއްކި ކަމުގައި ވިޔަސް އައު އިންޑަސް ޓްރީއެއްގެ ގޮތުގައި ކުރާނެ ކަމެއް ފާހަގަކުރެވިފައި ނުވެއެވެ.

ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެން ކަމަށެ ހާމަކުރެއްވިއެވެ. ޕީޕީއެމް އަކީ ތަރައްގީ ކުރާ ޕާޓީއެއް ކަމަށާއި ތަރައްގީ ގެެސްދެވޭނީ ޕީޕީއެމަށް ކަމަށް ހަރު އަޑުން ބުންޏެވެ. ނަމަވެސް ތަރައްގީ ގެނެސް ދިނުމަށް ޕީޕީއެމުން ފުވައްމުލަކުގައި ކުރުމަށް ތޯރިގު ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީން ކަނޑައަޅާ އިއުލާންކޮށްފައިވާ ކަންތައްތަކެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މާލެއަށް އައިސްތިބި މީހުނާއި ރަށު ބަހުން މުޚާތަބު ކުރައްވަމުން ތޯރިގު ހާމަކޮށްފައިވަނީ ފުވައްމުލަކުގެ ސިޓީ ކައުންސިލްގެ ގޮޑި ޕީޕީއެމް ކެންޑިޑޭޓުންނަށް ދެއްވައިފި ކަމުގައިވާނަމަ ފުވައްމުލަކުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސް ދެއްވާނެކަމަށެވެ.

ގިނަ ބަޔަކު ހާޒިރު ވި ޖަލްސާއަކީ ޕީޕީއެމް ފަޚުރުވެރިވާ ބޮޑު ޖަލްސާއެކެވެ. އެޖަލަސާއަށް ރައްދު ދެމުން އިދިކޮޅު އެމްޑީޕީ ސަޕޯރޓަރުން ބުނަނީ އެއީ ލާމަރުކަޒޫ ކުރުމާއި ދެކޮލަށް ސެންތްރލައިޒް ވިސްނުމުގެ ދަށުްނ ކުރިޔަށް ދިޔަ ޖަލްސާއެއް ކަމަށެވެ. އަދި އެއްނެމ މާލެއަށް އެއްކޮށްގެްނ ޖަލްސާ ބޭއްވިޔަސް އެމްޑީޕީން ޖަލްސާ ބޭއްވީ ލާމަރުކަޒީކޯސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެއްފަހަރާ ކަަމަށެވެ. ވުމާއެކު މާލޭގެ އެމްޑީޕީ ޖަލްސާއަށް މީހުން މަދުވުމަކީ އަދި ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެމަށް ކާމިޔާބު ލިބުން ނޫންކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޟުހައްމާ

    ޗެޓޫގެވަހަކައެން އެއްކަންތެތިތެކަށް ފާހަނގަ ކެރިއަސް ޗެޓޫ ގެވިސްނުމެއި ހީށީ ޒަމާނީ ބަދަލް ގިނާހޮ ތަރައްގީ ކެރުން.