A wide advertisement which will be shown on all devices. (700 x 100)

ދެވަނަ ބުރުގެ ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ދާއިމީ ލިސްޓް ނެރެފި

ފުވައްމުލައް ސިޓީ ދަޑިމަގު ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ފްލެޓްތައް

ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ދެވަނަ ބުރުގައި ޝަރުތު ހަމަވި މީހުންގެ ދާއިމީ ލިސްޓް ފުވައްމުލައް ސިޓީ ކައުންސިލުން މިދިޔަ ހޯމަ ދުވަހު އާއްމުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ދާއިމީ ލިސްޓް ހާމަކޮށްފައި ވަނީ، ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ލިބުނު ޕޮއިންޓް މިދިޔަ ފެބުރުއަރީ މަހު ހާމަކޮށް އެމަހު 17 އަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމަށްފަހު ލިބުނު ޝަކުވާއަށްފަހުގައެވެ.

ފުލެޓް ލިބޭ މީހުން ކަނޑައެޅުމައްތަކައި ބާއްވާ ގުރުއަތުނެގުން މާދަމާ (16 އޭޕްރިލް) ވާ ބުރާސްފަތި ދުވަހު ހަވީރު 4:00 ގައި ކުރުނދުމަ މާލަމުގައި  ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ގުރުއަތުގައި އެމީހެއްގެ ބަދަލުގައި ވެސް އެހެންމީހަކު ބައިވެރި ކުރުމަސް ޝަރުތު ހަމަވާ މީހަގެ ސިޓީއަކާއި ބަދަލުގައި ބައިވެރިވާ މީހާގެ އައިޑީކާޑު ގެންދަން ޖެހެއެވެ.

މިބުރުގައި އޭކެޓަގަރީން ދޫކުރާނީ 76 ފުލެތް އަދި ބީ ކެޓަގަރީން 12 ފްލެޓެވެ.

މިއީ ފުރަތަމަ ބުރުގައި ފްލެޓަށް ޝަރުތު ހަމަވި ފަރާތްތަކަށް ފްލެޓް ދިނުމަށް ފަހު އިތުރަށް ހުރި ފްލެޓްތަކަށް އާއްމުކޮށް ހުޅުވާލުމުން ޝަރުތު ހަމަވި ފަރާތްތަކުގެ ދާއިމީ ލިސްޓެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ހުޅުވާލި ފުރުސަތުގައި އޭ ކެޓަގަރީގެ 180 ފްލެޓްގެ ތެރެއިން ބާކީ ހުރީ 76 ފްލެޓެވެ. އަދި ބީކެޓްގަރީގެ 20 ފްލެޓްގެ ތެރެއިން ފުރުތަމަ ބުރުގައި ހުޅުވާލި ފުރުސަތަށްފަހު ބާކީ ހުރީ 12 ފްލެޓެވެ.

ދެވަނަ ބުރުގައި އޭ ކެޓަގަރީ (ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަ ކުރެވުނު) ގެ ފްލެޓްތަކަށް ޝަރުތު ހަމަވެ ވަގުތީ ލިސްޓްގައި 209 ފަރާތެއް ވެއެވެ. މީގެ ތެރެއިން ފްލެޓް ލިބެނީ އެންމެ މަތިން ޕޮއިންޓް ލިބޭ 76 ފަރާތައް ކަމަށް ވެއެވެ.  ނަމަވެސް ދެވަނަ ބުރަށް 76 ފްލެޓް ހުޅުވާލެވުމުން އެނގެނީ ފުރަތަމަ ބުރުން ފްލެތް ހަވާލުކުރެވިފައި ވަނީ 104 ފަރާތަކާއެވެ. ފުރަތަމަ ބުރުގެ ޝަރުތު ހަމަވި 33 ފަރާތަކުން ފްލެޓާއި ހަވާލުވެފައެއް ނުވެއެވެ.

ބީ ކެޓަގަރީ (ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު) 20 ފްލެޓްގެ ތެރެއިން ފުރުތަމަ ބުރުން ޝަރުތުހަމަވެ ދާއިމީ ލިސްޓްގައި 15 ފަރާތެއް ހިމެނުނެވެ. ނަމަވެސް ފުރަތަމަ ބުރުގައި ފްލެޓް ހަވާލުކުރެވިފައި ވަނީ 8 ފަރާތަށެވެ. ފުރަތަމަ ބުރުގައި ޝަރުތުހަމަވި 7 ފަރާތަކުން ފްލެޓާއި ހަވާލުނުވެއެވެ.

ފްލެޓަށް އެދުނު ފަރާތަކަށް ފުރަތަމަ ބުރުގައި އެންމެ މަތިން ލިބިފައި ވަނީ 44 ޕޮއިންޓް އަދި ދަށުން ލިބިފައި ވަނީ 24 ޕޮއިންޓެވެ. ނަމަވެސް ދެވަނަ ބުރުގައި އެންމެ މަތިން 47 ޕޮއިންޓް ލިބިފައިވާއިރު އެންމެ ދަށުން ލިބިފައި ވަނީ 19 ޕޮއިންޓެވެ.

ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް ފުވައްމުލަކު ސިޓީ ކައުންސިލުގެ ނޯޓިސްބޯޑުގައި ބެހެއްޓިފައިވާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ސިޓީ ކައުންސިލްގެ އިއުލާން

ދެވަނަ ބުރުގެ ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ މީހުންގެ ދާއިމީ ލިސްޓް ކެޓަގަރީ އޭ

ދެވަނަ ބުރުގެ ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ މީހުންގެ ދާއިމީ ލިސްޓް ކެޓަގަރީ ބީ (ރަށުން ބޭރު)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !