ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އަޅައިފި

Share on facebook
Share on twitter
Share on google

މިއަދު، 17 އޭޕްރިލް 2020 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 އިްނ ފެށިގެން ރާއްޖެގެ ހުރިހާ ރަށެއްގައި ކޮރޯނާވައިރަހުން ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު އަޅުއްވައިފިއެވެ.

މިއަދު އެޅުއްވި ޚާއްސަ ފިޔަވަޅުތައް އަމާޒުކުރެވިފައިވަނީ ރާއްޖެގެ މާލެ ސަރަހައްދު ނޫން އެހެން ހުރިހާ ސަރަހައްދަކަށެވެ. މާލެ ސަރަހައްދުގައި އިއްޔެ އާއި މިއަދު ވެސް ވަނީ ގެއިން ބޭރަށް ނުމެއުޅުން އާއްމުންނަށް މަނާ ކޮށްފައެވެ. މާލެ ނޫން ސަރަހައްދުތަކަށް މިއަދު އެޅުއްވި ފިޔަވަޅުތައް ނިމޭނެ ވަކި މުއްދަތެއް ކަނޑައަޅުއްވާފައެއް ނުވެއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން 14 ދުވަހަށް މާލޭ ސަރަހައްދުތައް ވަނީ ދަތުރުފަތުރު ކުރުމާއި މަގުމައްޗަށް ނުކުތުމެ އުޅުން އެއްކޮށް ބަންދުކުރެވިފައެވެ.

އެގޮތުން މިއަދު އަޅުއްވި ފިޔަވަޅުތަކަކީ:

1. ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން.

2. މިއެންގުން (1. ގައިވާ ދަތުރުފަތުރު ކުރުން ހުއްޓަލުމުގެ ފިޔަވަޅު) ދެމިއޮތް ވަގުތުތަކުގައި ރައްޔިތުންނަށް ބޭނުވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރުރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ލޯކަލް ކައުންސިލްތަކާއި ކަމާއި ބެހޭ އިދާރާތައް ގުޅިގެެން ވިލަރެސް ކުރުން.

3. ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި، އާއްމު ތަންތަން ހިމެނޭގޮތުން އެއްވެސް ތަނެއްގައި ގިނަބަޔަކު އެއްވެ އުޅުން ހުއްޓައިލުން. ވަކިން ޚާއްސަކޮށް ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި މާހެފުމާއި، ދަތުރުދިއުމާއި، މޫދަށް އެރުމާއި ކުޅިވަރު ކުޅުމާއި އިޖުތިމާއީ އެނޫންވެސް ހަރަކާތްތައް ވެސް ބޭއްވުން ހުއްޓައިލުން.

4. ބަލިން ރައްކާތެރިވުމަށް ކަމާއި ބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް އަމަލުކުރުމާއި ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައި ވެސް ގައިދުރުކަން ބެހެއްޓުން.

5. ވޭތުވެދިޔަ ތަނުގައި މާލެއިންނާއި ރިޒޯޓުތަކުންނާއި ސަފާރީތަކުން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައކުވާ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުން.

މި ފަސްކަންތައްތަކުގެ އިތުރުން ވެސް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ކަނޑައަޅުއްވާ ޚާއްސަ ޙާލަތްތަކުގައި އޭނާ (ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު) އަންގަވާގޮތެއްގެ މަތީން އަމަލު ކުރެވިގެންދާނެ ކަމަށެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކޮށް، އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށްް އަންގާފައި ވެއެވެ.

ގާނޫނުގެ ބާރުލިބިގެން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ނެރުއްވާފައިވާ ގޮތަށް އަމަލުކުރަން ފެށުމުން ހަވީރު ބުރުޖަހަން ދިއުމާއި ތުނޑިއަށް ދިއުމާއި އެކިތަންތަނަށް ޕިކްނިކް، ދިއުން، ކުޅެން ދަނޑުތަކަށް ދިއުން އަދި ކަސްރަތަށް އާއްމު ތަންތަނާއި މަގުތަކަށް އަދި ޕާކު ފަދަ ތަންތަނަށް ގޮސް އުޅުން ގާނޫނީ ކުށަކަށް ވެގެން ދިޔައީއެވެ.

މާލޭގައި ކޮވިޑް-19 ފެތުރުމާއެކު ގިނަބަޔަކު ފުވައްމުލަކަށް ވެސް އައިސްފައިވާ ކަމަށް މައުލޫމާތު ލިބެެވެ. އަދި ގައިދުރުކަމާއި އާއްމު ތަންތަނަށް އެއްވެ ނޫޅުމަށް މީގެކުރިން ދީފައިވާ އިރުޝާދުތަކަށް ގިނަބަޔަކު ސަމާލުކަމެއް ނުދީ ޕިކްނިކު ހަދާލަން ތުނޑިއަށް ދާކަމާއި، ދުއްވާލަން ދިއުމާއި ކޮފީތަކަށް ދިއުން އޮތީ އެހެންނާވެސް އޮންނަ އާއްމު ހާލަތުގައި ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން  ފުވައްމުލަކުގެ ބައެއް މީހުން ބުނެފައިވެއެވެ.

ބައެއް މީހުން މާލެއިން ފުވައްމުލަކަށް ދަތުރުކުރީ މާލޭގައި ވެފައިވާ ބަންދުން ނެއްޓި އިހުގެ ހާލަތުގައި އުޅެންކަމަށް ވެސް މިކަލް ނޫހާއި ވާހަކަދެއްކި ފަރާތަކުން ބުންޏެވެ. ނަމަވެސް މިއީ ސިއްޙީ ކުއްލިނުކަލުގެ ޙާލަތު ގައުމުގައި އިއުލާންކުރެވި އެތައް ފިޔަވަޅުތަކެއް އަޅާފައިވާ ދުުވަސްވަރެއްކަން ގަބޫލުކޮށް، ކުރީގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހެއެވެ.

އެންމެ ވެސް ގޭގައި މަޑުކޮށްގެން ނޫނީ މިވައިސް ނުހިފެހެއްޓި ފެތުރިގެން ދާނެކަން މިވަނީ ހަމަވެފައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
މަޖުދު
މަޖުދު
2 years ago

ސަރުކާރުން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކާޑެއްދޫ އެއަރޕޯޓް ޑިޔުޓީއަށް ދިޔަ މުވައްޒަފުން އަބުރާ ރަށައް ދާން ދިޔުމުން ގދ.މަޑަވެލީ ކައުންސިލުން ހުއްދަނުދީގެން ރަށައް ނުއެރެވި ހާލު ޖެހިއްޖެ. ޕޮލިސް، އެމްއެންޑީއެފް، އެޗްޕީއޭ، އެލްޖީއޭ، އަތޮޅުކައުންސިލް އަދި އަތޮޅުގެ ފޯކަލްޕޮއިންޓާއި ގުޅާގެންވެސް ހައްލެއް ނުވި. މުއައްޒަފުން ތިބީ ނުކައިނޮބޮއި ބަޑަށް. އާދޭސްކޮއްފައި ބުނަން ކާތަކެތި ފޯރުކޮށްދީ.
ފުލުހުން ބުނީ ތިމަންނަމެންނަކަށް ނޭގެޔޭ ކާއެއްޗެހި ފޯރުކޮށްދޭނެ ގޮތެއް. ކޮންމެވެސް މީހަކު އެހީވެދީބަލަ