A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ވިޔަފާރިތައް 2 ހަފުތާއަށް ބަންދު އިތުރުކޮށްފި

ކޮވިޑް-19 އާއި ގުޅުވައިގެން ފިހާރަތައް ބަންދު ކުރުމުން ސިތާނާ ސްޓޯރު އޯޑަރުކުރުން ޑެލިވަރީކޮށް ދޭ!

ފުވައްމުލައް ސިޓީގެ ވިޔަފާރިތައް އާއްމުނަށް ބަނދުކުރާ މުއްދަތު ދެ ހަފުތާއަށްް އިތުރުކުރަން ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން އެންމެ ފުރަަތަމަ ފުވައްމުލައް ސިޓީގެ ވިޔަފާރިތައް އާއްމުންނަށް ބަންދުކޮށްފައި ވަނީ 23 އޭޕްރީލް އިން 3 މެއި 2020 ގެ ނިޔަލަށެވެ. އެ މުއްދަތު މިއަދަށް ހަމަވުމާއެކު އަލުން މިއަދު އެމުއްދަތު އިތުރުކޮށްފައި ވަނީ މި މޭއި މަހުގެ 17 އާއި ހަމަޔަށެވެ.

ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މިއީ މުޅި ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު 30 އޭޕްރީލް އިން ފެށިގެން 30 ދުވަހަށް އިތުރުކޮށްފައި ވާތީއާއި، އަދި މިބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އޮތުމާއި ގުޅިގެން މި ބަލިމަޑުކަމުން ފުވައްމުލައް ސިޓީގެ ރައްޔިތުން ސަލާމަތްކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ ފުވައްމުލަކުގެ ރިންގްރޯޑް(ނާއިބު ތުއްތު މަގު) ހަވީރާއި ރޭގަނޑުގެެ ވަގުުތަކުގައި އާއްމުނަށް ބަންދުކޮށްފައެވެ.

ފިހާރަތަކުން މިހާރު ވިޔަފާރި ކުރެވެނީ ފޯނުން އޯޑަރު ކުރުމުން ޑެލިވަރީގެ ގޮތުގައި އެކަންޏެވެ. މިހެންވުމުން، އާއްމު ކަބޯތަކެތި ވިއްކާ ފިހާރަތައް ނޫން ފިހާރަތައް އެއްކޮށް މިވަނީ ބަންދުކުރަން ޖެހިފައެވެ. އެފަދަ ފިހާރަތަކުން މުވައްޒަފުންނަށް މުސާރަ އާއި ތަނުގެކުލި ދައްކާނެ އާމްދަނީއެއް ނުލިބި ފިހާރަތައް އަޑިއަޅާއިރު، ފިހާރައާއި ގުޅިގެން އާމްދަނީ ލިބޭ އެހެން މީހުންނަށް ވެސް އާމްދަނީ ލިބޭނެ މަގު މިދަނީ ބަންދު ވަމުންނެވެ.

ފުވައްމުލައް ސިޓީގައި ވިޔަފާރި އާއި ހުރިހާ މަސައްކަތެއް ހުއްޓުވާފައިވާ ނިންމުންތަކުގެ މާބޮޑު ފައިދާއެއް، މިބަލި ފެތުރުމުގައި ނެތް ކަމަށް ބުނާ މީހުންވެސް ފުވައްމުލަކުގައި އެބަތިއްބެވެ. އެފަދަ ފަރާތްތަކުން ދެކޭ ގޮތުގައި ރަށުގައި ހިގާ ހުރިޙާ ހަރަކާތްތަކެއް ހުއްޓުވާ ހިސާބަށް އަދި ކަންތައްތަކެއް ނުދެއެވެ. އެއީ އަދި މިހާތަނަށް ފުވައްމުލައް ސިޓީން މިބައްޔަށް އެއްވެސް މީހަކު ޕޮޒިޓީވް ވެފައި ނުވާތީ ކަަމަށެއެވެ. އެމީހުން ދެކޭ ގޮތުގައި މިގޮތަށް ހުރިހާ މަސައްކަތެއް ހުއްޓުވާފައި ބޭއްވުމުގެ ނަތީޖާ މުސްތަގުބަލަށް ބަލާއިރު ރަނަގަޅެއް ނުވާނެއެވެ. އެއީ މިބަލިން ސަލާމަތްވެވޭނެ ދުވަހެއް ނޭގޭތީ ކަމަށެވެ. މިގޮތަށް ނިންމުމުން ދުވަސްކޮޅަކުން މީހުންގެ އަތްމަތި ދަތިވެ ބަނޑަށް ޖެހުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ސިޓީ ކައުންސިލުގެ މިނިންމުމަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި މާލެ ސަރަހައްދު ކޮވިޑް-19 ރެޑް އެލާޓްގައި އޮތުމުން އަޅާފައިވާ ފަދަ ފިޔަވަޅުތަކެއް އޮރެންޖް ލެވެލްގައި ވާ މިއަތޮޅުގައި އެޅުމުން އެއީ ބެސްޓް ޕްރެކްޓިސް ތޯ ސުވާލު އުފައްދައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !