A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ޖެހި ނުވަތަ އެބައްޔަށް ޝައްކުވެ މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތަކުގެ ތަމްރީނު ދީފި

ކަށުކަމާކެމީގެ ކަންކަމުގައި އަމަލުކުޜާނެ ގޮތުގެ ތަމްރީނު ސެޝަން

ފުވައްމުލައް ސިޓީ ގައި ކޮވިޑް-19 ޖެހިގެން ނުވަތަ އެބައްޔަށް ޝައްކުވެ މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިޔަށް ގެންދާދޭ ގޮތުގެ ތަމްރީނު ފުވައްމުލަކުގެ ޖަމާއަތްތެރިންނަށް ދީފިއެވެ. މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލަކު ހޮސްޕިޓަލް ގުޅިގެން ކުރިޔަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

މިތަމްރީނުގައި ޖަމާއަތްތެރިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ އާލާތްތައް (ޕީޕީއީ) ބޭނުންކުރާނެ ގޮތުގެ މައުލޫމާތުވެސް ބައިވެރިންނަށް ދީފައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެެރިވުމަށް އެންމެ މުހިންމު އަދި އެންމެ ފަސޭހަ ކަމެއްގެ ގޮތުގައި ގިނަމީހުން ހުށަހަޅާނީ މާސް އެޅުމާއި ގައިދުރުކަން ބެހެއްޓުމެވެ.

ދިރާސާ ލިޔުންތެރިއެއް ކަމަށްވާ ޑރ.ހަސަން ހަމީދު ލިޔުއްވާ ގޮތުގައި ރަށްރަށުގައި ކޮވިޑް-19 ފެތުރުން ކުޑަކުރުމަށް ކައުންސިލްތަކަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވީހާވެސް ގިނަ ރައްޔިތުން މާސްކް އެޅުވުމެވެ.

ޑރ.ހަސަން ހަމީދު ލިޔުއްވާފައިވާ ގޮތުގައި ޔޫރަޕުގައި އެންމެ ކުޑަކޮށް ކޮވިޑް-19 ފެތުރިގެން ދިޔަ ޒެކިއާ އާއި ސްލޮވޭކިއާގައި ރައްޔިތުންނަށް މާސްކުއެޅުން މަޖުބޫރުކޮށްގެން ނެރުނު ނަތީީޖާ މިސާލަކަށް ވެެެއެވެ. ދިހަ މިލިޔަން މީހުން އާބާދީއެއް އޮންނަ ޒެކިއާގައި އެންމެން މުޅިއެކު 3 ދުވަހުގެ ތެރޭގައި މާސްކު އެޅީ އަމިއްލައަށް މާސްކް ފަހައިގެންނެވެ. ސަރުކާރުން މާސްކް ދީގެނެއް ނޫނެވެ.

މާސްކު އެޅުމަކީ ދިރާސާތަކަށް ރިއާޔަތް ކޮށްބަލާނަމަ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޑރ.ހަސަން ހަމީދު ލިޔުއްވާފައިވެއެވެ.

މާސްކް އެޅުމުން ކޮވިޑް-19 ފެތުރޭ ނިސްބަތް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !