A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައ ސިޓީގެ ވިޔަފާރިތައް ހުޅުވަން ތައްޔާރުވަނީ

ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ސިތާނާ ސްޓޯރު- މިސްކިތްމަގު އަވަށުގައި

ފުވައްމުލައް ސިޓީގެ ފިހާރަތައް ވަރަށް އަވަހަށް ހުޅުވަން ހުއްދަ ދެއްވާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ހާމަކުރައްވައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުވައްމުލައް ސިޓީގެ ފިހާރަތައް އާއްމު ވިޔަފާރިއަށް ބަންދުކުރެވިފައި ވާތާ މަހަކަށްވުރެ ގިނަ ދުވަސް ވީއެވެ. އެގޮތުން ބަންދުކުރެވިފައި އޮތް އޮތުމަށް ލުޔެއް ދިނުމުގެ ގޮތުން ފިހާރަތައް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން އެކަމަށް ޚާއްސަ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް އެކުލަވާލައި ފުވައްމުލައް ސިޓީގެ ވިޔަފާރިވެރިންނާއި ހިއްސާކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މިއުސޫލުގައި އާއްމު ރައްޔިތުން ފިހާރަތަކަށް ވިޔަފާރިކުރަން ދާއިރު އަމަލުކުރާނެ 18 ކަމަކާއި ފިހާރަތަކުން އަމަލުކުރުމަށް 18 ކަމެއް ކަނޑައަޅާފައި ވެއެވެ.

އާއްމުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ކަންކަން:

ކޮވިޑް-19 ގެ ހާލަތުގައި ވިޔަފާރިކުރަން ފިހާރަތަކަށް ދާ އާއްމުން އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލު

މިއުސޫލަށް ބަލާއިރު 3.ގައި ވާ ކުރިން ލިސްޓް ފޮނުވައިގެން ވިޔަފާރި ކުރުމަކި ފުވައްމުލަކުގެ ގިނަ ބަޔަކު އެދޭ ގޮތެއް ނޫންކަމަށް މިކަލް ނޫހާއި ކުރިން ވާހަކަދެއްކި އާއްމުންގެ މީހަކު ބުނެފައިވެއެވެ. އެހެނީ ގަންނަ ތަކެތީގެ ފެންވަރާއި މެދު ކަންބޮޑުވާތީ ކަމަށް ވެއެވެ. ލިސްޓަށް ތަކެތިނަގަން ބުނުމުން އެމީހުން (ފިހާރަ ވެރިން) ބޭނުން އެއްޗެއްސެއް ލައިފައި ފޮނުވާލަނީ – ބައެއް ފަހަރު ކަމުނުދާ އަދި އެންމެ ރަނގަޅު ނޫން ތަކެތިވެސް ލިބިފައި ހުންނަ ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ކާބޯތަކެތީގައި މިކަން ބޮޑުކަމަށެވެ.

ވުމާއެކު ބެލެވެނީ ގިނަ މީހުން ބޭނުންވަނީ މުދާ އަމިއްލައަށް ބަލާފައި ގަތުމަށެވެ. ނަމަވެސް އޯޑަރުކުރުމުން ޑެލިވަރީކޮށްދޭ އުސޫލަކީ ބައެއް މީހުން ބުނި ގޮތުގައި މާފަސޭހަ ގޮތެކެވެ. ޚާއްސަކޮށް ވަޒީފަތަކަށް ދާމީހުންނާއި މަސައްކަތުގައި ބުރަކޮށް އުޅޭ މީހުންނަށް އެގޮތް ރަނގަޅުވާނެ ކަމަށް އެކަކު ބުންޏެވެ. އެގޮތުން އެސްޓީއޯ ފިހާރައިގެ ޑެލިވަރީ ގެ ސަބަބުން ގަންނަ މުދާ ގެއަށް ގެންދިއުމުގައި ވަރަށް ބޮޑުތަން ފަސޭހަކަމަށް އޭނާ ބުންޏެވެ.

މިކަން ފުވައްމުލަކު މަސް މާރުކޭޓުންް މަސްގަތުމުގައި ވެސް ދިމާވާ ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި އެހެން މީހަކު ބުނެފައިވެއެވެ. ދުރުގައި މަސްގަންނަ ކިއުގައި ތިބެގެން ގޮސް ޖެހުނީމާ އެބުނި އަގަކަށް އެވަަގުތަކު ލިބެން އޮތް މަސްކޮޅެއް ބުނިއަގެއް ދީފައި ހިފައިގެން އަންނަން ޖެހޭ ކަމަށް ބުނެ އޭނާގެ ނުތަނަވަސްކަން ހާމަކުރިއެވެ.

އޭގެއަނެއްކޮޅުން ވިޔަފާރި ކުރަންދާ މީހުން ވެސް ހުރިހާ އެއްޗެއްގައި އަތްލުމުގެ ބަދަލުގައި އޭނާ ނަގަން ބޭނުންވާ އެއްޗެއްގައި އެކަނި އަތްލުން މުހިންމެވެ.

ފިހާރަތަކުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ކަންކަން؛

ކޯވިޑް-19ގައި ފިހާރަތަކުން އަމަލުކުރަން ޖެހޭ ގޮތް

ފުވައްމުލައް ސިޓީގެ ބޮޑެތި ފިހާރަތަކަށް އެއްފަހަރާ ގިނަވެގެން ވެއްދޭގޮތަށް ކަނޑައަޅާފައި ވަނީ 4 ކަސްޓަމަރުންނެވެ. އަދި ކުދި ފިހާރަތަކަށް 2 މީހުނެވެ. ބޮޑީ އަދި ކުޑައީ ކިހާވަރެއްގެ ފިހާރައެއް ކަން އެނގޭކަށް ނެތެވެ.

ފިހާރަތަކުގައި އަތްދޮންނަ ނުވަތަ ހޭންޑް ސެނިޓެއިޒާގެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެއެވެ. އަދި ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފުން އަތަށް އަންގި ލެއްވުމާއި މާސްކް އަޅައިގެން ތިބެ ޚިދުމަތް ދިނުމަށް ވެއެވެ.

ކިއު ހަދަން ޖެހޭ ދުރުމިން ފާހަގަ ކުރުމާއި ކޮންމެ ދުވަހެއްގެ ވިޔަފާރި ނިމުމުން ފިހާރަ ދޮވެ ޑިސްއިންފެކްޓް ކުރުން ހިމެނެއެވެ.

ކޮވިޑް-19އާއި ގުޅިގެން މީގެ ކުރިން ފުވައްމުލައް ސިޓީގެ ފިހާރަތަކުން ވިޔަފާރި ކުރެވޭ ގޮތަށް ހަމަޖެހިފައި އޮތީ ހަމައެކަނި ޑެލިވަރީ ކޮށްދޭ ގޮތަށެވެ. އެގޮތުން ވިޔަފާރި ކުރި އިރު ފައިސާ ދަކަމުން ގޮސްފައިވަނީ އޮންލައިކޮށާއި ޑެލިވަރީކޮށް ދިނުމުން ފައިސާ ދައްކާގޮޮތަށެވެ. އެގޮތުން ވިޔަފާރި ކުރިިއިރު ފައިސާ އޮންލައިންކޮށް ދައްކާފައިވާ ކަމަށް ބުނެ ފޯޖްކޮށްފައިވާ ސްލިޕްތައް ވައިބާ ކުރަމުން ދިޔަކަމަށް ބުނެ އެކަމަށް ސަމާލުވުމަށް ސިޓީ ކައުންސިލުން ކުރިން އަންގާފައި ވެެއެވެ. މުދާ ޑެލިވަރީކުރުމުގެ ކުރިން އިންޓަރނެޓް ބޭންކިން އިން ފައިސާ ޖަމާކޮށްފައި ވާކަން ޔަޤީންކުރެއްވުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.

ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މަމީ ފިހާރަ- ދިގުވާނޑު އަވަށުގައި

ފުވައްމުލައް ސިޓީ އިން ކޮވިޑ-19 ގެ އެއްވެސް މީހަކު ފެނިފައި ނުވާއިރު ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކަކީ ބޭކާރު ރައްޔިތުންނަށް އުދަގޫތަކެއް ކުރިމަތި ކުރުވާ ކަންތައްތަކެއް ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުން ވެސް ސިޓީ ކައުންސިލަށް އަމާޒުވެފައި ވެއެވެ. އަދި އަޅާފައިވާ ފިޔަވަޅުތައް މާބޮޑު ތަނުން ވެސް ހަރުކަށި ކަމަށް ބުނެއެވެ. އެގޮތުން ދިރިއުޅުމަށް މީހުން ކުރާ މަސައްކަތްތައް، ވަޑާން ކުރުން، ފެހުން ގަރާޖްތަކުގެ މަސައްކަތް ކުރުން އެއްކޮށް ހުއްޓުވުން ހިމެނެެއެވެ.

އެހެން މީހަކު ފާހަގަކޮށްފައިވާ ގޮތުގައި ސިޓީ ކައުންސިލުން ކުރަންވީ ކަމަކީ ރަށަށް އަންނަ މީހުން މޮނިޓާކޮށް ބެލެހެެޓުން ކަމަށެވެ. އެއީ މިހާރުވެސް ރަށުބަންދުގައި ތިބޭތާ 30 ދުވަހަށްވުރެ ގިިިނަވެފައި ވުމާއި ކޮވިޑް-19ގެެ ކޭސްއެއް ރަށުން ފެނިފައި ނެތުމުން މިރަށުގައިި ބަލި ނެތްކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެއީ މިިބަލީގެ މުއްދަތަކީ 14 ދުވަސް ކަމަަށްވެފައި ދެ 14 ދުވަސް މިހާރު ވެސް ވެފައި ވުމުން ކަމަށެވެ. ވުމާއެކު ރަށުތެރެ އާއްމު ޙާލަތަކަށް ގެނެސް ރަށަށް އަންނަ މީހުންގެ ކަންތައްތައް ބެލެހެއްޓުން މުހިންމުކަމަށް އޭނާ ފާހަގަކުރެއެވެ.

+1
0
+1
0
+1
0
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !