A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރުމަށް ހެދި ސަންސެޓް ގާނޫނުން ‘މަރުތަޅު’ އެޅުނީބާ؟

ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ 3 ކެންޑިޑޭޓުން: ތޯރިގު-ޕީޕީއެމް،ޒިޔާދު-ޖޭޕީ، އިސްމާއީލް-އެމްޑީޕީ

މިދިޔަ އަހަރު (2020) ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކޮވިޑް-19 އާއި ގުޅިގެން ފަސްކުރަން ހެދި ސަންސެޓް ގާނޫނުގެ ސަބަބުން މިވަނީ ފާޑެއްގެ މަރުތަޅެއް އެޅުވިފައި ނޫންބާއެވެ؟ އެއީ އެގާނޫނުގައި ބުނާ ގޮތުން ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު އެއިންތިޚާބު ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެނެއް ނުވެއެވެ. އަދި ސިއްޙީ އިދާރާތަކުން ބުނެފައިވަނީ އާއްމުސިއްހަތުގެ ކުއްލި ނުރައްކާ އުވާލާ ހާލަތަށް ރާއްޖޭގެ ހާލަތު އަދި ނާންނަ ކަމަށެވެ.

ނަމަވެސް ސަންސެޓް ގާނޫނުގައި ބުނަނީ 2020 ވަނަ އަހަރު އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރެވޭނީ އެންމެ ގިނަ ވެގެން އެއް އަހަރުގެ މުއްދަތަކަށެވެ. ވުމާއެކު މިއަހުގެ މެއިމަހު 9ގެ ކުރިން އެއިންތިޚާބު ބާއްވަން ޖެހެއެވެ. އެކަމަކު އިންތިޚާބުގެ މަސައްކަތްތައް ކުރެވެން އޮތީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލެވިގެން ކަމަށްވާއިރު އެކަން ކުރުމަށް އެޗްޕީއޭއިން އަދި ދެކޮޅެވެ.

މިއަދު މަޖުލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާ

އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތަކުގެ ގައިޑްލައިންގައިވާ ގޮތުން އިންތިޚާބުގެ ވޯޓާސް ލިސްޓުން ފެށިގެން ދާއިމީ ނަތީޖާ އިއުލާންކޮށް އެޕީލް ކުރުމުގެ ފުރުސަތާއެކު ކޮންމެ މަރުހަލާއެއްގައި ވަކި މުއްދަތުތަކެއް ދޭން ޖެހެއެވެ. އަދި ކުރިޔަށް އޮތް ދެހަފުތާގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލައިފިނަމަ އިންތިޚާބާއި ބެހޭ ގާނޫނުގައި ބުނާ މުއްދަތުތައް ދީގެން އިންތިޚާބު ބާއްވާނެ ފުރުސަތު ނެތްކަމަށް އިލެކްޝަންސް ކަމިޝަނުން ވެސް ވަނީ ބުނެފައެވެ.

އެއާއެކު އަންނަ މާރިޗު މަހު އިންތިޚާބު ބޭއްވުމަށް އަމާޒުކޮށްގެން ހެދި ސަންސެޓް ގާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް މިވަނީ މަޖުލީހުގެ ޗުއްޓީގެ ތެރެއިން ފަށާފައެވެ. ނަމަވެސް އިއްޔެގެ ޖަލްސާގައި މެމްބަރުން ދެއްކެވި ވާހަކަތަކުން އެނގުނުގޮތުގައި އަދި އެހާ ފަސޭހައިން އެކަން ވާގޮތަށް އޮތްކަމަކަށް ނުބެލެވެއެވެ.

އެގޮތުން އެއްކަމަކީ އެ އިންތިޚާބާއި ގުޅިގެން މިހާރުވެސް ދެ މައްސަލައެއް ހައިކޯޓަށް ހުށަހެޅިފައި ވުމާއި މެޖޯރިޓީ އޮތް އެމްޑީޕީ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް ކޯލިޝަނުގެ މެމްބަރުންގެ މެދުގައިވެސް މިހާރު ހުށަހެޅިފައިވާ ބައެއް އިސްލާހުތަކާއި މެދު ޚިޔާލު ތަފާތުވުންތަކެއް ހުރުމުންނެވެ.

2020 ވަނަ އަހަރު ބާއްވަން ތައްޔާރުވި އިންތިޚާބުގެ ދާއިރާތައް

އެގޮތުން ހައިކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލަ އަކީވެސް އޭގެ ޒާތުގައި ބޮޑު ދެމައްސަލައެކެވެ. އެއީ އިންތިޚާބު އަލުން ބާއްވާ ތާރީޚާއި ހަމަޔަށް އަލަށް 18 އަހަރު ފުރޭ މީހުންނަށް ވޯޓް ނުލެވޭގޮތަށް އޮތް އިސްލާހު އާއި ކުރިން ކެންޑިޑޭޓުންގެ ގޮތުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ނަން އަނބުރާ ނަގާފައިވާއިރު އެއިގެ ބަދަލުގައި އަލުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭ މައްސަލައެވެ.

މީގެ އިތުރުން އެމްޑީޕީގެ، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު މިއަދުގެ ޖަލްސާގައި ފާހަގަ ކުރެއްވި އިންތިޚާބުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިތުރު 2-3 މަހަށް އިންތިޚާބު ލަސްކުރުމުގެ ވިސްނުމެވެ. މިހާރުވެސް ވަނީ އިންތިޚާބު ބާއްވަން ބޭނުންވާ ބަޖެޓަށް 20 މިލިޔަނެއްހާ ރުފިޔާ މަދުކޮށް ކަމަށްވެފައި މިދުވަސްވަރު ދައުލަތުގެ ބަޖެޓުން އިތުރު ފައިސާ ހޯދުން ދަތިވެފައިވުމާއި، ސަލީމުގެ ހުށަހެޅުމުން ފަސޭހަގޮތަކަށް އެކަން ހަމަޖެހިގެން ދާނެ ކަމަށް ބެލެވޭތީއެވެ. މެމްބަރު ސަލީމު ފާހަގަ ކުރެއްވި ގޮތުގައި އަންނަ މޭމެހަށް އިންތިޚާބު ފަސްކުރެވިއްޖެ ނަމަ ކޮވިޑް-19ގެ ވެކްސިން ޖެހި އެންމެނަށް ހަމަޖެހިލައިގެން ހުރަސްތަކަކާިއ ނުލައި އިންތިޚާބުގެ ކެމްޕޭނާއި އެހެނިހެން ކަންކަމުގައި ހަރަކާތެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. މިހާރު ހާލަތު އޮތްގޮތުން އިންތިޚާބުގެ ކެމްޕޭން ފުރުސަތު ނުލިބޭކަމަށް އިދިކޮޅުން އަންނަނީ ތަކުރާރުކޮ ބުނަމުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2020 ޕީޕީއެމް ކެންޑިޑޭޓުން

މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ދެއްކި ވާހަކަތަކަށް ބަލާއިރު އިންތިޚާބު އަވަސްކުރުމުގެ ގޮތުން ސަންސެޓްގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އިންތިޚާބުގެ އެކިކަންކަމަށް ގާނޫނުން ކަނޑައަޅާފައިވާ މުއްދަތުތައް ކުރުކުރުމާއި ދެކޮޅަށް ވާހަކަ ދެއްކެވިއެވެ. އެއާއިއެކު އިންތިޚާބު އެގޮތުން އަވަސްކުރުމަށް އިދިކޮޅު މެމްބަރުނާއި އެމްޑީޕީ ބައެއް މެމްބަރުންވެސް ތާއިދު ނޫންކަން ހާމަވިއެވެ. ވުމާއެކު އެއީ އިންތިާޚބު އަވަސްކުރުމަށް ހުރި ހުރަހެކެވެ. އެއިގެ ސަބަބުން އިންތިޚާބުގެ ސައްހަކަމާއެކު ސުވާލު އުފެދޭގޮތަށް އިންތިޚާބު ބާއްވާން އެއްވެސް ބަޔަކު ނޭދެނެތީއެވެ.

ދެން އޮތީ މިހާރުވެސް މިއޮތް ކޯވިޑް-19ގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު މާލޭގެ އިތުރުން ބައެއް ރަށްރަށުގައި މިހާރުވިމިނީ ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެއްޑެއް އޮތްކަމަށް އެޗްޕީއޭއިން އިއުލާންކޮށްފައި ވެއެވެ. އަދި މާލޭގެ ސަރަހައްދުގެ ސްކޫލްތައް ހުޅުވިގެން ދިއުމާއެކު ބަލީގެ ޙާލަތު ގޯސްވަމުންދާކަން ހާމަވެއެވެ.

ލޯކަލް ކައުންސލް އިންތިޚާބު 2020 އެމްޑީޕީ ކެންޑިޑޭޓުން

މިކަންކަމަށް ބަލާއިރު ފާއިތުވި އަހަރު މަޖުލީހުން ފާސްކުރި ސަންސެޓް ގާނޫނުން މިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަމުގައި ފާޑެއްގެ މަރުތަޅެއް އެޅިފައި ކަމުގައި ބެލުމުގެ ޖާގަ އެބަ އޮތެވެ.

ސަންސެޓް ގާނޫނަކީ ވަކި ކަމަކަށް އަމާޒުކޮށް ހަމައެކަނި އެކަން ނިމެންދެން އަމަލުކުރަން ރައްޔިތުންގެ މަޖުލީހުން ފާސްކުރާ ވަގުތީ ގާނޫނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !