A wide advertisement which will be shown on all devices. (700 x 100)

މޭޔަރު ވޯޓު ދޭގޮތަށް އޮތީ އެއްވަރުވުމުން ގޮތްނިންމާ ވޯޓް – ވޯޓު ނުދޭ ގޮތަކަށް ގަވާއިދު ފާސްކޮށްފައެއް ނުވޭ

ރައްޔިތުންނަށް ބަލއިނުގަނެވުނު 6 މ

ފުވައްމުލައް ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ހިންގާ ގަވާއިދަށް ބަދަލުގެނެސް އެ ކައުންސިލުގެ މޭޔަރަށް ވޯޓުގައި ބައިވެރިނުވެވޭ ގޮތަށް ހިންގާ ގަވާއިދު ބަދަލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ފުވައްމުލައް ސިޓީ ކައުންސިލުން ދޮގުކުރެއެވެ. އަދި އެކައުންސިލްގެ ނިންމުމުން ވެސް އެކަން އެނގެއެވެ.

މި ދައުރުގެ ހިންގާ ގާވާއިދު މިހާރު ފާސްކޮށް ނިމިފައިވާ ކަމަށް މޭޔަރު އިސްމާއިލު ރަފީގު ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ވިދާޅުވެފައި ވެއެވެ. އަދި މިއަދު އާއްމު ކުރެވުނު އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 2 ވަނަ އާއްމު ޖަލްސާގައި ނިމުނު ކަންތައްތަކަށް ބަލާއިރު އެޖަލްސާގައި ފާސްކޮށް ފައިވަނީ ކައުންސިލްގެ 4 ވަނަ ދައުރުގެ ހިންގާ ގަވާއިދެވެ.

މި ގަވާއިދަށް 2 އިސްލާހެއް ހުށަހެޅިފައި ވެއެވެ. ފުރަތަމަ އިސްލާހަކީ ހިންގާ ގަވާއިދުގެ 43 ވަނަ މާއްދާ، ރިޔާސަތުން ވޯޓުގައި ބައިވެރިވުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައެވެ. ދެވަނަ އިސްލާހަކީ 54 ވަނަ މާއްދާގެ ރ.، ކައުންސިލް މެމްބަރުންގެ ހާޒިރީ ރެކޯޑު ބެލެހެއްޓުމާއި ގުޅޭ ގޮތުންނެވެ.

ކުރީގެ 3 މެމްބަރުންގެ ސިޓީ ކައުންސިލްގެ ހިންގާ ގަވާއިދުގައި އޮތީ “ރިޔާސަތުން ވޯޓުގައި ބައިވެރިވާން ވާނެއެވެ.” މިހެންނެވެ. އައު ހިންގާ ގަވާއިދަށް ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ ހުށަހެޅުއްވި ގޮތަކީ ކައުންސިލުން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނީ ވޯޓް އެއްވަރުވާ ހާލަތުގައި ކަމަށެވެ.

މި ހުށަހެޅުން ކައުންސިލް 6 މެމްބަރުންގެ ވޯޓާއެކު ވަނީ ފާސްވެފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ނިންމުން، 6 މެމްބަރުންގެ ވޯޓާއެކު ފާސްވި.

ނަމަވެސް ފުވައްމުލައް ސިޓީގެ ބައެއް ރައްޔިތުން ގަބޫލުކުރަނީ އެއީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަމަށެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މޭޔަރަށް ވޯޓުގެ ފުރަތަމަ ބުރުގައި ބައިވެރިވެވެން ޖެހޭނެއެވެ. އަދި އެނިންމުމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން އަންނަނީ މޭޔަރަކީ މުޅިރަށުން ހޮވާފައި ހުރި މީހެއްކަމުން މޭޔަރުގެ ބަސް އަދި ވޯޓު ކޮންމެ ނިންމުމެއްގައި ވެސް އޮންނަން ޖެހޭނެ ކަމަށެވެ.

މިގޮތަށް ވާކާލާތުކުރި މީހުން ގާނޫނީ ހުއްޖަތެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ހާމަކުރަމުން އައީ “ސަންސެޓް’ ގާނޫނުގެ ދަށުން ކުރީގެ ކައުންސިލްގެ ރަސްމީ މުއްދަތު ހަމަވެ، ވޯޓުލުން ލަސްކުރުމާއި ގުޅިގެން އެކައުންސިލްގެ މުއްދަތު ދިގުކޮށް އެމުއްދަތުގައި “އިންޓަރިމް” ކައުންސިލުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެކެވެ. ނަމަވެސް އެއުސޫލު ވަނީ މިހާރު ބާތިލުވެފައެވެ.

ދެން އޮތީ ކައުންސިލް މެމްބަރުން އެނިންމީ ގާނޫނާއި ޚިލާފު ނިންމުމެކޭ ބުނެވޭނެ ތޯއެވެ؟ އެފަދަ އެއްވެސް އުސޫލެއް އަދި އެކުލަވާލާފައެއް ނެތެވެ. ވުމާއެކު އެއީ ގާނޫނާއި އުސޫލުތަކާއި ޚިލާފު ނިންމުމެކޭ ބުނެވޭކަށް ޖާގައެއް ނެތެވެ. އަދި އެއީ ޑިމޮކްރެޓިކް އެހެން ބައެއް ގައުމުތަކުގައި ވެސް ކަންކުރާ އުސޫލެކެވެ. އަދި ރާއްޖޭގެ ގިނަބަޔަކު ގަބޫލުކުރާ ކަސްޓަމަރީ ލޯ އެކޭ ވެސް ބުނެވިދާނެއެވެ.

ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުރާ ގޮތުގައި ހުށެހެޅޭ ކަމެއްގައި އެޖަލްސާއަށް ޖަލްސާގެ ރިޔާސަތުން ވޯޓު ދޭނީ ވޯޓު އެއްވަރުވުމުން ޑިސައިޑިން ވޯޓެކެވެ. އެހެން ޙާލަތްތަކުގައި ރައީސް ނުވަތަ ރިޔާސަތުން ވޯޓެއް ނުލާނެއެވެ.

ނަމަވެސް މިފަހަރުގެ މޭޔަރު ހޮވާފައިވަނީ މުޅި ރަށުގެ ރައްޔިތުންގެ ވޯޓުން ކަމަށްވާއިރު ސޯޝަލް މީޑިއާގައި ގިނަބަޔަކު ބޭނުންވާކަމަށް ޚިޔާލު ފާޅުކޮށްފައިވަނީ މޭޔަރަށް ކޮންމެ ކަމެއްގައިވެސް ވޯޓު ލެވޭ ގޮތަށް އޮތުމަށެވެ. އެގޮތުން އެމީހުން މިސާލު ދައްކަނީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު ހޮވުމުގެ ވޯޓުގައި މޭޔަރަށް ވޯޓުލެވުނު ކަމެވެ. އެކަމަކު އެޖަލްސާގެ ހާލަތާއި ކައުންސިލްގެ އެހެން ޖަލްސާތަކުގެ ހާލަތު ތަފާތެވެ. އަދި މޭޔަރަށް ލިބިފައިވާ ބާރުތައް ވެސް އިތުރެވެ.

ވޯޓު އެއްވަރު ނުވަތަ ޓައިވުމުން އެއީ ފަސްނުވާ ކަމެއްގެ ގޮތުގައި ވެސް ނިންމާ

ދުނިޔޭގެ އެކި ގައުމުތަކުގައި މިކަން އޮންނަނީ އެކިގޮތްތަށެވެ. ބައެއް ގައުމުތަކުގައި އެއްވަރުވުމުން މޭޔަރު ޑިސައިޑިން ވޯޓު އެކަނި ދޭއިރު ބައެއް ގައުމުތަކުގައި މޭޔަރު ފުރަތަމަ ބުރުގައި ވޯޓު ލާފައި އެއްވަރުވެއްޖެނަމަ ދެވަނަ ވޯޓެއްގެ ގޮތުގައި ޑިސައިޑިން ވޯޓު ވެސް ލައެވެ. އަދި ބައެއް ގައުމުތަކުގައި މޭޔަރު ވޯޓުލަނީ އެހެން މެމްބަރުންނެކޭ އެއްގޮތަށް ފުރަތަމަ ބުރުގައި އެކަންޏެވެ. އެގޮތުން އެއްވަރުވެއްޖެނަމަ އެކަމެއް ފާހެއް ނުވާނެއެވެ.

ވުމާއެކު ރާއްޖެގެ އެލްޖީއޭއިން އެކަމަށް ވަކި އުސޫލެއް ހަދަައި އަމަލުކުރަން ފަށަންދެން މިހާރުގެ ކައުންސިލްގެ އެނިންމުމަކީ ގާނޫނީ ބާރުލިބޭ ސައްހަ ނިންމުމެކެވެ. އެ ނިންމުމުގައި ގާނޫނީ ބުރަދަން އެބަހުއްޓެވެ. ސުލޫކީ ގޮތުންވެސް އެކަމުގައި މައްސަލައެއް އޮތްކަމަށް ނުބެލެވެއެވެ. އެއީ ރާއްޖެގައި އަމަލުކުރަމުން އަންނަ އުސޫލަކަށް ވާތީއެވެ.

ނަމަވެސް މިކަލްނޫހާއި ވާހަކަ ދެއްކި ކައުންސިލް މެމްބަރަކު ވިދަޅުވީ ރައްޔިތުންގެ ކަންބޮޑުވުން އެ ދެ ނިންމުމާއި ގުޅިގެން ހުރުމުން، ރައްޔިތުންގެ ބަސް އަޑުއައި އެކަންތައް ރައްޔިތުން އެދޭ ގޮތަށް ބަދަލުކުރާނެ ކަމަށެވެ.

އެމެރިކާގެ މޭޔަ އަދި ކައުންސިލާސް ހޭންޑްބުކު އިން ނަގާފައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !