A wide advertisement which will be shown on all devices. (700 x 100)

މިއަދު، 8 ސެޕްޓެމްބަރަކީ ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަސް

ދިވެހިރާއްޖޭގެ އަސާސީ ތައުލީމުގެ މަޝްރޫޢޫ 1980

މިއަދު، 8 ސެޕްޓެމްބަރަކީ ބައިނަލް އަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. މިދުވަސް ފާހަގަ ކުރަން 1966 ގައި ޔުސްކޯއިން ކަނޑައެޅީ އިންސާނީ ހުުރުމަތާއި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް، ލިޔަންކިޔަން ދަތުމަކީ އެންމެ މުހިންމު އެއްކަން ކަމުގައި ގަބޫލުކުރެވިގެންނެވެ.

މިއަހަރުގެ ބައިނަލް އަގުވާމީ ލިޓަރަސީ ދުވަހުގެ ޝިއާރުގެ ދިވެހި ތަރުޖަމާ އަކީ “ލިޔަންކިޔަން ދަސްކޮށްގެން އިންސާނީ ހާލަތު ބަދަލުކުރުމާއެކު ސުމޭކު ތަފާތުތައް ކުޑަކުރުން” – “Literacy for a human-centered recovery: Narrowing the digital divide” އެވެ.

ދިވެހިރާއްޖޭގެ ލިޔަންކިޔަން ދަތުމުގެ ނިސްބަތް

މިހާރު (2021 ގައި) ދިވެހިރާއްޖޭގައި ލިޔަންކިޔަން އެނގޭ ބޮޑެތި މީހުންގެ (12 އަހަރުން މަތީ) ނިސްބަތަކީ %97.7 ކަމަށް ވެއެވެ. އެއީ ފިރިހެނުންގެ %99.78 އާއި ބޮޑެެތި އަންހެނުންގެ %98.84 އެވެ. އެއީ ފިރިހެނުންގ ތެރެއިން ލިޔަންކިޔަން ނޭނގެނީ 567 މީހުންނަށެވެ.

ވޯލްޑް ބޭންކުން 2016 އާއި ހަމަޔަށް ނެރެފައިވާ އަދަދުތަކުގައި ވަނީ ދިވެހިރާއްޖޭގެ ލިޓަރަސީ ނުވަތަ ލިޔަންކިޔަން އެނގޭ ނިސްބަތަކީ %97.73 ކަމަށެވެ. ވޯލްޑް ޕޮޕިއުލޭޝަން ރިވިއުގައި ވާގޮތުން (2021) ދިވެހިރާއްޖޭގެ ލިޔަންކިޔަން ދަންނަ އާބާދީއަކީ ވެސް %97.7 އެވެ.

ދުނިޔޭގައި ލިޔަންކިޔަން ދަތުމުގެ ނިސްބަތް ހުރީ (15 އަހަރުން މަތީގެ) %80.3 އެވެ. އެއީ ފިރިހެނުންގެ %90.0 އާއި އަންހެނުންގެ %82.7 އެވެ. މުޅި ދުނިޔެއާއި ރާއްޖޭގެ ހިސާބުތަކަށް ބަލާއިރު އަދިވެސް އަންހެނުން ލިޔަންކިޔަން އެނގޭ ނިސްބަތް އުޅެނީ ދަށުގައެވެ.

ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް %100 ގައި ހުރިކަމަށް ހިމަނާފައި ވަނީ 4 ގައުމެއްގައެވެ. އެއީ އެންޑޮރާ، ގްރީންލޭންޑް، ނޯތުކޮރެއާ އާއި އުޒުބެކިސްތާން އެވެ. އަދި ލިޔަންކިޔަން ދަންނަ ނިސްބަތް އެންމެ ދަށީ އެފްރިކާގެ ގިނީ-ބިސާއޮ %30 އާއި ދެކުނު ސޫދާން،%35 އާއި، މާލީ %36 އާއި ސެންޓްްރަލް އެފްރިކަން ރިޕަބްލިކް އާއި %37 އާއި ބްރުކިނާ ފާސޯ %31 އާއި ބެނިން %42 އާއި އޭޝިއާގެ އަފުޣާނިސްތާން %43 އެވެ.

ދިވެހި ރާއްޖޭގަައި އާންމުކޮށް އެންމެންނަށް އުނގެނުމުގެ މިނިވަންކަން ލިބުނީ އަދި ކީރިތި ޤްރުއާން ކިޔެވުމާއި، ޢަރަބި އަކުރާއި، ތާނަ އަކުރު ލިޔާން ކިޔާން ދަސްކުރުން، ކޮންމެ ދިވެހިރައްޔިތަކުގެ މައްޗަށް، ލާޒިމުވީ 1932ގައި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީއިންނެވެ. އެއާއި އެކު ލިޔަންކަިޔަން ދަސްކުރަން ފެށުނު ނަމަވެސް މާކަބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެއިގެ ފަހުން 1954ގައި އިލްޒާމީ ތައުލީމުގެ ޤާނޫނެއް ފާސްކުރެވި، ކޮންމެހެން ދަަސްކުރަން ޖެހޭ ކަންކަން (ލާޒިމު ކަންކަން) އުނގަންނައި ދިނުމަށް ރާއްޖޭގެ ކޮންމެ ރަށަކަށް ދައުލަތުގެ ފަރާތުން މުދައްރިސަކު އައްޔަން ކުރައްވާފައި ވެއެވެ.

ރާއްޖެގެ ފުރަތަމަ ގާނޫނު އަސާސީ އިން ތައުލީމު އުނގެނުމުގެ މިނިވަންކަން 1932

ނަމަވެސް ރާއްޖޭގެ ލިޔަންކިޔަން ދަތުމުގެ ދާއިރާގައި މުޅިރާއްޖޭގައި ހިންގުނު އެންމެބޮޑު މަޝްރޫއަކީ 1980ގައި ފެށުނު އަސާސީ ތައުލީމުގެ މަޝްރޫއު ކަމަށް ދެބަސްވާ މީހަކު ނެތެވެ. 1980ގައި މި މަޝްރޫއު ފެށުނުއިރު، ރާއްޖޭގެ އާބާދީގެ ބޮޑެތި މީހުންގެ %30 (އިންސައްތަ) އަށް ވުރެ ގިނަ މީހުންނަށް ލިޔަންކިޔަން ނޭނގޭ ކަމަށް ތާރީޚު ލިޔުންތެރިޔާ މުހައްމަދު ޝާތިރު ލިޔުއްވާފައި ވެއެވެ. އަދި އަސާސީ ތައުލީމުގެ މަޝްރޫއަށް 10 އަހަރުވީއިރު (1990އާ ހަމަޔަށް) ރާއްޖޭގެ އާބާދީގެ %98 (އިންސައްތަ) އަށްވުރެ ގިނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދެވުނު ކަމަށް ބުނެވެއެވެ. އެއާއެކު އެއީ ވަރަށް ކާމިޔާބު ގައުމީ މަޝްރޫއެއްގެ ގޮތުގައި ތާރީޚު ކުރެވިގެން ދިޔައެވެ. ނަމަވެސް މިމަޝްރޫއުގެ ތެރޭގައިވެސް ވަނަ ހޮވަން އިމްތިހާނުތަކުގައި މަކަރުހަދައި އެރަށެއްގެ ލިޔަންކިޔަން އެނގޭ އިންސައްތަ މަތިކޮށް ދެއްކުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވުނު ކަމަށް ބުނެ ފާޑުކިޔުންތައް ފަހުން އަމާޒުވިއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !