ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތް ކުރުމަށް އެންމެ އާއްމުކޮށް ބޭނުންކުރާ ‘ސްވިފްޓް’ގެ ބަދަލުގައި ޗައިނާއިން ‘ސިޕްސް’ގެ ނަމުގައި ބައިނަލް އަގުވާމީ އާސިސްޓަމެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިހާރު ބޭނުންކުރާ ސްވިފްޓް ސިސްޓމަކީ އެމެރިކާގެ ނިޔޯކް ސެންޓްރަލް ބޭންކުން ކޮންޓްރޯލްކޮށް ބަލަހައްޓާ ފައިސާ ބަދަލުކުރުމުގެ ނިޒާމެކެވެ. ވުމާއެކު މިނިޒާމު ގުޅިފައިވަނީ އެމެރިކާ ޑޮލާރާއެވެ. އެއާއެކު މިސްިސްޓަމުގެ ސަބަބުން އެމެރިކާއިން ބޭނުން އިރަކު އެހެން ގައުމުތަކާއި މެދު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ފަސޭހަވެއެެވެ. އަދި އެހެން ގައުމުތަގައިކުގެ ‘ފޮރިން ކަރަންސީ ރިޒާވް’ ހިފެހެއްޓުމުގެ ބާރު އެމެރިކާއަށް ލިބިގެންދެއެވެ.
އެގޮތުން ރަޝިއާއިން ޔުކުރޭނަށް އެރި މައްސަލާގައި ވެސް އަދި އިރާނުގެ ނިއުކުލިއާ މައްސަލާގައި އާއި އެނޫންވެސް ތަފާތު މައްސަލަތަކުގައި އެކިގައުމުތަކުގެ ފައިސާއާއި އެކިއެކި މަހުޖަނުންގެ ފައިސާތައް އެމެރިކާއިން ހިފައްޓަމުން އާދެއެވެ.
ޗައިނާއިން ދެކޭ ގޮތުގައި ސްވިފްޓް ސިސްޓަމެއްގެ ބަދަލުގައި އެމީހުންގެ އަމިއްލަ ސިސްޓަމެއް ގާއިމުކުރުމުން އެމެރިކާއަށް އެމީހުންގެ ފައިސާ ހިފަހައްޓައި ވިޔަފާރީގެ މުއާމަލާތްކުރުން ހުއްޓުވުމުން ސަލާމަތް ވެވިދާނެއެވެ. އެގޮތުން މިވަގުތު ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ފަދަ ފިޔަވަޅުތައް މުސްތަގުބަލުގައި ޗައިނާއާއި ދެކޮޅަށް ވެސް އެމެރިކާއިން އަޅާފާނެއެވެ. އެފަދަ ހާލަތެއްގައި އެގައުމުގެ ވިޔަފާރި ހިމާޔަތް ކުރުމަށް މިފަދަ ސިސްޓަމެއްގެ މުހިންމުކަން ބޮޑުކަމަށް ޗައިނާއިން ދެކެއެވެ.
މިހާރު ދުނިޔޭގައި އޮތް އެންމެބޮޑު ބޭރުފައިސާގެ ރިޒާވެއް އޮތީ ޗައިނާގައެވެ.
ޗައިނާއިން އުފައްދަން މަސައްކަތް ފަށާފައިވާ ސިޕްސް ސިސްޓަމުގެ މާކަ ބޮޑު މައުލޫމާތެއް އަދި ހާމަކޮށްފއެއް ނުވެއެވެ.
ޔުކުރޭންުގެ ހަނގުރާމައާއި ގުޅިގެން ރަޝިއާ އާއިމެދު އަޅާފައިވާ ދަރިކުރުމުގެ ފިޔަވަޅުތަކުގެ ގެއްލުން ކުޑަކުރުމަށް އެގައުމުން އަންނަނީ ސީދާ ރަޝިއާގެ ފައިސާ ނުވަތަ ރަނުން އަގުދެއްކުމަށް އެގައުމާއެކު ހަކަތައިގެ ވިޔަފާރިކުރާ ޔޫރަޕްގެ ގައުމުތަކަށް އަންގާފައެވެ.
އިންޑިއާއިން އަންނަނީ ރަޝިއާގެ ތެޔޮގަތުމަށް އިންޑިއަން ރުޕީސްއަށް ސީދާ ރަޝިއާގެ ރުބެލްއިން އަގުކުރާ ގޮތަށް ވާހަކަ ދައްކަމުންނެވެ. އޭރުން އެމެރިކާ ޑޮލަރު އަގުކުރަން ޖެހޭ ސްވިފްޓް ސިސްޓަމާއި ނުލައި އެދެގައުމަށް ވިޔަފާރި ކުރެވޭނެއެވެ. އެކަމަށް އެމެރިކާއިން ނުހަނު ކަންބޮޑުވެ އިންޑިއާއަށް އިންޒާރު ދެމުން ވެސް އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ދެދޭ ގައުމުތަކުގެ މެދުގައިފައިސާ އަގުކުރުމުގެ ބަދަލުގައި ޗައިނާއިން އުފައްދާ ސިސްޓަމުގައި ބައިވެރިވާ ހުރިހާ ގައުއުމުތަކަކަށް ވެސް އެސިސްޓަމުގެ ތެރެއިން ޑޮލަރާއިނުލައި ވިޔަފާރީގެ މުއާމަލާ ކުރެވިގެންދާނެއެވެ. ޗައިނާގެ ސިސްޓަމްގައި އަގުކުރެވިގެންދާނީ ޗައިނާގެ ފައިސާ ރެންމިިންބީ (ޔުއާން) އިން ކަމެއް ނުވަތަ ސީދާ ރަނުން ކަމެއް އަދި ހާމައެއް ނުކުރެއެވެ.
ޔުކުރޭން ހަނގުރާމައާއެކު ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
ޚިޔާލުތައް
ވަރަށްގަޅުކަމެއް.އަވަސްކުރަންވީ އެމެރިކާއެކަރިކޮއްލަންވީ ރަގަޅުކަމެއްތީ.