A wide advertisement which will be shown on all devices. (700 x 100)

ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުން

އައްތަބްރޭޒީގެ މަގާމުކޮޅު ޒިނަތްތެރިކުރެވިފައި. -ބ.ކެންދޫ

ދިވެހިރާއްޖެ އިސްލާމްވި ސީދާ ވަކި ދުވަހެއް ތާރީޚީ ގޮތުން ސާބިތު ކުރެވިފައެއް ނެތެވެ. ނަމަވެސް އެނގޭ ކަމަކީ ރާއްޖޭހެ އޭރުގެ ރަސްކަން ނުވަތަ ވެރިަކމުގެ ފަރާތުް އިސްލާމްދީން ގަބޫލުކޮށް ފައިވަނީ ހިޖުރީގޮތުން 548 ވަނަ އަހަރު ރަބީއުލްއާޚިރާ މަހުގައި ކަމެވެ.

ހަމަ އެގޮތަށް ރާއްޖެ އިސްލާމް ދީނަށް އަނބުރާލެއްވީ ކޮންބޭކަލެއްކަން ވެސް އެހާ ސާފެއް ނޫނެވެ. ނަމަވެސް، ދެނަމެއް އެގޮތުން ކިޔައި އުޅެއެވެ. އެއީ އައް ތަބްރޭޒީ އާއި އަބޫ ބަރަކާތު ޔޫސުފުލް ބަރަބަރީ އެވެ. ދިވެހި ތާރީޚު ދިރާސާކުރާ ގިނަ ފަރާތްތަކުން ބުރަވަނީ ރާއްޖެ އިސްލާމް ދީންގެ ނެސްދެއްވީ އައްތަބްރޭޒީގެ ފާނެވެ.

ދިވެހިރާއްޖެއަށް އިސްލާމް ދީން ތައާރަފުވެގެން ގޮސްފައިވަނީ އަރަބި ދަތުރުވެރިންގެ ފަރާތުންކަން ތާރީޚިގޮތުން އެނގެން އޮވެއެވެ. އެގޮތުން އެންމެ ފުރަތަމަ ތައާރަފުވި ކަމަށް ބެލެވެނީ ބ.އަތޮޅު (މާޅޮސްމަޑުލު ދެކުނު ބުރި) ކެންދޫ އިންނެވެ. އެއީ އެންމެ ފުރަތަމަ ތަބްރީޒީގެ ފާނު އުޅުއްވި ރަށްކަމަށް ވެއެވެ. ތަބްރީޒީގެ ފާނަށް ޚާއްސަ މަގާމުފުޅެއް އެރަށުގައި އެންމެ ކުރީއްސުރެ ވެސް ހުރެއެވެ. އެމަގާމު ފުޅު މިހާރު ވަނީ މަރާމާތުކޮށް ދައުލަތުގެ ފަރާތުން ބަލަހައްޓަން ފަށާފައެވެ.

ރާއްޖެ ނުވަތަ ވެރިކަންކުރާ މާލެ އިސްލާމްވުމަށް މެދުވެރިވީ މާލޭގެ އިރުމަތީ ފަރާތަށް،، މިހާރުގެ ރާޅުގަނޑު ސަރައްދު ނުވަތަ ސިނަމާލެ ބްރިޖް މާލޭ ކޮޅުން ފެށޭ ސަރަހައްދަށް، ކޮންމެ މަހެއްގެ ވަކި ދުވަހެއްގެ ރޭގަނޑު އަރާ ފުރޭތައެއް (ރަންނަމާރި ވާހަކަ) ބަލިކުރައްވައި  އެއިގެ ކިބަިއން މާލެ މިނިވަން ކޮށްދެއްވުމުން އެކަން ކޮށްދެއްވި އަރަބި ޙާފިޒެއްގެ އެދުމަށް އޭރުގެ ހުންނެވި ބުޑިސްޓް ދީނުގެ ރަސްގެފާނު އިސްލާމް ދީން ގަބޫލުކުރެއެވުން ކަމަށް ތާރީޚީ ލިޔުންތަކުގައި ވެއެވެ. އެބޭކަލަކީ އައް ތަބުރޭޒީ ނުވަތަ އަބޫބަރަކާތު ޔުސުފުލް ބަރަބަރީ ކަމަށް ވެއެވެ. ނަމަވެސް އެބޭކަލެއްގެ ނަމާއި މެދު ދެގޮތަކަށް ތާރީޚީ ލިޔުންތަކުގައި ވާތީ އެއީ އެއްބޭފުޅޭއްތޯ ނުވަތަ ދެބޭފުޅެއްތޯ ވެސް ޔަގީން ކުރެވިފައެއް ނުވެއެވެ. އެބޭކަލަކީ ފާރިސްކަރަ ނުވަތަ މަޣުރިބު ކަރައިގެ ބޭކަލެއް ކަމަށް ވެއެވެ.

ދިވެހިރާއްޖެ އިސްލާމްވުން ރަބީއުލްއާޚިރާ މަހުގައި

ހަމަ އެގޮތުން އެނގޭ އަނެއްކަމަކީ މުޅިރާއްޖެ އެއްފަހަރާ އިސްލާމް ދީނަށް އެނބުރިފައެއް ނުވާކަމެވެ. މުޅި ރާއްޖެ އިސްލާމް ދިނަސް އެނބުރެން ގިނަ ދުވަސްތަކެއްނެގިއެވެ. އެގޮތުން އެންމެ ފަހުން އިސްލާމް ދީނަށް އެނބުރުނީ ފ.އަތޮޅު ނިލަންދޫ ކަމަށް ވެއެވެ. އަދި އިސްލާމް ދީން ގަބޫލުކުރުމަސްފަހު ބައެއ ްހިސާބުަތކުން އަލުްނ ކުރީގަިއ އެމީހުން އުޅެމުން ދިޔަ ބުޑިސްޓް ދީނަށް އެނުރުމުން އޭރުގެ ރަސްގެފާނު ވަޑައިގެން އެމީހުންނާއި ހަނގުރާމަކުރައްވައި ބަލި ކުރެއްވުމަށްފަހު އެތަންތަނުގައި އަލުން އިސްލާމް ދީން ގާއިމުކުރެއްވި ކަމަށް މަންދު މުހައްމަދު ވަހީދުގެ(1990) ލިޔުއްވާފައި ވެއެވެ.

ފުވައްމުލަކަށް ބަލާއިރު އެނެމް ފުރަތަމަ އިސްލާމް ވީ ހޯދަޑު އަވަށުގެ މީހުންކަމަށާއި އެންމެ ފަހުން އިސްލާމްވީ ދަނޑިމަގު އަވަށުގެ މީހުންކަމަށް ވެއެވެ.

ދިވެހިރާއްޖެގައި އިސްލާމް ދިން އައުމުގެ ކުރިން އޮތީ ބުޑިސްޓް ދިނެވެ. އަދި އެއިގެ ކުރީގައި ހިންދޫ ދީންވެސް ރާއްޖޭގައި އޮތްކަމަށް ތާރީޚި ގޮތުން އެނގެއެވެ.

ރާއްޖެ އިސްލާމްވިދުވަސް ދުވަސް ފާހަނގަ ކުރަން ފެށުނީ ރާއްޖޭ އިސްލާމްވި ކަމަށް ބުނާ ތާރީޚުން (540ހ.) ފެށިގެން 835 އަހަރު ދުވަސް ފަހުން (1374ހ.) ކަމަށް ތާރީޚު ތަކުން ދައްކައެވެ. އެއީ ދެ ޖުމްހޫރިއްޖާ ދެމެދު، މުހަމއްދު ފަރީދުގެ ރަސްކަމުގެ ދުވަސްވަރެވެ. އެދުވަސްވަރުގެ ލިޔުންތަކުގެ މަދުކަމާއި ބަލިކަށިކަމާއި އަދި އެހާ ގިނަ ދުވަސް ފަހުން މިދުވަސް (10 ވަރަކަށް ދަރިކޮޅު ފަހުން) ފާހަނގަ ކުރަން ފެށުމާއެކު މިތާރީޚުތައް އެހާ ސާފުސީދާ ނުވެދާނެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ރަބީއުލް އާޚިރާ މަހުގެ 2ވަނަ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2000 ވަނަ އަހަރު ޖޫން މަހު 27 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުން ނެރުއްވި ދެންނެވުމަކާއި އެކުގައެވެ. މިދުވަސް ފާހަނގަ ކުރުމުގެ ގޮތުން ކުރީގައި ދިވެހިން ކުޅަ ޚާއްސަކަމަކީ އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސުމާއި ހުކުރު މިސްކިތުގައި މާލޫދު ކިޔުމެވެ.

މިހާރު މިދުވަސް ފާހަނގަ ކުރުމަށް ކުރެވެނީ ކޮން ކަމެއްބާއެވެ؟ އަދި ކުރަންވީ ކޮންކަމެއް ބާވައެވެ؟

+1
0
+1
0
+1
0
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !