ފުވައްމުލަކަށް މިނަން ކިޔުނީ ކޮން ގޮތަކަށް؟

ފުވައްމުލަކުގެ ނަން އައިސްފައި ވަނީ އެރަށުގައި ގިނަ އަދަދަކަށް ހައްދާ ފެންފުއަކަށް ނިސްބަތް ކޮށް
Share on facebook
Share on twitter
Share on google

ފުވައްމުލަކަށް ކުރިން ނަން ކިޔާއި އުޅުނީ  އެބައެއްގެ(ވާހަކަދައްކާ ބައެއްގެ) ބަހުން އަޑު އަންނަ ގޮތާއި ކައިރި ގޮތަކަށް ބަލައިގެންނެވެ. އެގޮތުން މާލޭ ބަހުރުވައިން ވާހަކަ ދައްކާ މީހުން ކިޔައި އުޅުނީ “މުލައް” މިހެންނެވެ. ނަމަވެސް އައްޑޫމީހުން ކިޔައި އުޅުނީ “މޮލައް” މިގޮތަށެވެ. ބައެއް މީހުން “މޮލޮއް” މިގޮތަށް ވެސް ބޭނުންކޮށްފައި ވެއެވެ

މާލޭގައި އައްޑޫ މީހުން ގިނައިން ދިރިއުޅެން ފަށައި އައްޑޫ މީހުންނަކީ ނިސްބަތުން ރާއްޖޭގެ ގިނަ ބަޔަކު ދަންނަ ބަޔަކަށް ވުމުން ބައެއްމީހުން  ފުވައްމުލައްކަށް ނިސްބަތް ކުރުމަށް “އައްޑޫ-މުލައް” މިހެން ވެސް ކިޔައި އުޅުނެވެ. އެއީ ރާއްޖޭގައި މުލައް ކިޔާ ދެ ރަށެއް އޮތުމުން އައްޑޫއާއި ކައިރީގައި އޮންނަ މުލަކަކީ “އައްޑޫ-މުލައް” ގެ ގޮތުގައި ފާހަގަ ކުރުމުގެ ގޮތުންނެވެ. ދެން އޮތީ މީމު އަތޮޅު މުލަކެ (މުލައް) ވެ.

މި ދެ މުލައް ތަފާތު ކުރުމުގެ ގޮތުން ދެން ކިޔަން ފެށީ “ފޯއްމުލައް” އަދި “ބޮލިމުލައް” އެވެ. ފޯއްމުލައް ކިޔުނީ އެރަށުގައި ގިނަ އަދަދަކަށް އެދުވަސްވަރު ފެންފޯއް ހައްދައި ބޭނުންކުރަމުންދާތީއެވެ. އަދި ފެންފޯކަށް ދިވެހިން އާއްމުކޮށް ކިޔައި އުޅެނީ “ފޯއް”، މިހެން ކަމުން “މުލައް” މިބަހުގެ ކުރިޔަށް “ފޯއް”އިތުރު ކޮށްގެން ފޯއްމުލައް ކިޔަން ފެށީއެވެ.

އެގޮތުން މ. މުލަކަށް “ބޮލިމުލައް” ކިޔުނީ އެރަށުގެ ގިނަ ބަޔަކު އެދުވަސްވަރު ބޮލިހިލުމުގެ މަސައްކަތް ކޮށް އުޅުނީތީއެވެ.

ކުރީގެ އެކިއެކި ލިޔުންތަކުގައި ތަފާތުގޮތްގޮތަށް ޏ.އަތޮޅު ފުވައްމުލަކުގެ ނަން ބޭނުންކުރަމުން ގޮސްފައި ވެއެވެ. އެގޮތުން “ފޯއްމުލައް”، “ފޯއް މުލައް”، “ފުވައް މުލައް” އަދި “ފުވައްމުލައް” މިފަދަ ގޮތގޮތަށް ލިޔަމުން ގޮސްފައި ވެއެވެ. އެކި ގޮތްގޮތަށް މި ނަން ލިޔަމުންދާތީ 1990 ހިސާބުގައި ރާއްޖޭގެ ރައީސް އޮފީހުން ނިންމީ ޏ. މުލަކުގެ ނަން ރަސްމީ ލިޔުންތަކުގައި އެއްގޮތަކަށް ބޭނުންކުރުމަށެވެ. އެގޮތުން އެނަން “ފުވައްމުލައް” ގެ ގޮތުގައި ލިޔުމަށް ނިންމައި އެކަން ދައުލަތުގެ އިދާރާތަކަށް އެންގުނު ކަމަށް ވެއެވެ.

ވަރަށް ފަހަކާ ޖެހެންދެން ވެސް ފުވައްމުލަކުގެ ވަރަށް ގިނަ ގޭގޭގައި ފެންފޯއް ރުއްތައް ވަރަށް ގިނައިން ހައްދައި އުޅުނެވެ. އެއީ މައިގަނޑު ދެ ބޭނުމެއްގައި ކަމަށް ބެލެވެއެވެ. ފުރަތަމަ ކަމަކަށް ފެންފޯއްރުކުން ދުފުމަށް ފޯއް ލިބޭތީ އެވެ. ދެވަނަ ކަމަކަށް ފެންފޯއް ރުކަކީ ކުޑަ ޖާގައެއްގައި ހިމަކޮށް ދިގުކޮށް ހެދޭ ރުކަކަށް ވެފައި ގެއާއި ކައިރީގައި ހައްދައި ރުކަށް ބިލެތް ވެޔޮ އަރުވަން ފަސޭހަވާތީ އެވެ.

ދުފުމުގެ މައިގަނޑު ދެބައި ކަމުގައިވާ ބިލަތާއި ފޯއް އެއްތަނަކުން ފަސޭހައި ލިބޭ ގޮތް ވެއެވެ.

ފެންފޯއް ރުއްތައް ގިނައިން ހައްދާ އުޅެނީ ފަސޭހައިން ފެން ލިބޭ ތަންތަނުގައެވެ. އެގޮތުން ގޭ ގިފިލި ތެރޭ (ނުވަތަ ހަނޑަސް ބުރި) އާއި ގެކައިރީ އޮންނަ އޮޅުގެ ކައިރިފަށުގައި ގިނައިން ހައްދާފައިވާކަން ފާހަގަ ކުރެވެއެވެ. ގޭގިފިލި ތެރޭގައި ހައްދާ ރުކަށް އާއްމުކޮށް ބިލެތް ވެޔޮ އަރުވާ އުޅުނެވެ.

މިހާރުވެސް ފުވައްމުލަކުގެ ގޭގެއާއި ކައިރީ ހުރި އޮޅުތަކުގެ އަރިމަތީގައި އާއި ގިފިލި ނުވަތަ ގޯތީގެ ފަހަތުގައި ވާ ހުސްބިމުގައި ފެންފޯއް ރުއްތައް ހައްދާފައި ހުރެއެވެ. އަދި ގޯތި ތެރޭގައި ހުންނަ ފެންފޯއް ރުކަށް ބިލެތް ވެޔޮ އަރުވަފައި ވެސް ހުރެއެވެ.

ފުވައްމުލަކުގެ ނަން އައިސްފައި ވަނީ މ.މުލަކާއި ތަފާތު ކުރުމުގެ ގޮތުން

 

ކޮބާ ރަނގަޅު ގޮތަކީ؟ ފުއައްމުލައް ތަ؟ ނޫނީ ފުވައްމުލައް ތަ؟ ކީއްވެ؟

ރައީސް އޮފީހުން ޏ.ފުއައްމުލަކުގެ ނަން ފުވައްމުލަކުގެ ގޮތުގައި ބޭނުންކުރަން ނިންމީ ކިއްވެގެން ތޯ ސުވާލު އުފެދެއެވެ. އެހެނީ ފުވައްމުލަކު މީހުން ފެންފޯކަށް ކިޔަނީ “ފުއައް” ކަމަށްވެފައި، ތަންތަނަށް ނަން ކިޔާ އިރު އެބައެއްގެ އަޑުން އެނަން އިވޭ ގޮތަށް ކިއުމަކީ ނަން ކިޔުމުގައި ބަލާ ވަރަށް އާއްމު އަސާސީ ސިފައެއް ކަމުގައި ވާތީއެވެ.

ނަމަވެސް ފެންފޯއް ހައްދާތީ ފުވައްމުލަކަށް ކިޔުމަށް ނިންމާފައި މިވަނީ “ފުވައްމުލައް” އެވެ. ފުވައްމުލަކުގެ ނަން ފުއައްމުލަކަށް ބަދަލުކުރުކަމަކީ ކިހާ މުހިންމު ކަމެއް ކަމުގައި ދެކެމު ހެއްޔެވެ؟

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
2 Comments
Inline Feedbacks
View all comments
ޝަރީފު މުޙައްމަދު މަނިކު
ޝަރީފު މުޙައްމަދު މަނިކު
3 years ago

ތިޔަކަން ވީގޮތް ކިޔާދެމެވެ:
1900 ގެ ތެރޭގައި ސަރުކާރުގެ ލިޔުން ތަކުގައި ވެސް ތިޔަބުނާ ގޮތަށް ދެގޮތަށް ލިޔަމުން ގެންދިޔައީތިވެ އެރަށު ސަވާ، ޝަރީފު މުޙައްމަދު މަނިކު، ރައީސް އޮފީހަށް ސިޓީއެއް ފޮނުވީ މިހާރު ކިޔާގޮތައް ލިޔުމަށް ރައީސް އޮފީހުގެ ރަސްމީ ބަހަކަށް އެދިއެވެ. ދެން ރައީސް އޮފީހުން އެގޮތް ގަބޫލު ކުރައްވައި އޭނައަށް ޝުކުރު އަދާ ކުރައްވައި އަމުރު ނެރުނީ، ފުވައްމުލައް ލިޔުމަށެވެ. ސަލާމް.

ާޢަފެެފް
ާޢަފެެފް
3 years ago

ފަހުން ރަސމެރކޮށް ލިޔެ ކިޔައި އުޅޫނީ “ފޮވައް މުލައް” މިހެންނެވެ.