A wide advertisement which will be shown on all devices. (700 x 100)

ސާކް ގައުމުތަކުގައި ކޯވިޑް19ގެ ހާލަތު 4

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 11 އޭޕްރީލް 2020

މުޅި ދުނިޔެއަށް ވެސް މިހާރު ކުރިމަތިވެގެން އުޅޭ ކޯވިޑް19 ވަބާގެ ހާލަތު ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ގައުމުތަކުގައި އޮތް ގޮތް އަނެއްކާވެސް ބަލައިލަމެވެ. ފާއިތުވި ހަފުތާ ނިމުނު އިރު އިތުރު 6 ސަރަހައްދަކާއެކު ދުނިޔޭގެ 210 ގައުމަކާއި ސިޔާސީ ސަރަހައްދުތައް ވަނީ ކޯވިޑް19 ގެ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން 2 ކުރޫޒްލައިނާ ކަމަށްވާ ޑައިމޮންޑް ޕްރިންސެސް އާއި އެމްއެސް ޒާންދަމް ވެސް ވަނީ ކްރޯނާ ވައިރަހުގައި ތާށިވެފައެވެ.

މިހާތަނަށް އައިއިރު ގިނަ ގައުމުތަކުން ވަނީ ބަލިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަތުރު ފަތުރު ކުރުން މާނާކޮށްްފައެވެ. ބައެއް ގައުމުތަކުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.

ތިރީގައި މި ހިމަނާލާ މައުލޫމާތަކީ ‘ވޯލްޑޯމީޓަރ’ގެ ކްރޯނާވައިރަސް އިންފޮމޭޝަން އަސާސަކަށް ބަލައިގެން ގެނެސްދޭ މައުލޫމާތެވެ.

މިއަދު 11 އޭޕްރީލް، ހޮނިހިރު ދުވަހާއި ހަމަޔަށް މުޅި ދުނިޔެއިން 1.699 މިލިޔަން މީހުން މިބަލި ޖެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވެއެވެ. އެއިގެ ތެރެއިން އެއް ލައްކައަށް ވުރެ ގިނަ މީހުން (102,734) ނުވަތަ %6 މީހުން ބަލީގައި މަރުވެފައެވެ. ބަލިން ރަނގަޅު ވެގެން ހަތަރު ލައްކަ (376,330) އާއި ގާތްކުރާ އަދަދެއްގެ މީހުން ގެއަށް ދޫކޮށްލާފައި ވެއެވެ. މިބަލީގެ އެކްޓިވް ކޭސަސްގެ ގޮތުގައި މިހާރު ތިބި 1.22 މިލިޔަން މީހުންގެ ތެރެއިން %96 މީހުންނަކީ އާދައިގެ ކުދިކުދި މައްސަލަތަކުގެ މީހުންނެވެ. އަނެއް %4 މީހުން ނުވަތަ ބައިލައްކައެއް (49,830) ހާ މީހުންނަކީ ނާޒުކު ހާލަތުގައި ތިބި މީހުންނެވެ.  

މިހަފުތާގައި ވެސް ބަލި އެންމެ ގަދަޔަށް ފެތުރެމުންދަނީ އެމެރިކާގައެވެ. ދެން ސްޕޭނުގައެވެ. މިބަލީގައި އެންމެ ގިނަ މީހުން މަރުވަފައިވާ އިޓަލީ (18,849) އާއި އެމެރިކާ އިން މަރުވަ މީހުންގެ އަދަދު (18,747)އަރާ ހަމަކުރަނީއެވެ. ދެން ސްޕޭނާއި ފްރާންސާއި އިގިރޭސިވިލާތް އަދި އީރާނެވެ.

ސާކް ގައުމުތަކުން މިހާތަނަށް މިބަލި ޖެހިފައިވާ ޖުމްލަ އަދަދަކީ 13210 މީހުން، އަދި މިހާރުވެސް ބަލީގައި ދެމިތިބީ 11363 މީހުންނެވެ. ބަލިން މުޅިން ރަނގަޅުވެފައި ވަނީ 1503 މީހުން އަދި ބަލީގައި 344 މީހުން މަރުވެފައި ވެއެވެ.

ޖުމަލަކޮށް ބަލާލާއިރު ސާކް ގައުމުތަކުގައި ބަލިމީހުން ތިބި އަދަދުތައް 3 ގުރޫޕަކަށް ބަހާލެވެއެވެ. އެއީ އެންމެ މަތިން އިންޑިއާ ޕާކިސްތާން އަދި މެދުން އަފްޣާނިސްތާން ބަންގްލާދޭޝް އަދި ސްރީލަންކާ އެވެ. ނަމަވެސް ބަންގްލާދޭޝް އާއި އަފްޣާނިސްތާނުގައި ފާއިތުވި ހަފުތާގައި ވަނީ ބަލި ޖެހޭ މިންވަރު ވަރަށް ބޮޑުތަން މައްޗަށް ގޮސްފައެވެ. ދެން އޮތީ އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ހިމެނޭ ބޫޓާން، ނޭޕާލް އަދި ދިވެހިރާއްޖެއެވެ. މިއީ މިސަރަހައްދުގައި ނިސްބަތުން އެންމެ މީހުން މަދު 3 ގައުމު ވެސް މެވެ.

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 11 އޭޕްރީލް 2020

އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ މިވަނީ އެންމެ ބޮޑު އާބާދީ، 1.37 ބިލިޔަން މީހުން ހިމެނޭ އިންޑިއާ އެވެ. އެއީ 7347 މީހުންނެވެ. އެގައުމުން 229 މީހުން މިބަލީގައި މަރުވެފައި ވާއިރު 641 މީހުން ބަލިން ރަނގަޅުވެފައި ވެއެެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޕާކިސްތާނުގައި 4695 މީހުން އަދި 66 މީހުން މިބަލީގައި މަރުވެފައިވާއިރު 727 މީހުން ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައި ވެއެވެ. ވުމާއެކު މިހާރު އެގައުމުގަިއ ތިބީ ބަލީގެ 3902 އިންޑިއާ އުޅެނީ މާ މަތީގައެވެ. ޕާކިސްތާނުކީ މިހާރު ސާކްގެ 2 ވަނައަށް އެންމެ ބޮޑު އާބާދީއެވެ. އެއީ 220 މިލިޔަން މީހުންނެވެ.

ތިން ވަނާގައިވާ އަފުޣާނިސްތާނުގައި ވެސް ބަލި ފެތުރޭ މިންވަރު ވަނީ ގައތްގަޑަކަށް ދެގުނައަށް އިތުރުވެފައެވެ. އެެއި ކުރީ ހަފުތާގައި 299 މީހުން ތިބިއިރު ނިމުނު ހަފުތާގައި ވަނީ މިއަދަދު 521 އަށް އަރާފައެވެ. ފާއިތުވި ހަފުތާގައި އެގައުމުން 15 މީހުން ބަލީގައި މަރުވެފައި ވެއެވެ. އަދި 32 މީހުން ބަލިން ރަނގަޅުވެފައި ވުމުން މިހާރު ބަލީގައި ތިބީ ބަލީގެ 15 މީހުންނެވެ.

ސާކް ގައުމުތަކަށް ބަލާއިރު 3 ވަނައަށް އެންމެ ބޮޑު އާބާދީ (165.6 މިލިޔަން) އެއް އޮންނަ ބަންގްލާދޭޝްއިން މިބައްޔަށް ޕޮޒިޓިވްވެފައި ވާ މީނުން ނިސްބަތުން މަދު ނަމަވެސް ފާއިތުވި ހަފުތާގައި ވަނީ ގިނަބަޔަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ އޭގެ ކުރީ ހަފުތާގައި 70 މީހުން ތިބެފައި ނިމުނު ހަފުތާގައި އެ އަދަދު 424އަށް މައްޗަށް އެރުމުންނެވެ. އެގައުމުގައި ބަލިން 27 މީހުން ރަނގަޅުވެފައި ވާއިރު 27 މީހުން ވަނީ މަރުވެފައެވެ. ބާކީ މިހާރު ތިބީ 33 މީހުންނެވެ.

ސްރީލަންކާގައި ބަލިފެތުރޭ މިންވަރު ފާއިތުވި ހަފުތާފގައި މިވަނީ ކޮންމެވެސް ވަރެއްގައި ހިފަހައްޓާލެވިފައެވެ. އެއީ ކުރީ ހަފުތާގައި 159 އިން އަދި ނިމުނު ހަފުތާގައި 190 ހިސާބުގައި ހިފަހައްޓާލެވުމުން ނެވެ. އެގައުމުގައި   މިބަލިން 25 މީހުން ރަނގަޅުވެފައި ވެއެވެ. އަދި 5 މީހުން  ބަލީގައި މަރުވެފައި ވެއެވެ. މިހާރު އެގައުމުގައި ތިބީ ބަލީގެ 129 މީހުންނެވެ.

ކްރޯނާ ވައިރަސް ވަބާ ރާއްޖެއިން ފެނުނީ 7 މާރިޗު 2020ގައި – ގްރާފް ޝިހާބު

އްޖޭގައި މިބަލީގެ މީހުންގެ އަދަދު މިވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެއީ ކުރީ ހަފުތާގައި ވެސް އޮތް އަދަދު 19 އަށް ނިމުނު ހަފުތާގައި ވެސް ބަދަލެއް އައިސްފައި ނުވެއެވެ. މިހާރު ރާއްޖޭގައި ތިބީ ބަލީގެ 4 ދިވެހިންނެވެ. ބައްޔަށް ޕޮޒިޓިވް ވި އެހެން އެންމެންނަކީ ވެސް ޓްވަރިޒަމް ދާއިރާގެ ބިދޭސީންނެވެ. ރާއްޖޭގައި ތިބި ބައްޔަށް ޕޮޒިޓިވް 4 މީހުންނަކީ ވެސް ވަނީ އިނގިރޭސިވިލާތުން އައި ދިވެހީންނެވެ. ރާއްޖޭގައި މިބަލީގެ އެކްޓިވް 6 މީހުން ރެކޯޑް ކުރެވިފައި އޮތް ނަމަވެސް އެއިގެތެރޭގައި ހިމެނޭ އިޓަލީ 2 މީހުން ވަނީ ބަލި އެނގުނު އިރު ގައުމަށް ފުރާފައެވެ. ވުމާއެކު ރާއްޖޭގައި މިބަލި ޖެހުނު 19 މީހުންގެ ތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 11 އޭޕްރީލް 2020

މިސަރަހައްދުގެ އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ތިބި ބޫތާނާއި ނޭޕާލުގެ އަދަދުތަކަށްވެސް ފާއިތުވި ހަފުތާގައި ބަދަލެއް އައިސްފައެއް ނުވެއެވެ. އެއީ ބޫޓާނުންގައި 5 މީހުން ޕޮޒިޓިވްވެ، 2 މީހުން ރަނގަޅުވެ ބާކީ ތިބި 3 މީހުންނެވެ. ނޭޕާލުން 9 މީހުން ބައްޔަށް ޕޮޒިޓިވް ވިއިރު އެކަކު ރަނގަޅުވެ، ބާކީ 8 މީހުން ބަލީގައި އަދި އެބަތިއްބެވެ.

ޖުމްލަކޮށް ބަލާއިރު ބަލީގެ އަސަރު އޭޝިއާގެ ގައުމުތަކަށް ވުރެ ބޮޑަށް މިހާރުކޮށްފައި ވަނީ އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކަށެވެ.

މިހާރު މިބަލި އެންމެ ހަލުއިކޮށް ފެތުރެމުން ދާ ގައުމުތައް. އެމެރިކާ މާ މަތީގައި! 11 އޭޕްރީލް 2020

+1
0
+1
0
+1
0
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !