ސާކް ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު 8

ސާކް ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު، އާބާދީގެ ނިސްބަތުން. 9 މެއި 2020
Share on facebook
Share on twitter
Share on google

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ގައުމުތަކުގައި ކޮވިޑް-19ގެ އާލަމީވަބާގެ ހާލަތު ބަލައިލުމަށް ކުރިޔަށް ގެންދެވޭ ހަފުތާ ރިޕޯޓުގެ 8 ވަނަ ބައި ފަށަމެވެ. ފާއިތުވި ހަފުތާގައި ވެސް ވަނީ ސާކްގެ ގިނަ ގައުމުތަކުން ކުރިޔަށްގެންދިޔަ ލޮކްޑައުން ނުވަތަ ފުރަބަންދުގެ ހާލަތު ކުރިޔަށް ގެންގޮސްފައެވެ. ކުރިޔަށް މިއޮތް ހަފުތާގައި ގިނަ ގައުމުތަކުގައި މިހާރު ގާއިމުކޮށްފައިވާ ފުރަބަންދުގެ ހާލަތުގެ މުއްދަތު ހަމަވާނެއެވެ. އެއާއެކު ފުރަބަންދަށް ބައެއް ލުއިތަކެއް ގިނަ ގުމުތަން ދޭނެކަމަށް ބެލެވެއެވެ. ފާއިތުވި ހަފުތާގައި ހުކުރު ދުވަހަކީ ވެސް ދިވެހިރާއްޖޭގައި ނިސްބަތުން ގިނަ ބަޔަކު މިބައްޔަށް ފައްސިވި ފުވަހެކެވެ. އެއީ އެއްދުވަހެއްގައި 84 މީހުންނެވެ. މީގެއިތުރުން ނިމުނު ހަފުތާގައި މިބަލީގައި ރާއްޖެއިން 2 މީހަކު މަރުވެފައި ވެއެވެ. އިންޑިއާގައި ބަައްޔަށް ފައްސިވި މީހުން އަދިވެސް އެންމެ ގިނައިރު އަދިވެސް އެންމެ މަދު މީހުންނަށް މިބަލި ޖެހިފައި ވަނީ މިސަރަހައްދުން ބޫޓާނުގައެވެ.

ނަމަވެސް އާބާދީގެ ނިސްބަތުން ބަލާއިރު ބައްޔަށް ޕޮޒިޓިވް މީހުން އެންމެ ގިނައީ ދިވެހިރާއްޖެ އާއި ޕާކިސްތާނުގައެވެ. އެގޮތުން އެންމެ ދަށް އިންސައްތައެއްގައި އޮތީ ނޭޕާލާއި ބޫޓާނެވެ.

ސާކް ގައުމުތަކުގައި ކޮވިޑް-19 ގެ ހާލަތު، 9 މެއި 2020

މިއަދު 9 މެއި، ހޮނިހިރު ދުވަހާއި ހަމަޔަށް ސާކްގެ ގައުމުތަކުން ޖުމްލަ 101315 މީހުންނަށް މިބަލި ޖެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވެއެވެ. އެއިގެ ތެރެއިން 27070 މީހުން (%26.7) މީހުން ބަލިން ރަނގަޅުވެފައި ވެއެވެ. އަދި ބަލީގައި 2818 މީހުން މަރުވެފައި ވެއެވެ. އެއީ %2.8 މީހުންނެވެ.

މިބަލީގެ އެކްޓިވް ކޭސަސްގެ ގޮތުގައި މިސަރަހައްދުގައި މިހާރު ތިބީ 71427 މީހުންގެ ތެރެއިން %99.8 މީހުން (71305) އަކީ އާދައިގެ ކުދިކުދި މައްސަލަތަކުގެ މީހުންނެވެ. އަނެއް %0.17 މީހުން ނުވަތަ 122 މީހުންނަކީ ނާޒުކު ހާލަތުގައި ތިބި ބަލި މީހުންނެވެ. ބަލީގައި ގޮތްކަނޑައެޅި ނިމިވައިވާ 29888 މީހުންގެ ތެރެއިން  %90.6 މީހުން ރަނގަޅުވެފައި ވާއިރު ބަލީގައި މަރުވެފައި ވަނީ %9.4 މީހުން (2818) ނެވެ.

މުޅި ދުނިޔެއިން އެންމެ ގިނަ މީހުނަށް މިބަލި ޖެހިފައިވަނީ އެމެރިކާއިން އިންނެވެ. އެގައުމުން މިލިޔަނަކަށް ވުރެ ގިނަ މީހުނަށް މިބަލި ޖެހިފައިވާ އިރު 271,666 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވެފައި ވެއެވެ. ދެއްލައްކައަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އިތުރުން ސްޕޭން، އިޓަލީއެވެ. ދެން ރަޝިއާ އާއި ފްރާންސް، ޖަރުމަން، އިނގިރޭސިވިލާތް، އަދި ތުރުކީ އިން ވަނީ އެއްލައްކައަށް ވުރެ ގިިނަމީހުން ބައްޔަށް ފައްސި ވެފައި އެވެ. އެންމެ ބާރު ސްޕީޑުގައި މިހާރު މީހުން ބަލިޖެހެމުންދަނީ ރަޝިއާގައެވެ. އޭޝިއާއިން އިރާނާއި، ސައުތު އެމެރިކާގެ ބްރެޒިލްގައިވެސް އެއްލަކައަށްވުރެ ގިނަ މީހުން ބަލިޖިފައި ވެއެވެ. މިބަލީގައި އެންމެ ގިނަ މީހުން މަރުވަފައިވާ އެމެރިކާ ގެ އިތުރުން ދެވަނައަށް އިނގިރޭސިވިލާތް ވަނީ ޖެހިލާފައެވެ. މީގެއިތުރުން އިޓަލީ އާއި ސްޕޭން އަދި ފްރާންސް އިންވެސް ވަނީ 25000 އަށްވުރެ ގިނަމީހުން  މަރުވެފައި ވެއެވެ.

ސާކް ގައުމުތަކުގެ ތަފުސީލް ނަމްބަރުތަކަށް ބަލާއިރު އެންމެ ބޮޑު އާބާދީ ހިމެނޭ އިންޑިއާ އަދި ޕާކިސްތާނުން ބަލިމީހުން ތިބި ޖުމްލަ އަދަދުތައް އެހެން ގައުމުތަކަށް ވުރެމާ ބޮޑުތަނުން މައްޗެވެ. އެއާއެކު ބަންގްލާދޭޝްއިން ބަލިޖެހޭ މީހުންގެ އަދަދުތައް ނިމުނު ހަފުތާގައި ވެސް ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައި ވެއެވެ. އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ހިމެނޭ ބޫޓާން، ނޭޕާލް އަދި ދިވެހިރާއްޖޭގެ ގްރޫޕެވެ. ނަމަވެސް ފާއިތުވި ހަފުތާގައި ދިވެހިރާއްޖެ އާއި އަފުޣާނިސްތާން އަދި ސްރީލަންކާއިން ވެސް ވަނީ ނިސްބަތުން ބަލި ޖެހިފައިވާ މީހުން އިތުރުވެފައެވެ. ބޫޓާނުން އަދި މިބަލީގައި މީހަކު މަރުވެފައި ނުވާއިރު ބައްޔަށް ޕޮޒިޓިވި މިންވަރު އިތުރު ވެފައެއް ނުވެއެވެ.

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 9 މެއި 2020

އިންޑިއާގައި ބަލިޖެހިފައިވާ މީހުންގެ އަދަދު 35 ހާހުން 57 ހާހަށް މައްޗަށް އަރާފައިވާއިރު ޕާކިސްތާން ވަނީ 17 ހާހުން 26 ހާހަށްވުރ މައްޗަށް އަރާފައެވެ. ބަންގްލާދޭޝް 8 ހާހުން 13 ހާހަށް އަރާފައިވާ އިރު  އަފުޣާނިސްތާނުގެ އަދަދު ވަނީ 4 ހާހާއި ކައިރިކޮށް ފިއެވެ. ސްރީލަންކާ 689 އިން 824 އަށް އަދި ދިވެހި ރާއްޖެއިން ވަނީ 481 ން 734 އަށް މަތިވެފައެވެ. ނޭޕާލް 59 ން 102 އަށް އަދި ބޫޓާނުން ފާއިތުވި ވެސް އިތުރު މީހަކަށް ބަލިޖެހިފައި ނުވެ އަދަދު7، ގައި ހުރިިއިރު 5 މީހުން ބަލިން ރނގަޅުވެ ބާކީތިބީ ބަލީގެ އެންމެ ދެ މީހުންނެވެ.

ދިވެހިރާއްޖޭގައި މިބަލީގެ މީހުންގެ އަދަދު ފާއިތުވި ދެހަފުތާގައި ވެސް މިވަނީ ނިސްބަތުން ބޮޑުތަން އިތުރުވެފައެވެ. އެއީ ފާއިތުވި ހަތަރު ހަފުތާގައި 28 އިން 83ން 129ން 481ން 734 އަށް އިތުރު ވެފައި ވުމުންނެވެ. ފާއިތުވި ހަފުތާގައި ރާއްޖެއިން އިތުރު ދެމީހަކު ބަލީގައި މަރުވެވެފައި ވެއެވެ. މިހާތަނަށް ރާއްޖޭއިން 20 މީހަކު ބަލިން ރަނގަޅުވެފައި ވެއެވެ. މިހާރު ރާއްޖޭގައި ތިބީ ބަލީގެ 240 ދިވެހީންނާއި 405 ބަންގްލާދެޝް މީހުންނާއި 60 އިންޑިއާ މީހުންނާއި އިޓަލީގެ 11، ޕާކިސްތާނުގެ 3، ސްރީލަންކާ 5، ނޭޕާލުގެ 6 އަދި ޔޫރަޕުގެ ގައުމުތަކުން 4 މީހުންނެވެ. އެއީ ޖުމްލަ 494 ބިދޭސީން ނުވަތަ %67 މީހުންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އުތުރުން ހއ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ކ.ތުލުސްދޫއިން ވަނީ ބައްޔަށް ޕޮޒިޓިވް މީހުން ފެނިފައެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު، 9 މެއި 2020

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments