A wide advertisement which will be shown on all devices. (700 x 100)

ހަވިއްތަ ފުޓްސަލް ޗެލެންޖު: ތިން ޓީމަށް ކުއާޓާ ފައިނަލުގެ ޖާގަ ލިބިއްޖެ!

ހަވިއްތަ ފުޓްސަލް ޗެލެންޖް 2020 ގެ އިންތިޒާމުތައް ރަނގަޅުކަމަށް ބެލުންތެރިން ބުނޭ.

ހަވިއްތަ ފުޓްސަލް ޗެލެންޖު 2020 ތިންވަނަ ދުވަހުގެ ކުޅުމާއެ 3 ޓީމެއް މިވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެއީ ކުޅުނު 2 މެޗުން 6 ޕޮއިންޓ ހޯދައިގެން ހޯދަޑު ސްޕޯޓްސް އާއި ހޯދަޑު ސްޕޯޓްސް ޖޫނިއާ ގެ އިތުރުން 4 ޕޮއިންޓާއެކު އެފްސީ ފުނާޑު ޓީމެވެ. ރޭގެ މެޗުތަކުން މިސްކިތްމަގު އެންމެން ޓީމުގެ އިތުރުން މާލެގަމު އެފްސީ އާއި ހޯދަޑު ސްޕޯޓްސް ޖޫނިއާ ވަނީ މޮޅުވެފައެވެ. މިއީ މި ޓީމުތައް މުބާރަތުގައި ކުޅުނު ފުރަތަމަ މެޗެވެ. ގިނަ ސަޕޯޓަރުންތަކެއް ކުރިމަތީ މެޗުތައް ކުޅެވެމުން ދިޔައީ ވަރަށް ފޯރީގައެވެ.

މުބާރާތުގެ ރެފުރީން މެޗު ފަށަން ތައްޔާރުވަނީ

ގުރޫޕް އޭ

އޭ ގްރޫޕުގައި ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ވާދަކުރީ ހޯދަޑު ސްޕޯޓްސް އާއި މާލެގަމު އެފްސީއެވެ. މިމެޗު 2-1 ން ކާމިޔާބުކުރީ ހޯދަޑު ސްޕޯޓސް އެވެ. މި މޮޅާއެކު ހޯދަޑު ސްޕޯޓްސް އަށް ދެ މެޗުން 6 ޕޮއިންޓް ލިބި ކުއާޓާފައިނަލް ގެ ޖާގަ ޔާގީން ވީއެވެ. މިމެޗުން ބަލިވިޔަސް މާލެގަމު ޓީމަށް ވެސް ކުއާޓާފައިނަލް ގެ ޖާގަ ނުގެއްލެއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަށް ލިބޭ ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ލިބުނީ  ހޯދަޑު ސްޕޯޓްސް ޖާޒީ ނަމްބަރު 10 ހުސޭން ޝަރީފު އެވެ.

އޭ ގްރޫޕުގައި މިދެ ޓީމަަށްވެސް ދެން ބާކީ އޮތީ އެއްމެޗެވެ. މާލެގަމު ޓީމަށް އޮންނާނީ ދިގުވާޑު ޓީމުގެ މެޗެވެ. އެމެޗުން ބަލި ނުވެއްޖެ ނަމަ މުބާރާތުގައި ކުރިޔަށްދިއުމުގެ ފުރުސަތު ގާތްގަޑަކަށް ޔާގީނާއި ގާތްވާނެއެވެ. މިރޭ ކުޅޭނީ މިގްރޫޕްގެ ފުރަތަމަ މެޗުން ބަލިވެފައިވާ ދެޓީމު ކަމަށްވާ ދަޑިމަގު ޓީނޭޖަސް އާއި ދިގުވާޑު އެފްސީއެވެ. މިރޭގެ މެޗުން ބަލިވާ ޓީމަކަށް މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު ވަރަށް ހަނިވާނެއެވެ.

މާލެގަމު އެފްސީގެ މައްޗަށް ހޯދަޑު ސްޕޯޓްސް އިން ކުރި ހޯދީ 1-2 ން. ހޯދަޑު ސްޕޯޓްސް ކުއާޓާފައިނަލަސް.

ގްރޫޕް ބީ

މުބާރާތުގެ 8 ވަނަ މެޗުގައި، ބީ ގްރޫޕުން ދަޑިމަގު ބީޓީ އާއި ބައދަލުކޮށް ފުނާޑު އެފްސީ މޮޅުވީ 2-0 ން ނެވެ. މި މޮޅާއެކު ފުނާޑު އެފްސީއަސް ވެސް މިބާރާތުގެ ދެވަނަ ބުރު ނުވަތަ ކްއާޓާފައިނަލަށް ދިއުމުގެ ޔަގީންކަން ލިބުނީއެވެ. ނަމަވެސް އެޓީމަށް ލިބިފައިވަނީ ޖުމްލަ 4 ޕޮއިންޓެވެ. އެއީ ފުރަތަމަ މެޗުން އެއްވަރުވެ ދެވަނަ މެޗުން މޮޅުވުމުންވެ. މިމެޗުގެ މޮޅު ކުޅުންތެރިއަށް ލިބޭ ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ލިބުނީ ފުނާޑު އެފްސީ ގެ ޖާޒީ ނަމްބަރު 10 ހަސަން ފިރާގުއެވެ.

ފުނާޑު ޓީމަށް ކުއާޓާފައިނަލް ޔަގީން ވަނީ މުބާރާތް ރޭވިފައިވާ ގޮތުން ކޮންމެ ގުރޫޕެއްގެ އެންމެ މޮޅު ދެޓީމު ދެވަނަ ބުރަށް ދިއުމުގެ 3 ވަނައަށް ދާ އެނެމް މޮޅު ދެޓީމަކަށް ވެސް ދެވަނަ ބުރުން ފުރުސަތު ލިބޭތީއެވެ. އެގޮތުްނ ބަލާއިރު މިގްރޫޕުގެ 1 ވަނަ އަދި 2 ވަނަ ގެއްލުނަސް 3 ވަނަ ޓީމަކަށް ވެސް ޖާގަ ލިބުމުގެ ފުރުސަތު ބޮޑީ އެއްމެޗު އެއްވަރުވެފައި ވުމުންނެވެ. އެހެން ގްރޫޕެއްގެ މެޗެއް އަދި އެއްވަރުވެފައި ނުވާތީވެސް މެއެވެ.

އަދި ހަމަ މިޕްރޫޕްގައި ހިމެނޭ ޓީމުތަކަށް ބަލާއިރު އެފްސީ ދަޑިމަގު އާއި މިސްކިތްމަގު އެންމެން ޓީމުގެ އިތުރުން ފުނާޑު ޓީމަކީ މިއިން ކޮންމެ އަވަށެއްގެ ވެސް 1 ވަނަ ޓީމުގެ ގޮތުގައި ބެލެވޭ ޓީމތަކަށްް ވާތީއެވެ. އަދި މިއީ މުބާރާތުގެ އެންމެ ވަދަވެރި ގްރޫޕެވެ. ނުވަތަ ގްރޫޕް އޮފް ޑެތުއެވެ.

މިގްރޫޕުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެން ޓީމީއި އާއި އެފްސީ ދަޑިމަގެ މެޗެވެ. މިއީ މިރޭ ކުޅޭނެ އެނެމް ފޯރި ގަދަވާނެ މެޗެއްކަމަށް ބެލެވެއެވެ. ފުރަތަމަ މެޗުން މިސްކިތްމަގު މޮޅުވެފައިވާއިރު ދަދިމަގު އެފްސީ ވަނީ އެއްވަރުވެފައެވެ.

ގްރޫޕް އޮފް ޑެތުގައި ފުނާޑު ޓީމުން މޮޅެއް ހޯދައި ދެވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފި

ގްރޫޕް ސީ

ރޭކުޅެވުނު މުބާރާތުގެ 9 ވަނަ މެޗުގައި އެފްސީ ހޭޅިފަށޮ ޓީމާއި ބައްދަލުކޮށް ހޯދަޑް ސްޕޯޓްސް ޖޫނިއާގެ މޮޅުުވީ 2-1 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ލިބޭ ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ލިބުނީ ހޯދަޑް ސްޕޯޓްސް ޖޫނިއާގެ ޖާޒީ ނަމްބަރު 99 ހަސަން ނިމާލް މުހައްމަދު އެވެ. މިދެޓީމަކީ ވެސް ހޯދަޑަށް ނިސްބަތް ވާ ދެޓީމެވެ.

ހޯދަޑު ސްޕޯޓްސް ޖޫނިއާ ވެސް ވަނީ ކުޅުނު ދެމެޗުން މޮޅުވެ ޖުމްލަ 6 ޕޮއިންޓާއެކު ކުއާޓާ ފައިނަލުގެ ޔަގީންކަން ހޯދާފައެވެ. ރޭގެމެޗުން ބަލިވުމުން އެފްސީ ހޭޅިފަށޮ ޓީމުވެސް މުބަރާތުން ކެޓުމުގެ ފުރުސަތު ބޮޑެވެ. އެޓީމަށް ކިރިޔަވެސް އުއްމީދެއް އޮތީ މާދަމާ ރޭ ކުޅ،ޭ އެޓީމުގެ ފަހު މެޗުން އެފްސީ ނެރަގަނޑޮ ބަލިކޮށްގެންނެވެ. އެއީވެސް އެހެން ގުރޫޕްތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ލިބިދާނެ ފުރުސަތެކެވެ.

މިގުރޫޕުގައި ދެން ހިމެނެނީ ދަޑިމަގަށް ނިސްބަތްވާ ދެޓީމެވެ. އެދެޓީމުު ބައްދަލުކުރާ މެޗު މިރޭ ކުޅޭނެއެވެ.

އެފްސީ ހޭޅިފަށޮ އަދި ހޯދަޑު ސްޕޯޓަސް ޖޫނިއާ ގެ މެޗު 1-2

މިމުބާރާތުގައި ދަޑިމަގުން 5 ޓީމާއި ހޯދަޑުން 3 ޓީމުގެ އިތުރުން ދިގުވާޑެ، މިސްކިތްމަގު، ފުނާޑު އަދި މާލެގަމުން، ކޮންމެ އަވަށަކުން ޓީމެއް ވާދަކުރެވެ.

މިމުބާރާތުގެ އިންތިޒާމުތައް ވަރަށް ފިރުހަމަ ކަމަށް ބެލުންތެރިން ފާހަގަ ކުރެއެވެ. ކޮންމެ ރެއަކުވެސް މުބާރާތުގެ 3 މެޗު ކުޅޭގޮތަށް ހަމަޖެހިފައިވާއިރު ފުރަތަމަ މަޗު ފަށާނީ 20:15 ގައި ދެވަނަ މެޗު 21:15 ގައި އަދި ފަހު މެޗު 22:15ގައެވެ.

މުބާރާތުގެ މެޗް ޝެޑިއުލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !