A wide advertisement which will be shown on all devices. (700 x 100)

މާލެގަން ފުޓުސަލް ޗެލެންޖް: ގަދަ 16 ޓީމުގެ ކުރިމަތިލުން ކުރިއަށް

މާލެގަން ފުޓުސަލް ޗެލެންޖު 2020 ގެ ނަމުގައި ކުރިއަށްދާ ފުޓްސަލް މުބާރާތުގައި ދެވަނަ ބުރުގެ މެޗުތަކުގައި ކަންމަތި ސްޕޯޓްސް އާއި އެފްސީ ދޫޑިގަލާނޯ އާއި އެފްސީ ދިގުވާނޑާއި ކުރުނބާ އެފްސީ މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. އިއްޔެ ކުރިއަށްދިޔަ ގަދަ 16 ގެ މެޗުތަކުގައި ކަންމަތި ސްޕޯޓްސް ކާމިޔާބު ކޮށްފައިވަނީ ހޯދަޑު ސްޕޯޓްސް ޖޫނިއާ އާއި ވާދަކޮށް 4-3 ލަޑުގެ ކުޑަ ތަފާތަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަންމަތި ސްޕޯޓްސްގެ އަލީ ޒައިދާނެވެ. ދޫޑީގަލާނޯ  މެޗު ކާމިޔާބުކޮށްފައިވަނީ ދަޑިމަގު ފަންނާއި ބައްދަލުކޮށް 9-0 ގެ ލަޑުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ދޫޑިގަލާނީގެ ހުސެއިން ޝާރިހެވެ.

އެފްސީ ދިގުވާނޑާއި ލަކައުގެ ބޯއީސް ބައްދަލުކުރި މެޗު 11-0 ލަޑުން އެފްސީ ދިގުވާނޑު ކާމިޔާބުކުރި އިރު އެމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ދިގުވާނޑުގެ މުހައްމަދު ވިޝާހެވެ. އިއްޔެ ކުރުނބާ އެފްސީ އާއި ފުނާޑު އެފްސީ ބައްދަލުކުރި މެޗު ނިމުނީ 3-1 ލަޑުން ކުރުނބާ އެފްސީ މޮޅުވެގެނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުރުނބާ އެފްސީގެ އަބްދުﷲ ސުމައިދެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !