ޔޫއެފާ ޗެމްޕިއަންސް ލީގު 2019/20 ކާމިޔާބުކުރީ ޖަރުމަންގެ ބެޔާން މިޔުނިކު

ޔުއެފާ ޗެމްޕިއަންސް ލީގެ 2019/20 ޗެމްޕިއަން ޖަރުމަނުގެ ބެޔާން މިޔުނިކް
Share on facebook
Share on twitter
Share on google

ރޭ ކުޅެެވުނު 65 ވަނަ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ފްރާންސްގެ ޕީއެސްޖީ ގެ މައްޗަށް 1-0 އިން ކުރި ހޯދައި، ޖަރުމަނުގެ ބެޔާން މިޔުނިކުން މުބާރާތުގެ ތަށި 6 ވަނަ ފަހަރާ އުފުލާލައިފިއެވެ. މިއީ މިމުބާރާތުގެ ފައިނަލުގައި ޖަރުމަނާއި ފްރާންސްގެ ދެޓީމު ވާދަ ކުރި ދެވަނަ ފަހަރެވެ.

ރޭގެ މެޗަކީ ޕީއެސްޖީއަށް ފަހުގެ ތާރީޚެއްގައި އަލަށް މިމުބާރާތުގެ ފައިނަލަށް ދަތުރުކުރެވުނު ފަހަރެވެ. އެޓީމުގެ މަޝްހޫރު ކުޅުންތެރިންގެ ގޮތުގައި ބްރެޒިލްގެ ނޭމާއާއި، ކެޕްޓަން ތިއާގޯ ސިލްވާ އާއި އާޖެންޓީނާގެ ޑި މަރީއާގެ އިތުރުން ފްރާންސްގެ ފޯވަޑް އެމްބާޕޭ ހިމެނެއެނެ. މިކުޅުންތެރިންނާއިއެކު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން މޮޅަށް ކުޅެ އިދިކޮޅު ގޯލަށް ބޮޑަށް ނުރައްކާ ކުރިއެވެ. އެގޮތުން ނޭމާގެ ނުރައްކާތެރި ހަމަލައަކާއި އެމްބާޕޭގެ ހަމަލާ ދިފާއުކުރީ ބެޔާންގެ ކެޕްޓަން އަދި ގޯލްކީޕަރު މެނުއަލް ނޯޔާ އެވެ. މީގެ އިތުރުން ޑި މަރީއާގެ ބާރު ޝޮޓް ދިޔައީ ގޯލް ހުރަސްދަނޑި ކައިރިން މަތިންނެވެ. ފުރަތަމަ ހާފުގައި ޖަރުމަނުގެ އިތުބާރު ފޯވަޑް ލެވެންޑޮސްކީ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒު ވިއިރު އޭނާގެ ދެވަނ ހަމަލާ ޕީއެސްޖީގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗުން ބެޔާން މޮޅުކޮށްދިނީ ޕީއެސްޖީގެ އެކަޑެމީން އުފެއްދި ކުޅުންތެރިއާ ކޯމަން ޖ.29.

މެޗުގައި ބެޔާންއަށް ކުރި ލިބުނީ ދެވަނަ ހާފުގެ ކުރީކޮޅު އެޓީމުގެ ކިންގްސްލީ ކޯމަން (ޖ.29) ކާމިޔާބުކޮށްދިން ގޯލުންނެވެ. ދެވަނަ ހާފުގައި ޕީއެސީޖީއިން ބޮޑަށް ކުރިއަށް  އަރައި ކުޅެ ގޯލެއް ކާމިޔާބުކުރުމާއި ދާދި ގާތަށް ދެވުނެވެ. އެގޮތުން އެޓީމުގެ މާކީނިއޯ ހުހަށްހުރެ ގޯލަށް ފޮނުވާލި ބޯޅަ، ކީޕަރު ނޯޔާއަސް ދިފާޢުކުރެވުނީ ފައިންނެވެ. ނަމަވެސް މިހާފުގައި ޕީއެސްޖީގެ ގޯލަށް އިތުރަށް ނުރައްކާ ހަމަލަތައް އިތުރުވިއެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކި ބެޔާން އަށް ގޯލަ ކާމިިޔާބުކޮށްދިން ކިންގްސްލީ ކޯމަންއެވެ.

ރޭގެ މެޗުން ބެޔާން މޮޅުކޮށްދިން ގޯލު ކޯމަން ޖ.29 ޖަހަނީ.

ބައެއް ތަފާސްހިސާބު

ރޭގެ މޮޅާއެކު ބެޔާން މިޔުނިކުން ވަނީ މިމުބާރާތުގައި ޖެހިޖެހިގެން 11 މޮޅު ހޯދައި އެންމެގިނަ މެޗުން ޖެހިޖެހިގެން މޮޅުވުމުގެ ރެކޯޑް ހޯދާފައެވެ.

ޖަރުމަނުގެ ޗެމްޕިއަން ބެޔާނުން ވަނީ މިމުބާރާތުގައި 45 ގޯލު ޖަހާފައެވެ. އެއީ އެހެން ހުރިހާ ޓީމުތަކަށް ވުރެ 18 ގޯލު އިތުރު އަދަދެކެވެ. ރޭގައި ކޯމަން ޖެހި ގޯލަކީ މިމުބާރާތުގެ ތާރީޚުގައި އެޓީމަށް ކާމިޔާބުކުރެވުނު 500 ވަނަ ގޯލެވެ.

ރޭގައި ބެޔާންގެ ކޯމަން ޖެހިގޯލާއެކު އޭނާ ވެގެން ދަނީ 2002 ވަނަ އަހަރު ޒައނުއްދީން ޒިދާން އަށް ފަހު މިމުބާރާތް ކާމިޔާބުކުރުން ގޯލުޖެހި ފްރާންސްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިމުބާރާތުގައި ޕީސްޖީ އެންމެފަހުން ކުޅުނުން 35 މެޗުގެ ތެރެއިން ގޯލެއް ނުޖެހި ދިޔަ ފުރަތަމަ މެޗަކީ ރޭގެ މެޗެވެ. މީގެ ކުރިން އެޓީމަށް ގޯލެއް ނުޖެހި ނިމުނީ 2016 ވަނަ އަހަރު އިޓަލީގެ އޭސީ މިލާނާއި ވާދަކޮށް 0-0 އިން އެއްވަރުވި މެޗެވެ.

ޔޫރޮޕާ ލީގު ޗެމްޕއިންކަން ސްޕޭނުގެ ސެވިއްޔާ

ޔޫއެފާގެ ދެވަނަ ކެޓަކަރީ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގެ ފައިނަލުގައި ފައިތުވި ހުކުރުދުވަހުގެ ރޭ ސްޕޭނުގެ ސެވިއްޔާ އިން ވަނީ އިޓަލީގެ އިންޓަމިލާން 2-3 އިން ބަލިކޮށް މުބާރާތް ކާމިޔާބުކޮށްފައެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ސެވިޔާ އެވެ. އެޓީމުން ވަނީ 5 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ.

ޔުއެފާ ޔޫރޮޕާ ލީގެ 2019/20 ޗެމްޕިއަން ސްޕޭނުގެ ސެވިޔާ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments