A wide advertisement which will be shown on all devices. (700 x 100)

ވެޓަރަންސް ފުޓްސަލް މުބާރާތުގެ ސެމީފައިނަލު މެޗުތައް މިރޭ

ހޯދަޑު ސްޕޯޓްސް ވިންޓޭޖްގެ ކުލުންތެރިއަކު ބޯޅަ ފޮނުވާލަނީ

މިހާރު ކުރިޔަށްދާ ވެޓަރަންސް ފުޓްސަލް މުބާރާތް 2020 ގެ ސެމީ ފައިނަލުގެ މެޗުތައް މިރޭ ކުޅޭނެއެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެފްސީ ދޫނޑިގަލޯނާ އާއި ވާދަކުރާނީ އެފްސީ ފުނާޑުއެވެ. އަދި ދެވަނަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން ވާދަކުރާނީ ހޯދަޑު ސްޕޯޓްސް ވިންޓޭޖް އާއި އެވެ.

ގްރޫޕް 2 ގައި ރޭ މިސްކިތްމަގު އެންމެންގެ ގުޅުން އާއި ފުނާޑު އެފްސީ ބައްދަލުކުރި މެޗު 5-1 އިން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ މިސްކިތްމަގު އގ. އިން ވަނީ ހޯދާފައެވެ. ގްރޫޕްގެ 2 ވަނަ ލިބެނީ ފުނާޑް އެފްސީ އަށެވެ.

ވެޓަރަންސް ފުޓްސަލްމުބާރާތް 2020ގެ ބައެއް މެޗުތަކުގެ މޮޅު ކުޅުންތެރިން

މިގްރޫޕްގެ ފަހު މެޗުގައި ދިގުވާޑު އެފްސީ އާއި ހޯދަޑު ހަވިއްތަ ސްޕޯޓްސް ބައްދަލުކުރި މެޗު ނިމުނީ 5-3 އިން ދިގުވާޑު އެފްސީ މޮޅުވެ ގްރޫޕުން 6 ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުން 2 ވަނަ، 3 ވަނަ، އަދި 4 ވަނަ ޓީމަށް ވެސް 6 ޕޮއިންޓްް ލިބި ވަނީ އެއްވަރުވެފައެވެ. ނަމަވެސް ގޯލުގެ ތަފާތުން އެފްސީ ފުނާޑަށް ގްރޫޕްގެ 2 ވަނަ ލިބެނީއެވެ. ހަވިއްތަ ސްޕޯޓްސް ދިޔައީ ގްރޫޕުގެ އެންމެ ފަހަތަށެވެ.

ގްރޫޕް 1 ގެ ފަހު މެޗަށް ފިސްޑާއިން ހާޒިރުނުވުމުން އެމެޗު 3-0 އިން ލިިބުނީ އެފްސީ ދަޑިމަގު ޓީމަށެވެ. މިމެޗަށް އައި އިރުވެސް މި ދެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕުން 1 ވަނަ ލިބުނީ އެފްސީ ދޫނޑިގަލޯނާ ޓީމު ދެވަނަ ހޯދަޑް ސްޕޯޓްސް ވިންޓޭޖް އަށެވެ.

ވެޓަރަންސް ފުޓްސަލް 2020 ދޫނޑިގަލޯނާގެ ކުޅުންތެރިއެއް

މިރޭގެ މެޗުތައް:

8:30 ގައި ސެމީ ފައިނަލް 1، އެފްސީ ދޫނޑިގަލޯނާ އާއި އެފްސީ ފުނާޑު

9:30 ގައި ސެމީ ފައިނަލް 2، މިސްކިތްމަގު އެންމެންގެ ގުޅުން އާއި ހޯދަޑު ސްޕޯޓްސް ވިންޓޭޖް

ވެޓަރަންސް ފުޓްސަލަ މުބާރާތް 2020 ސްކޯޗާޓް އަދި ޝެޑިއުލް 5

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !