A wide advertisement which will be shown on all devices. (700 x 100)

ދެ މުބާރާތުގެ ފައިނަލު މެޗުތައް މިއަދު ހަވީރު އަދި މިރޭ

ވެޓަރަންސް ފުޓްސަލް ސެމީ ފައިނަލް 2: މިސްކިތްމްމަގު އެންމެންގެ ގުޅުން 2-1 ހޯދަޑު ސްޕޯޓްސް ވިންޓޭޖް

ފުވައްމުލައް ސިޓިގައި މިހާރު ކުރިޔަށްދާ ކުޅިވަރު ދެ މުބާރާތް ކަމަށްވާ ވެޓަރަންސް ފުޓްސަލް މުބާރާތް 2020 އާއި އަންހެނުންގެ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލް މެޗުތައް މިއަދު ހަވީރާއި މިރޭ ކުޅޭނެއެވެ.

ވިއްސާރައިގެ ސަބަބުން އެއް ދުވަހަށް މި ދެ މުބާރާތުގެ ފައިނަލް މެޗުވެސް މި ވަނީ ލަސްވެފައެވެ. މުބާރާތުގެ ފައިނަލު މެޗަސްފަހު ޗެމްޕއިންޓީމާއި ރަނަރަޕް ޓީމަށް އަދި މޮޅު ކުޅުންތެރިންނަށް އިނާމު ދިނުން އޮންނާނެއެވެ.

ވެޓަރަނސް ފުޓްސަލް މުބާރާތް 2020. މުބާރާތުގެައިފައިނަލުގައި ކުޅޭ އެފްސީ ދޫނޑިގަލޯނާ ޓީމު.

ވެޓަރަންސް ފުޓްސަލް މުބާރާތް

ވެޓަރަންސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ވަނީ ކުޅެފައެވެ. ފުރަތަމަ ސެމީ ފައިނަލް މެޗްގައި ވާދަކުރީ ދޫނޑިގަލޯނާއާއި މާލެގަން ސްޕޯޓްސް ކްލަބެވެ. މި މެޗު ފަސޭހަކަމާއެކު 9-5 އިން ކާމިބުކޮށް ފައިނަލުގެ ޖާގަ ހޯދީ ދޫނޑިގަލޯނާ ޓީމެވެ.

ވެޓަރަންސް ފުޓްސަލް 2020 ފައިނަލްގައި އެއްކޮޅުން ވާދަކުރާ މިސްކިތްމަގު އެންމެންގެ ގުޅުން.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން އާއި ހޯދަޑު ސްޕޯޓްސް ވިންޓޭޖު ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމެވެ. ފައިނަލުގަިއ ކުޅޭ ދެޓީމުގެ ޖާޒީގެ ކުލައަކީ ރަތް ކުލަ ކަމަށްވުމުން، މިސްކިތްމަގު އެންމެންގެ ގުޅުމުން މިރޭގެ ފައިނަލް މެޗުގައި ބޭނުނކުރާނީ ނޫކުލައިގެ ޖާޒީ ކަމަށް ވެއެވެ.

 

އަންހެނުންގެ ހޭންޑްބޯޅަ މުބާރާތް

ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލުގެ މެޗުތައް ވެސް މިއަދު ހަވީރު ކުޅޭނެއެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗު އެފްސީ ދޫނޑިގަލޯނާ ކާމިޔާބުކުރީ 7-0 އިން މާލެގަމު ކަނބަލުން ޓީމު ބަލިކޮށްގެންނެވެ. އަދި ސެމީ ފައިނަލް ދެވަނަ މެޗުގައި ދަޑިމަގު ރަނިން މޮޅުވީ 2-1 އިން ހޯދަޑު ހަވިއްތަ ސްޕޯޓްސް އާއި ވާދަކޮށްގެންނެވެ.

ދަޑިމަގު ރަނިން އަދި ހޯދަޑު ހަވިއްތަ ސްޕޯޓްސް ބައދަލުކުރި މެޗު 9-2

ހޯދަދު ހަވިއްތަ ސްޕޯޓސް އާއި ދަޑިމަގު ދަނިން ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކީ ދަދިަމގު ރަނިން ޓީމުގެ ފާތިމަތު ރިޝާ ޖޯޒީ ނަމްބަރު 2 އެވެ.

އެއާއެކު މިއަދު ހަވީރު ކުޅޭ ފައިނަލް މެޗުފގައި ވާދަކުރާނީ އެފްސީ ދޫނޑިގަލޯނާ އާއި ދަޑިމަގު ރަނިން ޓީމެވެ.

ފުވައްމުލަކުގެ ބޭއްވުނު ފުރަތަމަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕައަނުންނަކީ ދަޑިމަގު އަންހެން ޓީމެވެ. މިފަހަރުވެސް އެ ޓީމުގެ ކުޅުން އެހެން ޓީމުތަކަށްވުރެ މޮޅުކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. ވުމާއެކު މި މުބާރާތް ވެސް ކާމިޔާބުކުރާނެ ކަމަށް ބޮޑަށް ބެލެވެނީ ދަޑިމަގު ރަނިން ޓީމެވެ. ނަމަވެސް މިފަދަ މެޗެއްގެ ނަތީޖާ ފުރިހަމައަށް އެނގޭނީ ހަމަ މެޗު ނިމުމުންނެވެ.

މިމުބާރާތުގައި ދަޑިމަގު ރަނިން ގޯލެއް ވައްދާލެވުނީ ހަމައެކަނި ހޯދަޑު ހަވިއްތަ ސްޕޯޓްސްއަށް، މެޗު 9-2 މޮޅުވީ ދަޑިމަގު ރަނިން

މިއަދުގެ ފައިނަލް މެޗުތައް:

16:00 ގައި ހޭންޑްބޯޅަ މުބާރާތުގެ ފައިނަލް؛ ދަޑިމަގު ރަނިން އާއި އެފްސީ ދޫނޑިގަލޯނާ

20:30 ގައި ވެޓަރަންސް ފުޓްސަލް ފައިނަލް: މިސްކިތްމަގު އެންމެންގެ ގުޅުން އާއި އެފްސީ ދޫނޑިގަލޯނާ

މުބާރާތުގެ ފައިނަލުގައި ދޫނޑިގަލޯނާ ހޭންޑްބޯލް ޓީމު 2020

މިހާރު ކުރިޔަށް މިދާ ދެ މުބާރާތުގައި ވެސް ދޫނޑިގަމު ދެ ޓީމުން ވާދަކުރެއެވެ. އެއީ އެ އަވަށުގެ އަންހެން ޓީމާއި ފިރިހެން ޓީމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !