ފުވައްމުލަކު ސިޓީގެ ކުޅިވަރު އެރީނާތަކުގައި އަޅާފައިވާ ބާސްކެޓް ކޯޓުތަކުގެ ޕޯސްޓުތައް ގަވާއިދަށް ނުފެތޭތީވެ އެޕޯސްޓްތައް ގަވާއިދަށް ފެތޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ކުރިއަށް ގެންދަނީ ފުވައްމުލަކު ސިޓީކައުންސިލުން ކުޅިވަރާއިބެހޭ ވަޒީރާއި، ބާސްކެޓްބޯލް އެސޯސިއޭޝަނާއި މަޖްލީސް މެންބަރުންގެ އެހީތެރިކަމާއި އެކު ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުގެ ފަރާތުންކަމަށް އެއިދާރާގެ ފޭސްބުުކު ޕޭޖުގައި ހާމަކޮށްފައިވެއެވެ.
މިމަޝްރޫއުގެ ދަށުން ދަޑިމަގު އަދި ދޫޑިގަމް ކުޅިވަރު އެރީނާގެ ބާސްކެޓް ކޯޓުގެ ޕޯސްޓް ބަދަލުކުރުމުގެ އިތުރުން އިންޑޯ ކޯޓުގެ ރިންގު ބަދަލުކޮށް ދަވާދުލާނެކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން މިމަސައްކަތް ފަށާފައިވަނީ އިއްޔެއެވެ.
+1
+1
ޚިޔާލުތައް