A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީ: އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގެ އިއްޔެގެ ދެމެޗުން ވެސް މޮޅުވެ މުޒައްފަރު ހައުސްގެ ދެޓީމު ފައިނަލަށް

އިއްޔެގެ ސީނިއާ އަދި ޖޫނިއާ މެޗުން ވެސް މޮޅުވި މުޒައްފަރު ހައުސްގެ ދެކުޅުންތެރިން.

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގައި އއްޔެ ކުޅުނު 2 މެޗުން ވެސް މޮޅުވީ މުޒައްފަރު ހައުސްގެ ދެޓީމެވެ. ސިނިއާ ގްރޫޕުން  ޖޫނިއާ ގުރޫޕުން ވެސް މުޒައްފަރު ހައުސްގެ ޓީމު ވަނީ ފައިނަލުގެ ޖާގަ އެއް ހޯދާފައެވެ.

ޏ.އޭއީސީ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރުގެ ފުރަތަމަ މެޗުގައި ޖޫނިއާ ބައިން ވާދަކުރީ މުޒައްފަރު ހައުސް އާއި އިމާދު ހައުސްގެ ޓީމެވެ. މިމެޗު 4 ޕޮޓް 1 ޕޮޓު އިން ކާމިޔާބުކޮށް މުޒައްފަރު ހައުސް އިންވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. މިމެޗުން ބަލިވި އިމާދުހައުސްގެ ޓީމު ކުޅުނު ދެމެޗުން ވެސް ބަލިވެ މުބާރާތުން ވަނި ކަޓާފައެވެ. ނަމަވެސް އެޓީމަށް އަދި އެއްމެޗު ކުޅެން އެބައޮތެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޒައްފަރު ހައުސްގެ މާއީން ފަރީދު އެވެ. މިގުރޫޕުގެ ފަހު ދެމެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ފައިނަލަށް އަމީން ހައުސް އާއި މުޒައްފަރު ހައުސް ވަނީ ކުޅު ދެމެޗުން މޮޅުވެގެން ގޮސްފައެވެ. ގުރުޕުގެ ފަހު މެޗުގައި އަމީނުހައުސް އިން މުޒައްފަރުައުސް އާއި ވަދަކުރާއިރު އިމާދު ހައުސް އިން ވާދަކުރާނީ ޝަނިވިރާޒާ ހައުސް އާއެވެ.

ނެޓްބޯޅަ މުބާރާތުގެ ޖޫނިއާ ބައި؛ މުޒައްފަރު 4 1 އިމާދު ހައުސް

ސީނިއާ ބައިގެ މިއަދު ކުޅުނު މެޗަކީ ދެޓީމަށް ވެސް މުހިންމު މެޗެކެވ. އެއީ މޮޅުވެގެން ފައިނަލުގެ ޖަގައެއް އެނެމް ފުރަތަމަ ކަށަވަރު ކުރުވޭނެތިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް 11 ޕޮޓް 10 ޕޮޓުން އަމީނު ހައުސްގެ މައްޗަށް ފުޒައްފަރު ހައުސް އިން ކާމިޔާބު ހޯދައި ފައިނަލުގެ ޖާގައެއް ޔާގީން. ކުރިއެވެ. މިމެޗުން ބަލިވުމުން އަމީނުހައުސް އަށް ފައިނަލުގެ ޖާގައެއް ލިބޭނީ ގްރޫޕްގެ ފަހުމެޗުގައި އިމާދު ހައުސް ގެމައްޗަށް ކާމިޔާބު ހޯދައިގެންނެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ މުޒައްފަރު ހައުސްގެ ސެންޓާ ޕްލެޔާ ރީމް ވަލީދު އެވެ.

ނެޓްބޯލަ މުބާރާތުގެ ސީނިއާ ބައި؛ މުޒައްފަރު 11 10 ޝަނިވިރާޒާ ހައުސް

ސީނިއާބައިގައި މިއަދު ހަވީރު 17:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މުޡައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސް އެވެ.  މިމެޗަކީ މުޒައްފަރު ހައުސް އަށް ފައިނަލަށްދިއުމަށް އެހާ މުހިންމު މެޗެއްނޫނެވެ. ނަމަވެސް މުބާރާތުގެ މެޗަކުން މޮޅުވެ މުބާރާތުގެ ފުލަށް ދިޔަ ނުދިނުމަށް ޝަނިވިރާޒާ ހައުސް އަށް މިމެޗުން މޮޅުވުން މުހިންމެވެ. މޮޅުވިޔަސް އެޓީމަށް މުބާރާތުގެ ފައިނަކަށް ނުދެވޭނެއެވެ.

މި މުބާރާތުގައި ވާދަކުރަނީ ޏ.އޭއީސީ 4 ހައުސްގެ ޓީމުތައް ޖޫނިއާ އަދި ސީނިއަ ބައި ވަކިން، ކޮންމެ ބަޔަކުން ވެސް ކޮންމެ ހައުސް އަކުން ޓީމެއް ވާދަކުރާ ގޮތަށެވެ. ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓީމެއް ކޮންމެ ބައަކުން ވެސް ފައިނަލަށް ދާނެއެވެ.

 

މުބާރަތުގެ މެޗުތައް (ޖޫނިއާ ބައި)

7 ނޮވެމްބަރު މެންދުފަހު 13:45 މުޡައްފަރު ހައުސް 7 – 6 ޝަނިވިރާޒާ ހައުސް

7 ނޮވެމްބަރު މެންދުފަހު 14:30 އަމީނު ހައުސް 11 – 2 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 16:15 އަމީނު ހައުސް 10 – 12 ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 16:30 މުޡައްފަރު ހައުސް 4 – 1 އިމާދު ހައުސް

10 ނޮވެމްބަރު ހަވީރު 16:30 އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހަވީރު 16:30 މުޡައްފަރު ހައުސް އާއި އަމީނު ހައުސް

13 ނޮވެމްބަރު ހެނދުނު 7:45 ފައިނަލް މެޗު

 

މުބާރަތުގެ މެޗުތައް (ސީނިއާ ބައި)

7 ނޮވެމްބަރު ހަވީރު 16:15 ޝަނިވިރާޒާ ހައުސް 6 – 22 އަމީނު ހައުސް

7 ނޮވެމްބަރު މެންދުފަހު 17:00 މުޡައްފަރު ހައުސް 5 – 4 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 17:00 އިމާދު ހައުސް 23 – 2 ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް 11 – 10 އަމީނު ހައުސް

10 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހަވީރު 17:00 އަމީނު ހައުސް އާއި އިމާދު ހައުސް

13 ނޮވެމްބަރު ހެނދުނު 9:400 ފައިނަލް މެޗު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !