A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީ: ގްރޫޕް ސްޓޭޖް ނިމުނުއިރު ދެބައިންވެސް މުޒައްފަރު ހައުސް ފައިނަލަށް

މިއަދުކުޅުނު މެޗުތަކުގެ މޮޅު ކުލުންތެރިން- ނެޓް

މިހާރު ކުޅެވެމުންދާ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަދު ނިމުނު އިރު ޖޫނިއާ އަދީ ސީނިއާ ބައިން ވެސް ފައިނަލުގެ މުޒައްފަރު ހައުސްގެ ދެޓީމުން ޖާގަ ހޯދައިފިއެވެ. ސީނިއާ ބައި އަދި ޖޫނިއާ ބައިން ވެސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މުޒައްފަރު ހައުސްގެ ޓީމުތައް ފައިނަލަށް ދިޔައީ %100 ރެކޯޑަކާއެކުއެވެ.

މުޒައްފަރު ހައުސް އާއި އަމީނު ހައުސްގެ މެޗުން ފައިނަލްގައި ރިޕީޓްވެގެން ދާނެ!

މިއަދު ހެނދުނު ޖޫނިއާ ބައިގައި މުޒައްފަރު ހައުސް އާއި އަމީނު ހައުސްގެ ޓީމު ވާދަކުރި މެޗު، ފޯރިގަދަ ކުޅުމަކަށްފަހު 7 ޕޮޓް 6 ޕޮޓުން ކާމިޔާބުކުރީ މުޒައްފަރު ހައުސްގެ ޓީމެވެ. މިމެޗުން ބަލިވި ނަމަވެސް އަމީނު ހައުސް ވަނީ މުބާރާތުގެ ފައިނަލަށް ހޮވިފައެވެ. އެއީ ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެގެންނެވެ. މުޒައްފަރު ހައުސްގެ ޓީމު ވަނީ ކުޅުނު 3 މެޗުން ވެސް މޮޅުވެފައެވެ. މިމެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ މުޒައްފަރު ހައުސްގެ ވިންގް އެޓޭކާ ޚަދީޖާ އަލްޔާ އެވެ.

ޖޫނިއާ ބައިގައި ޝަނިވިރާޒާ ހައުސް އާއި އިމާދު ބައްދަލުކުރި މެޗުން 15-9 އިން މޮޅުވީ ޝަނިވިރާޒާ ހައުސްގެ ޓީމެވެ. މިމެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޝަނިވިރާޒާ ހައުސްގެ ފާތިމަތު އަނުމް އެވެ. މިނަތީޖާއާއެކު މިބައިން މުޒައްފަރު ހައުސް އާއެކު ފައިނަލުގައި ވާދަކުރާނީ ޝަނިވިރާޒާ ހައުސްގެ ޓީމެވެ.

ޖޫނިއާ ބައިގައި ޝަނިވިރާޒާ އިމާދު ހައުސްގެ މެޗު

މިއަދު ހެނދުނު ސިނިއާ ބައިން ކުޅުނު މެޗުގައި އަމީނު ހައުސް ޓީމުން ވާދަކުރީ އިމާދު ހައުސްގެ ޓީމާއެވެ. މިމެޗު 13 ޕޮޓް 10 ޕޮޓުން ކާމިޔާބުކޮށް އަމީނު ހައުސް އިން ވަނީ މިބައިގެ ވެސް ފައިނަލުން ޖާގަ ހޯދާފައެވެ. މިމެޗަށް މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު އިމާދު ހައުސް އަށް ވެސް އޮތެވެ. ނަމަވެސް މެޗުން ބަލިވުން ލިބެނީ ސިނިއާ ބައިން 3 ވަނައެވެ. މިމެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ އަމީނު ހައުސްގެ ގޯލް ކީޕާ އާއިޝަތު ރޫޒާ އެވެ. މިމޮޅާއެކު ފައިނަލުގައި މުޒައްފަރު ހައުސް އާއި ވާދަކުރާނީ އަމީނު ހައުސް އެވެ.

މިމުބާރާތުގެ ފައިނަލް ދެމެޗު ކުޅެނީ 13 ނޮވެމްބަރު ވާ ހޮނިހިރު ދުވަހު މެންދުރު ފަހު 14؛15ގައި އާއި ހަވީރު 16:00 ގައެވެ.

ފައިނަލުގެ ޖާގައެއް ހޯދަން އަމިނައި އިމާދު ހައުސ ްވާދަކުރި މެޗު

މި މުބާރާތުގައި ވާދަކުރަނީ ޏ.އޭއީސީ 4 ހައުސްގެ ޓީމުތައް ޖޫނިއާ އަދި ސީނިއަ ބައި ވަކިން، ކޮންމެ ބަޔަކުން ވެސް ކޮންމެ ހައުސް އަކުން ޓީމެއް ވާދަކުރާ ގޮތަށެވެ. ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓީމެއް ކޮންމެ ބައަކުން ވެސް ފައިނަލަށް ދާގޮތަށެވެއެވެ.

 

މުބާރަތުގެ މެޗުތައް (ޖޫނިއާ ބައި)

7 ނޮވެމްބަރު މެންދުފަހު 13:45 މުޡައްފަރު ހައުސް 7 – 6 ޝަނިވިރާޒާ ހައުސް

7 ނޮވެމްބަރު މެންދުފަހު 14:30 އަމީނު ހައުސް 11 – 2 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 16:15 އަމީނު ހައުސް 10 – 12 ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 16:30 މުޡައްފަރު ހައުސް 4 – 1 އިމާދު ހައުސް

10 ނޮވެމްބަރު ހަވީރު 16:30 އިމާދު ހައުސް 9 – 15 ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހެނދުނު 8:00 މުޡައްފަރު ހައުސް 7 – 6 އަމީނު ހައުސް

13 ނޮވެމްބަރު ހެނދުނު 14:15 ފައިނަލް މެޗު؛ މުޒައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސް

 

މުބާރަތުގެ މެޗުތައް (ސީނިއާ ބައި)

7 ނޮވެމްބަރު ހަވީރު 16:15 ޝަނިވިރާޒާ ހައުސް 6 – 22 އަމީނު ހައުސް

7 ނޮވެމްބަރު މެންދުފަހު 17:00 މުޡައްފަރު ހައުސް 5 – 4 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 17:00 އިމާދު ހައުސް 23 – 2 ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް 11 – 10 އަމީނު ހައުސް

10 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް 14 – 3 ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހެނދުނު 9:00 އަމީނު ހައުސް 13 – 10 އިމާދު ހައުސް

13 ނޮވެމްބަރު ހެނދުނު 16:00 ފައިނަލް މެޗު: މުޒައްފަރު ހައުސް އާއި އަމީނު ހައުސް

 

ނޯޓު: މިޚަބަރު އެންމެ ފުރަތަމަ ޝާއިއު ކުރިއިރު ލިބިފައިވާ މައުލޫމާތުގެ ކުށް ހުރުމުގެ ސަބަބުން އަލުން މިވަނީ އިސްލާޙު ކުރެވިފައެވެ. މިކަލް ނޫހުގައި ލިޔާ ޚަބަރުގައި މައުލޫމާތުގެ ކުށެއް ހުރިކަން ފާހަގަ ވާނަމަ އެކަން ފޭސްބުކް ކޮމެންޓް ނުވަތަ މިކްލް ނިއުސް ވައިބާ މެދުވެރިކޮށް ނަމަވެސް އަންގަވާލަ ދެއްވުން އެދެމެވެ. އަދި އެގޮތުން ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުން ދާކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރަމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !