A wide advertisement which will be shown on all devices. (700 x 100)

ޏ.އަތޮޅު އޭއީސީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއިންކަން މުޒައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސްއަށް

ނެޓްބޯޅަ މުބާރާތުގެ ސީނިއާ ބައިގެ ޗެމްޕިއަން މުޒައްފަރު ހައުސް -2021

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއިންކަން މުޒައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސްއިން ހޯދައިފިއެވެ. އިއްޔެ މެންދުރުފަހު ކުޅެވުނުް ޖޫނިއާ ބައިގެ ޗެމްޕިއަންކަން ޝަނިވިރާޒާ ހައުސްއިން ހޯދީ ފައިނަލުގައި މުޒައްފަރު ހައުސް އާއި ވާދަކޮށްގެނެނެވެ. އިއްޔެ ހަވީރު ކުޅުނު ސީނިއާ ބައިން މުޒައްފަރު ހައުސްގެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަމީހުން ހައުސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ނެޓްބޯޅަ މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަން ޝަނިވިރާޒާ ހައުސް -2021

މުބާރާތުގެ ޖޫނިއާ ބައިގެ ގްރޫޕް ސްޓޭޖުގައި މުޒައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސް ބައްދަލުކުރި މެޗުން 6-7 އިން މޮޅުވެފައިވަނީ މުޒައްފަރު ހައުސް އެވެ. ނަމަވެސް ފައިނަލު މެޗުން ޝަނިވިރާޒާ ހައުސް މިވަނީ މޮޅުވެފައެވެ.

ނެޓްބޯޅަ މުބާރާތުގެ ޖޫނިއާ ބައިގެ ރަނަރަޕް މުޒައްފަރު ހައުސް -2021

މުބާރާތް އިއްޔެ ނިމުން، މުބާރާތުގެ ދެބައިގެ ވެސް ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް އަދި މުބާރާތުގެ ވަނަތަކަށް އިނާމާއި މެޑެލް އަދި ޓްރޮފީ ދިނުން އޮތެވެ.

ނެޓްބޯޅަ މުބާރާތުގެ ސީނިއާ ބައިގެ ރަނަރަޕް އަމީނު ހައުސް -2021

ސީނިއާ ބައިން މުބާރާތުގެ ޗެމްޕިއަން ޓީމު: މުޒައްފަރު ހައުސް

ސީނިއާ ބައިން މުބާރާތުގެ ރަނަރަޕް ޓީމު: އަމީނު ހައުސް

ސީނިއާ ބައިން ކުއީން އޮފްދަ ޓޯނަމެންޓް: ރީމް ވަލީދު، ސެންޓާ- މުޒައްފަރު ހައުސް

މުބާރާތުގެ ކޮންމެ ބަޔަކުން އެންމެ މޮޅު ކުޅުންތެރިޔާ

ޖޫނިއާ ބައިން މުބާރާތުގެ ޗެމްޕިއަން ޓީމު: ޝަނިވިރާޒާ ހައުސް

ޖޫނިއާ ބައިން މުބާރާތުގެ ރަނަރަޕް ޓީމު: މުޒައްފަރު ހައުސް

ޖޫނިއާ ބައިން ކުއީން އޮފްދަ ޓޯނަމެންޓް: ފާތިމަތު އަނުމް، ގޯލް އެޓޭކް- ޝަނިވިރާޒާ ހައުސް

މީގެ އިތުން ކޮންމެ ބަޔަކުން ވެސް މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން ހޮވައި އިނާމު ދިނުން އޮތެވެ.

ނެޓްބޯޅަ މުބާރާތުގެ ސީނިއާ ބައިގެ އެންމެ މޮޅު 7 ކުޅުންތެރިން -2021

މިމުބާރާތުގެ ކުޅުނީ 7-13 ނޮވެމްބަރު 2021 އަށް ޏ.އޭއީސީ ހޯލުގައެވެ. މުބާރާތުގައި ވާދަކުރީ ޏ.އޭއީސީ 4 ހައުސްގެ ޓީމުތައް ޖޫނިއާ އަދި ސީނިއަ ބައި ވަކިން، ކޮންމެ ބަޔަކުން ވެސް ކޮންމެ ހައުސް އަކުން ޓީމެއް ވާދަކުރާ ގޮތަށެވެ. ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓް ހޯދި ދެޓީމް ކޮންމެ ބައަކުން ވެސް ފައިނަލުގައި ކުޅެގޮތަށެވެ.

ނެޓްބޯޅަ މުބާރާތުގެ ޖޫނިއާ ބައިގެ އެންމެ މޮޅު 7 ކުޅުންތެރިން -2021

މުބާރަތުގެ މެޗުތައް (ޖޫނިއާ ބައި)

7 ނޮވެމްބަރު މެންދުފަހު 13:45 މުޡައްފަރު ހައުސް 7 – 6 ޝަނިވިރާޒާ ހައުސް

7 ނޮވެމްބަރު މެންދުފަހު 14:30 އަމީނު ހައުސް 11 – 2 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 16:15 އަމީނު ހައުސް 10 – 12 ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 16:30 މުޡައްފަރު ހައުސް 4 – 1 އިމާދު ހައުސް

10 ނޮވެމްބަރު ހަވީރު 16:30 އިމާދު ހައުސް 9 – 15 ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހެނދުނު 8:00 މުޡައްފަރު ހައުސް 7 – 6 އަމީނު ހައުސް

13 ނޮވެމްބަރު ހެނދުނު 14:15 ފައިނަލް މެޗު؛ މުޒައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސް

 

މުބާރަތުގެ މެޗުތައް (ސީނިއާ ބައި)

7 ނޮވެމްބަރު ހަވީރު 16:15 ޝަނިވިރާޒާ ހައުސް 6 – 22 އަމީނު ހައުސް

7 ނޮވެމްބަރު މެންދުފަހު 17:00 މުޡައްފަރު ހައުސް 5 – 4 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 17:00 އިމާދު ހައުސް 23 – 2 ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް 11 – 10 އަމީނު ހައުސް

10 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް 14 – 3 ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހެނދުނު 9:00 އަމީނު ހައުސް 13 – 10 އިމާދު ހައުސް

13 ނޮވެމްބަރު ހެނދުނު 16:00 ފައިނަލް މެޗު: މުޒައްފަރު ހައުސް އާއި އަމީނު ހައުސް

 

ނޯޓު: މިކަލް ނޫހުގައި ޚަބަރެއް ނުވަތަ އެހެން ވެސް މައުލޫމާތެއް ޝާއިއު ކުރައްވަން ބޭނުންފުޅުނަމަ info@mikalnews.com އަށް އިމެއިލް ކުރުން އެދެމެވެ.

+1
0
+1
0
+1
0
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !