މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2021ގެ ފައިނަލަށް ހޯދަޑު އަދި ދޫނޑިގަލޯނާ ޓީމު

ހޯދަޑު ސްޕޯޓްސް ކްލަބުގެ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ 2021
Share on facebook
Share on twitter
Share on google

މިހާރު ކުޅެވުމުންދާ މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2021ގެ ސެމީ ފައިނަލް ދެ މެޗު ކާމިޔާބުކޮށް ހޯދަޑު ސްޕޯޓްސް ކްލަބު އާއި އެފްސީ ދޫނޑިގަލޯނާ ޓީމް ފައިނަލުން ޖާގަ ހޯދައިފިއެވެ. މިދެ ޓީމުވެސް ފައިނަލަށް ދިޔައީ މޮޅުވުމުގެ %100 ރެކޯޑަކާއެކުއެވެ.

މިރޭގެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ހޯދަޑު ސްޕޯޓްސް ކްލަބް އާއި އެފްސީ ދަޑިމަގު ބައްދަލުކުރި މެޗު ހޯދަޑު ސްޕޯޓސް ކްލަބުން ކާމިޔާބުކުރީ 1-0 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ހޯދަޑު ޓީމުން ގޯލް ޖެހީ ފުރަތަމަ ހާފުގެ 8 ވަނަ މިނިޓްގައެވެ. މިގޯލު އެޓީމަށް ކާމިޔާބުކޮށް ދިނީ ދަނޑުގެ ވައަތްފަރާތުން ޖޯޒީ ނަމްބުރު 11 ތިރިތިން ހުރަސްކޮށް ދިން ބޯޅަ ކަނާތްފަރާތުން އަރައި ހުހަށް ހުރި ޖާޒީ ނަމްބަރު 9 އެއްފަހަރާ ގޯލުގެ ތިރީކަނަށް ވައްދާލައިން ކާމިޔާބުކުރި ގޯލެކެވެ. މިހާފުގައި ދެޓީމުން ވެސް އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ދީފައި ވެއެވެ.

ހޯދަޑު ޓީމުން މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދި

ދެވަނަ ހާފު ފެށިގެން ވެސް ދެޓީމުން ކުޅެމުންދިޔައީ ނަތީޖާ ބަދަލުކުރުމަށް އެޓޭކަށް އިސްކަން ދީގެންނެވެ. މި ފާހުފައި ދަޑިމަގު ޓީމަށް މަޖުބޫރުވެފައި އޮތީ ގޯލެއްޖެހުމަށެވެ. އެގޮތުން އެޓީމުގެ ހަމަލާތައް ވަރުގަދަކޮށް ބޯޅަ ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއަކަށްވީ އެޓީމުގެ ފައުލްތައް ވެސް ގިނަވެ 5 ފައުލް ހަމަވެ 6 ވަނަ ފައުލެއް ވެސް ވުމެވެ. އެޓީމުގެ 6 ވަނަ ފައުލާއެކު ހޯދަޑު ޓީމަށް ދެވަނަ ޕޮއިންޓުން ޕެނަލްޓީއެއް ލިބިނުވެ. އެޓީމުގެ 6 ނަމްބަރު ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލުގެ މަތީކަން ކައިރިން ބޭރަށެވެ. އެއާއެކު ދަޑިމަގު ޓީމަށް އައު ހިތްވަރެއް ލިބި ނަތީޖާ ހަމަކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބުވާގޮތް ނުވިއެވެ.

ދަޑިމަގު ޓީމުގެ 6 ވަނަ ފައުލްއަށް ފަހު ވެސް އިތުރު ފައުލްތަކެއް ކުރިނަމަވެސް، އިތުރަށް ޕެނަލްޓީ ދޭންޖެހިދާނެތީ ރެފުރީން އެއީ ފައުލް ތަކެއް ކަމަށް ބަލައެއް ނުގަތް ކަމަށް ބެލެވެއެވެ. ނަތީޖާއަކަށްވީ ހޯދަޑު ޓީމުގެ ފައުލްތައް ވެސް ގިނަވުމެވެ. ދެ ރީނދޫކާޑު ދަޑިމަގު ޓީމަށް ދެއްކުނު މިމެޗު ނިމިގެންދިޔައީ އިތުރު ގޯލެއް ނުފެނި ހޯދަޑު ޓީމަށް ފައިނަލުގެ ޖާގަ ލިބިގެނެނެވެ.

ހޯދަޑު ޓީމުގެ ހަމަލާއެއް ދަޑިމަގެ ގޯލަށް

މިރޭގެ ދެވަނަ ސެމީ ފައިނަލް މެޗުގައި ވާދަކުރީ އެފްސީ ދޫނޑިގަލޯނާ އާއި މާލެގަން ޔޫތު ފައުންޑޭޝަން ޓީމެވެ. މެޗުގެ ފުރަތަމަ ހާފުގެ މާލެގަން ޔޫތު ފައުނަޑޭޝަނުން ކާމިޔާބު ކުޅުމެއް ދައްކައި މެޗު ލީޑު ކުރުމުން ދިޔައެވެ. ނަމަވެސް އެޓީމުން 2 ވަނަ ގޯލު ޖެހިތަނާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޫނޑިގަލޯނާ ޓީމުން ގޯލެއް ޖަހަިއ ތަފާތު ކުޑަކުރިއެވެ. އަދި އެޓީމުގެ ކުޅުން ވަރުގަދަކޮށް ހަމަލާތައް އިތުރު ކުރިއެވެ. ނަތީޖާއަކަށްވީ ހާފު ނިމުމުގެ ކުރިން 2-2 އިން އެއްވަރު ކުރުމެވެ.

މާލެގަމު ޓީމުގެ 2 ވަނަ ގޯލު ހިލޭ ޖެހުމެއް ބޮލުން ޖައްސައި ގޯލަށް ވައދާލި.

މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ދިނީ ދޫނޑިގަލޯނާ ޓީމުންނެވެ. އެއާއެކު އެޓީމުން އިތުރު ގޯލެއް ކާމިޔާބުކޮށް 3-2 އިން މެޗުން މޮޅުވުމެވެ. ދެވަނަ ހާފުގެ ފަހުކޮޅުގައި މާލެގަން ޔޫތު ފައުންޑޭޝަނުން ވެސް އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް ދީފައި ވެއެވެ. ނަމަވެސް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެ މެޗު ނިމުނީއެވެ.

މެޗުގެ ތެރެގައި ވެސް ރެފްރީގެ ނިންމުންތަކާއި ހިތްހަމަ ނުޖެހިގެން ދޫނޑިގަލޯނާ ޓީމުގެ ކުޅުންތެރިއަކު ތަކުރާރުކޮށް ޝަކުވާ ކުރަމުން ދިޔައެވެ. ޝަކުވާ ކުރުމުން އޭނާއަށް މެޗުގައި ރީނދޫކާޑެއް ވެސް ދައްކާފައި ވެއެވެ. މެޗު ނިމުން ވެސް އެކުޅުންތެރިޔާ ރެފްރީއާއި ދިމާލަށް ދާން ފެށުމުން ދޫނޑިގަލޯނާގެ ކުޅުންތެރިން ވަނީ އޭނާ ހިފަހައްޓާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދޫނޑިގަލޯނާ ޓިމުގެ ޖޯޒީ ނަމްބަރު 20 އަހުމަދު ސިނާހު އެވެ.

ރެފްރީންގެ ބައެއް ނިންމުންތައް ކުޅުންތެރިންނަށް ބަލއިގަންނަން އުނދަގޫވި.

ސެމީ ފައިނަލުގައި ވާދަކުރާނެ ޓީމުތައް

ސެމީ ފައިނަލް 1: ހޯދަޑު ސްޕޯޓްސް ކްލަބު 1 – 0 އެފްސީ ދަޑިމަގު ޓީމު

ސެމީ ފައިނަލް 2: އެފްސީ ދޫނޑިގަލޯނާ – މާލެގަން ޔޫތު ފައުންޑޭޝަން

ފައިނަލް: 30 ޑިސެމްބަރު 2021 20:30

2.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments