A wide advertisement which will be shown on all devices. (700 x 100)

އެމްޖޭއެސް ބެލެނިވެރިންގެ ހޭންޑްބޯލް މުބާރާތް ފަށައިފި

އެމްޖޭއެސް ޕޭރެންޓްސް ހޭންޑްބޯޅަ މުބާރާތް 2023

މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ބެލެނިވެރިންގެ ހޭންޑްބޯޅަ މުބާރާތް ރޭ ފަށައިފިއެވެ.

“އެޓްރެކްސިސް ގްރޭންޑް އެންޑް ސްޕާ ޕޭރެންޓްސް ހޭންޑް ބޯލް ޗެލެންޖް 2023” ގެނަމުގައި މިމުބާރާތް ކުރިޔަށް ގެންދަނީ ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގައި ވާދަކުރަނީ އެމްޖޭއެސްގެ އެކި ގްރޭޑްތަކުގެ ބެލެނިވެރިންގެ އަންހެން ޓީމުތަކެވެ.

އެމްޖޭއެސް ޕޭރެންޓްސް ހޭންޑްބޯޅަ މުބާރާތް 2023

މުބާރާތުގައި 10 ޓީމު ވާދަކުރެއެވެ. އެއީ ޕްރިސްކޫލް ދެ ޓީމާއި ގްރޭޑް 1 އިން 8 އަށް 8 ޓީމާއި މުޅި ޖުމުލަ 10 ޓީމެވެ. މިމުބާރާތް ކުރިޔަށް ގެންދަނީ ރޭގަނޑު 8:15 ގައި އެއްމެޗު އަދި 9:00 ގައި އެއް މެޗުގެ ކުޅޭ ގޮތަށެވެ. ނަމަވެސް، އަންނަ ހަފުތާ ބަންދަށް ވާ 17، 18 ދެ ދުވަހުގެ ހަވީރާއި ރޭގަނޑު ވެސް މެޗުތައް ކުޅުމަށް ތާވަލް ކުރެވިފައި ވެއެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ 12-23 މާރިޗު 2023 އަށް 2 ގްރޫޕަކަށް ބަހާލައިގެން ނެވެ.

އެމްޖޭއެސް ޕޭރެންޓްސް ހޭންޑްބޯޅަ މުބާރާތް 2023 ފެށުން

ކޮންމެ ރެއަކު ވެސް މުބާރާތުގެ 2 މެޗު ކުޅެއެވެ. އަދި ހަވީރު ކުޅޭ ދުވަސްތަކުގައި ވެސް ހަވީރު 2 މެޗު އަދި ރޭގަނޑު 2 މެޗު ކުޅޭގޮތަށް ރާވާފައި ވެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕް އޭ ގެ ގްރޭޑް 2 ގެ ޓީމާއި ގްރޭޑް 4 ގެ ޓީމެވެ. އަދި ދެވަނަ މެޗުގައި ކުޅުނީ އެލްކޭޖީ ޓީމާއި ގްރޭޑް 6 ގެ ޓީމެވެ.

ގްރޫޕް މެޗުތަކަށްފަހު ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލުގައި ކްރޮސްކޮށް ވާދަކޮށް މޮޅުވާ ދެ ޓީމެއް ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !