A wide advertisement which will be shown on all devices. (700 x 100)

ފަހު ސިކުންތުގެ ލަޑާއިއެކު ހޯދަޑު ފުރަތަމަ މެޗުން ބަލިވެއްޖެ

ވަގުތު ނޫހުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްދާ ވަގުތު ފުޓްސަލް ޗެލެންޖް މުބާރާތުގައި ފުވައްމުލަކު ސިޓީގެ ހޯދަޑޫ ސްޕޯޓްސް ކުޅުުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫ ދަނޑުގައި ހޯދަޑު ސްޕޯޓްސް ބަލިވެފައިވަނީ މިދިޔަ އަހަރުގެ ދެވަނަ ޓީމު ކަމަށްވާ ވަން އެންޑް އޮންލީ ރީތި ރަށާއި ވާދަކޮށްގެން ފަހު ސިކުންތުގެ ތެރޭ ރީތި ރަށުން ޖެހިގޯލާއިއެކު 4-3 އިންނެވެ. ހޯދަޑު ސްޕޯޓްސް އިން ހުކުރުދުވަހުގެ ރޭގެ މެޗުގައި ވަރުގަދަ ކުޅުމެއް ދެއްކިއެވެ.

މެޗު ފެށިގެން މެޗުގެ ކުރީ ކޮޅު ރީތި ރަށުން ލީޑު ނެގުމާއިއެކު ހޯދަޑު ޓީމުންވެސް ވަރުގަދަ ހަމަލާތަކެއް ރީތިރަށުގެ ޓީމުގެ ގޯލަށް އަމާޒު ކުރިއެވެ. ގައުމީ ޓީމަށްވެސް ކުރިން ކުޅެފައިވާ އާދަމް ލަރީފު (ރޮނާ)ގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުން އައި ރީތި ރަށުން ލީޑު ނެގުމަށްފަހު ފަހަތަށް ޖެހުމުގެ ފައިދާ ނަގާ ހޯދަޑު ޓީމުން ނަތީޖާ ހަމަކޮށްދިނީ އަހުމަދު ސިނާހެވެ. މިލަޑަށްފަހުވެސް ހޯދަޑު ޓީމުގެ ކުޅުން އެއްވަރެއްގައި ހިފަހައްޓާ މެޗުގެ ލީޑު ހޯދަޑުގެ ކޮޅަށް އަބުރާލިއެވެ. މިލަޑު ޖަހާދިނީ އަބުދުﷲ ރަޝީދެވެ. މިނަތީޖާއާއިއެކު މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް އެންމެ ފަހު މިނިޓުގައި ރީތި ރަށުން ނަތީޖާ ހަމަހަމަކުރިއެވެ.

ދެވަނަ ހާފު ފެށިގެންވެސް ވަރުގަދައަށް ކުޅެން ފެށީ ހޯދަޑުގެ ޓީމުންނެވެ. ފުލުފުލުގައި އުފެއްދި ހަމަލާތަކަށްފަހު ހޯދަޑު ޓީމުން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. ހޯދަޑު ޓީމުން ލީޑު ނަގައިދިނީ އަބްދުﷲ ރަޝީދެވެ. މެޗުގެ ފަހު ހާފްގައި ދެ ޓީމުގެ ފަރާތުންވެސް އެޓޭކިން ކުޅުމެއް ފެނުނު އިރު، ހަމަލާތައް ގިނަކޮށް ފާހަގަކޮށްލެވުނެވެ. ހޯދަޑުގެ މޫސާ ހާނިމުގެ ހަމަލާއެއް އަރިމަތީ ދަނޑިއަށްވެސް އަމާޒުވި އިރު، އެޓީމަށް ލިބުނު އިތުރު ފުރުސަތެއް ނަގާލިތާ މިނެޓެއްވެސް ނުވަނީސް ރީތި ރަށުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލް ކާމިޔާބު ކޮށްދިނީ އަބްދުﷲ ވިޝާމެވެ. މެޗުގެ ތިން ޕޮއިންޓް ރީތިރަށުގެ ޓީމަށް ޔަގީންކޮށްދިނީވެސް ވިޝާމެވެ. މެޗުގެ އެންމެ ފަހު ސިކުންތުކޮޅުތެރޭ ވިޝާމު ޖެހިލަޑާއިއެކު ހިތްދަތި ގޮތަކަށް ހޯދަޑުގެ ޓީމު ފުރަތަމަ މެޗުން ބަލިވި ނަމަވެސް އަދިވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ހޯދަޑު ސްޕޯރޓްސް ގެ 2 ވަނަ މެޗު އޮންނާނީ 16 ވަނަ ދުވަހުގެ ރެއެވެ. އަދި 3 ވަނަ މެޗު 17 ވަނަ ދުވަހުގެ ރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !